Roadha Mihaaru
ޖިންސީ ވިޔަފާރިއަށް ރުހި، ލޯ މަރައިގެން!

ޖިންސީ ވިޔަފާރިއަށް ރުހި، ލޯ މަރައިގެން!

22 ސެޕްޓެމްބަރ 2022

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލަމާ ހިނގާށެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދުވަސްވަރެވެ. އެ ދުވަސްވަރު މާލޭގައި އާދަޔާ ހިލާފަށް މަސާޖު ޕާލާތައް ގިނަވެ، އެ ތަންތަނުގެ ތެރޭގައި ހަށިވިއްކުން ފުޅާ ދާއިރާއެއްގައި ހިންގާތީ އެކަމާ ކަންބޮޑުވެގެން ރައީސް މައުމޫނަށާއި އެ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް ކަންބޮޑުވުންތައް ހުށަހެޅި ސިޔާސީ ޕާޓީތަކުގެ ތެރެއިން އިސް އެއްބަޔަކީ އަދާލަތު ޕާޓީ އެވެ. މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ މުހިންމު އެއް ބައިވެރިޔާ އެވެ. އެކަމަކު މިއަދުގެ ހާލަތު މުޅިން ބަދަލުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލަމާ ހިނގާށެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދުވަސްވަރެވެ. އެ ދުވަސްވަރު މާލޭގައި އާދަޔާ ހިލާފަށް މަސާޖު ޕާލާތައް ގިނަވެ، އެ ތަންތަނުގެ ތެރޭގައި ހަށިވިއްކުން ފުޅާ ދާއިރާއެއްގައި ހިންގާތީ އެކަމާ ކަންބޮޑުވެގެން ރައީސް މައުމޫނަށާއި އެ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް ކަންބޮޑުވުންތައް ހުށަހެޅި ސިޔާސީ ޕާޓީތަކުގެ ތެރެއިން އިސް އެއްބަޔަކީ އަދާލަތު ޕާޓީ އެވެ. މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ މުހިންމު އެއް ބައިވެރިޔާ އެވެ. އެކަމަކު މިއަދުގެ ހާލަތު މުޅިން ބަދަލުވެއްޖެ އެވެ.

"މިހާރު" ގެ ނޫސްވެރިން އެއްކުރި މައުލޫމާތުތަކަށް ބަލާއިރު، މާލޭގައި ހަށި ވިއްކުމުގެ ވިޔަފާރި މިހާރު ވަނީ މިއިން ޒަމާނެއްގައި ވެސް ގޯސް ނުވާ ހިސާބަށް ގޮސްފަ އެވެ. މަސާޖުޕާލާތަކުގެ ތެރޭގައި ކުރިން ހިންގަމުން ދިޔަ ހަށިވިއްކުމުގެ ވިޔަފާރި އަތް ނުފޯރާ ހިސާބަށް ހިނގައްޖެ އެވެ.

ސޯޝަލް މީޑިއާގައި ނަމްބަރު ޖަހައި، އިޝްތިހާރު ކޮށްގެން ހަށި ވިއްކުން ވަރަށް ފުޅާކޮށް އެބަ ހިންގަ އެވެ. ބިދޭސީ އަންހެނުންގެ ފޮޓޯ އާއި ފޯނު ނަމްބަރާއި އަގުތައް ޖަހައިގެން އިޝްތިހާރުކޮށް ނަގަނީ އެވެ. ފޭސްބުކާއި އިންސްޓަގްރާމް އަދި ވައިބާ ގުރޫޕްތައް ހަދައިގެން އެ ކަން ހިންގަނީ ހީވެސް ނުކުރާހާ ފުޅާކޮށް އަދި ފާޅުކޮށެވެ. ސީދާ ހަށިވިއްކުމުގެ ވިޔަފާރި އަށް ހުސްވެގެން ބައެއް މީހުން ރާއްޖޭގައި މިހާރު ވަޒީފާ އެބަ އަދާކުރެ އެވެ.

ބިދޭސީންނާއި ދިވެހިން ލައްވައި އެ ފާހިޝް އަމަލު ހިންގަން މެދުވެރިއެއްގެ ރޯލު އަދާކޮށްދޭ ދިވެހި ގުރޫޕްތައް އެބައުޅެ އެވެ. ވަކި އަދަދަކަށް ފައިސާ ދިނުމުން އެ ކަން ނިމުނީ އެވެ.

