12 އޮކްޓޯބަރ 2018
ކޮލަމްބޯ (އޮކްޓޯބަރު 12) - ހަމްބަންޓޯޓާ ބަނދަރުގައި ޗައިނާ އިން އަސްކަރީ މަރުކަޒެއް ހަދަން އުޅޭ ވާހަކަ ސްރީ ލަންކާ އިން ދޮގުކޮށްފި އެވެ.
ކޮލަމްބޯ (އޮކްޓޯބަރު 12) - ހަމްބަންޓޯޓާ ބަނދަރުގައި ޗައިނާ އިން އަސްކަރީ މަރުކަޒެއް ހަދަން އުޅޭ ވާހަކަ ސްރީ ލަންކާ އިން ދޮގުކޮށްފި އެވެ.
ހަމްބަންޓޯޓާ ބަނދަރު ލަންކާ އިން ވަނީ ޗައިނާ އަށް 99 އަހަރަށް ދީފަ އެވެ. އެ ބަނދަރު ޗައިނާ އަށް ހަވާލު ކުރީ ބަނދަރު ހެނދުމަށް ޗައިނާ އިން ނެގި 1.4 ބިލިއަން ޑޮލަރުގެ ލޯނު ނުދެއްކުމުންނެވެ.
އޭޝިއާ އާއި އެފްރިކާ އަދި ޔޫރަޕް ގުޅުވާލަދޭ މުހިންމު ޝިޕިން ރޫޓުގައި އޮތް ބަނދަރު ޗައިނާ އަށް ހަވާލު ކުރުމުން އަވަށްޓެރި އިންޑިއާ އާއި އެމެރިކާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ހަމްބަންޓޯޓާ ބަނދަރު ވަރަށް އަވަހަށް ޗައިނާގެ އަސްކަރީ މަރުކަޒަކަށް ބަދަލުވާނެ ކަމަށެވެ. ނަމަވެސް ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އޮފީހުން ބުނެފައި ވަނީ ހަމްބަންޓޯޓާގައި ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށެވެ. އަދި އެކަން ސްޓޭޓް ޑިޕާޓްމަންޓަށް އަންގާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
"ލަންކާގެ ސަދަން ކޮމާންޑް މިހާރު ވަނީ ހަމްބަންޓޯޓާގެ ސެކިއުރިޓީ އަށް ބަދަލުކޮށްފައި،" ވިކްރަމަސިންހަގެ އޮފީހުން ބުނެފައިވެ އެވެ.
ވިކްރަމަސިންހަ ދާދި ފަހުން ވިދާޅުވެފައި ވަނީ ހަމްބަންޓޯޓާ އެއާޕޯޓް އިންޑިއާއާ ހަވާލު ކުރުމުގެ އެއްބަސްވުން ނިމެމުންދާ ކަމަށެވެ. ހަމްބަންޓޯޓާ އެއާޕޯޓަކީ ވެސް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަމުގައި ޗައިނާގެ ލޯނު އެހީގައި ހެދި ތަނެކެވެ.
މިދިޔަ އޮގަސްޓް މަހު އެމެރިކާ އިން ވަނީ ލަންކާގެ މެރިޓައިމް ސެކިއުރިޓީ ތަރައްގީ ކުރަން 39 މިލިއަން ޑޮލަރު ދޭނެކަން އިއުލާންކޮށްފަ އެވެ. އަނެއްކޮޅުން ލަންކާގެ އިގްތިސާދީ ހީނަރުކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިތުރު އެހީވާނެ ކަމަށް ޗައިނާ އިން ވެސް ވަނީ ބުނެފަ އެވެ.
ޗައިނާއިން ލަންކާގެ ކަނޑާއި ވައިގެ ބަނދަރު ހަދައިދެނީ
އިންޑިއާއާ ދެކޮޅަށް ލަންކާގެ ބިން ބޭނުމެއް ނުކުރެވޭނެ
ދަރަނީގެ ލުއިތަކަކަށް ލަންކާއިން ޗައިނާގައި އެދިއްޖެ
ދިވެހި ކުންފުންޏަކުން ލަންކާގައި ބޮޑު އިންވެސްޓްމަންޓެއް
ހަމްބަންޓޯޓާ ބަނދަރުގެ ކޮންޓްރޯލް ޗައިނާއަކަށް ނުދެން
ބަނދަރު ހަވާލު ކުރަން ޗައިނާ އިން ޕްރެޝަރެއް ނުކުރޭ
ހަމްބަންޓޯޓާ ބަނދަރު އަސްކަރީ ކަމަކަށް ބޭނުމެއް ނުކުރާނެ
ހަމްބަންޓޯޓާ ބަނދަރު ރަސްމީކޮށް ޗައިނާއާ ހަވާލުކޮށްފި
ޓްރިންކޮމަލީގައި ވެސް ލަންކާ އިން ބަނދަރެއް ހަދަނީ
ލަންކާގެ އިންޑަސްޓްރިއަލް ޒޯނަށް 5 ބިލިއަން ޑޮލަރު