ހަށިވިއްކުމުގެ ވިޔަފާރިކުރާ މީހުންނާއި ކުރުވާ މީހުން ހޯދަން މިހާރު އެއީ މާ ބޮޑެތި އޮޕަރޭޝަންތަކެއް ފުލުހުން ހިންގަންޖެހޭ ކަމެއް ނޫނެވެ. މި ފަހަރުގެ "މެދު ސަފުހާ" އަށް މައުލޫމާތު ހޯދަން "މިހާރު" ގެ ނޫސްވެރިން މެސެޖުކުރި ގްރޫޕްތަކުން އެ މީހުންގެ ފޯނުތަކުން އެކި އެޕްލިކޭޝަންތައް މެދުވެރިކޮށް ހުރިހާ ވާހަކައެއް ދައްކަ އެވެ. ފޮޓޯ ފޮނުވަ އެވެ. ދާންވީ ތަނާއި ގަޑި ބުނެދެ އެވެ. ބައެއް ގްރޫޕްތަކުން އެ މީހުންގެ ޓީމުގައި ހިމެނޭ އެންމެންގެ ފޮޓޯ އާއި ނަން ވަކިވަކިން ފޮނުވަ އެވެ.

ހަށިވިއްކި ކަމުގެ ތުހުމަތުގައި އޯގަސްޓް 4، 2016 ގައި ހައްޔަރުކުރި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ. --ފޮޓޯ: އިބްރާހިމް އައްސަދު

ހަށިވިއްކި ކަމުގެ ތުހުމަތުގައި އޯގަސްޓް 4، 2016 ގައި ހައްޔަރުކުރި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ. --ފޮޓޯ: އިބްރާހިމް އައްސަދު

މިހާ ޖެހިލުން ކުޑަކޮށް މިހާ ފާޅުކޮށް ކުރަމުން އެ ދަނީ ވެސް މިކަން ހުއްޓުވަން ބަޔަކު ނޫޅޭތީ ކަމަށް ގަބޫލުކުރަން ޖެހެ އެވެ. އެންމެ ކުޑަމިނުން މިކަމާ ކަންބޮޑުވެގެން އެ ވާހަކަ ދައްކާލާނެ މީހަކު ވެސް ނެތީ އެވެ.

މީގެ ކުރިން މިފަދަ ކަންކަމާ ދެކޮޅަށް ބާރަށް އަޑު އުފުލި އަދާލަތު ޕާޓީގެ އިސްވެރިންނަށް ހުރިހާ ބާރެއް ލިބިފައި އޮވެމެ، އެ ބޭފުޅުން ވެސް ހިއްސާވާ ސަރުކާރުގައި ހިމޭނުން ތިއްބަވަނީ ކީއްވެ ހެއްޔެވެ؟

މިއަދުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަކީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރެއް އަދި އެ ޕާޓީގެ އިސް ބޭފުޅެކެވެ. އެފަދަ ފާހިޝް އަމަލުތައް ހުއްޓުވުމުގެ ޒިންމާ ކޮނޑުގައި އަޅައިގެން ވެރިއަކަށް ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ އަދާލަތު ޕާޓީގެ ރައީސެވެ.

މިއަދުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަކީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރެއް އަދި އެ ޕާޓީގެ އިސް ބޭފުޅެކެވެ. އެފަދަ ފާހިޝް އަމަލުތައް ހުއްޓުވުމުގެ ޒިންމާ ކޮނޑުގައި އަޅައިގެން ވެރިއަކަށް ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ އަދާލަތު ޕާޓީގެ ރައީސެވެ.

"އަދާލަތު ޕާޓީ އަށް މިހާ ބޮޑު ބާރެއް ލިބުނު ސަރުކާރެއް މިއިން ދުވަހަކު ވެސް ނެތް. ސަރުކާރުގެ މަގާމުތަކުގެ ގޮތުން ބަލާއިރު އެ ޕާޓީ މިހާ ބާރުގަދަ ދުވަސްވަރެއް ނެތް. އެ ކަމަކު މި ފެންނަނީ އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވައިގެން ވެސް ކަމެއް ނުކޮށް ތިއްބަވާ ތަން. ހަށިވިއްކުން މިހާ އާންމުވެފައިވާ ދުވަސްވަރެއް ދިވެހި ތާރީހުގައި ވެސް ނުފެންނާނެ،" އަދާލަތު ޕާޓީގައި ކުރިން އިސްކޮށް އުޅުއްވި އަދި ކުރީގެ ބައެއް ސަރުކާރުތަކުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކު ނަން ހާމަނުކުރަން އެދިވަޑައިގަންނަވަމުން ވިދާލުވި އެވެ.

މީގެ ކުރީގެ ސަރުކާރުތަކުގައި ނަމަވެސް މަސާޖުޕާލާތައް ފުލުހުން ރެއިޑްކޮށް، އެ މީހުން ހައްޔަރުކޮށް އަދި ބިދޭސީން ނަމަ ޑީޕޯޓް ކޮށްފައި ވެސް އެބަހުއްޓެވެ. އަދި އެކަމުގައި އުޅުނު ބައެއް ދިވެހިންނަށް ދައުވާ ވެސް ކުރި އެވެ. ނަމަވެސް ފާހިޝް އަމަލުތަކާ ދެކޮޅަށް އަޑު އުފުލި މީހުންނަށް ކުރިން ނުލިބޭހާ ބާރެއް ސަރުކާރު ތެރެއިން ލިބިފައި އޮތް މި ސަރުކާރުގައި ހާލަތު މާ ގޯހެވެ.

ހަށިވިއްކާ މީހަކާ އެކު ކޮށްފައިވާ ޗެޓްލޮގެއް ބަލަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ހަށިވިއްކާ މީހަކާ އެކު ކޮށްފައިވާ ޗެޓްލޮގެއް ބަލަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

އެ ބޭފުޅުންގެ މި ސަރުކާރުގެ ދުވަސްވަރު ހަށިވިއްކުމާއި ފާހިޝް އަމަލުތައް ދުރުގައި ބަލަން ތިބި މީހުންނަށް ފަހުމުވާ ވަރަށް އިޝްތިހާރު ކޮށްގެން ހިންގާއިރު ވެސް ކުރީގައި އެ ކަން ހުއްޓުވުން އުޅުނު ގޮތަކަށް ނުކުރެ އެވެ. މައުމޫންގެ އަރިހަށް ފޮނުއްވި ސިޓީތަކާއި ވަފުދު ހަދައިގެން އޭރުގެ ވަޒީރުންނަށް ކަންބޮޑުވުންތައް އޮއްސާލަން ވަޑައިގެންނެވި ބޭފުޅުން މިއަދަކު ނުފެނެ އެވެ. އެއިން ބޭފުޅެއްގެ އަޑެއްބަޑެއް ވެސް ނެތީ އެވެ؛ ކަމެއް ވާހެން ހީވެސް ނުވެ އެވެ. އެކަމަކު، ސައިމޭޒު މަތީގައި އެ ވާހަކަ އެ ބޭފުޅުންނާއެކު ފަށާއިރަށް ވަރަށް ތަފުސީލުކޮށް ކިޔައި ދެއްވަ އެވެ. ހުރިހާ ކަމެއް އެނގިވަޑައިގަންނަވާކަން ސާފުވެ އެވެ.

ނަމަވެސް އެ ކަމާ ދެކޮޅަށް ފާޅުގައި ދެއްކެވި ވާހަކައެއް ނެތެވެ. ޕާޓީތަކުގެ ފެންވަރުގައި ކޮމިޓީތައް ހަދައިގެން ކުރިން އުޅުނު ގޮތަށް ސަރުކާރު ޖަވާބުދާރީ ކުރުވާނެ ހިތްވަރެއް ވެސް ނެތެވެ.

މާލެ އާއި ހުޅުމާލޭގައި ހަށިވިއްކުން މިހާ ބޮޑަށް ފުޅާވެ، ކަންކަން ބޮއްސުންލައިގެން ދާތީ "މިހާރު" ގެ "މެދުސަފުހާ" އަށް އިންޓަވިއު ހޯދުމަށް ހޯމް މިނިސްޓަރު އިމްރާން އާއި ޕޮލިސް ކޮމިޝަނަރާ މުހައްމަދު ހަމީދުގެ ބަހެއް ހޯދަން ވެސް މަސައްކަތް ކުރީމެވެ. އެކަމަކު، ޕޮލިސް ކޮމިޝަނަރު ވަކި ހިސާބަކުން "ގެއްލުނީ" އެވެ. ހޯމް މިނިސްޓަރު އިމްރާނާ "މިހާރު" ގެ ބައެއް ނޫސްވެރިންނަށް ނުރަސްމީ ސިފައެއްގައި އެއްމޭޒަކުން ފުރުސަތު ލިބުނަސް ދެއްކެވުނު ވާހަކަތަކަށް ބަލާއިރު ހަށިވިއްކުން ހުއްޓުވަން އެކަށީގެންވާ މަސައްކަތްތަކެއް މިހާތަނަށް މި ސަރުކާރުގައި ކޮށްފައި ނެތްކަން ވަރަށް ސާފެވެ. އެއީ ރަސްމީކޮށް، ލިޔާ ގޮތަށް އިމްރާނު ދެއްކެވި ވާހަކަތަކަކަށް ނުވާތީ ނުލިޔެ މި ދޫކޮށްލީ އެވެ.

ހަށިވިއްކާ މީހަކާ އެކު

ހަށިވިއްކާ މީހަކާ އެކު

ހަށިވިއްކުން ހުއްދަކޮށްފައި އޮންނަ ގައުމުތަކުގައި ވެސް އޮންނަ ދަރަޖައަށް ރާއްޖޭގައި އެކަން ހިނގައްޖެ ކަމުގެ ކަންބޮޑުވުމާ އެކު ރިޕޯޓްތަކެއް ލިޔަން އުޅޭކަން ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރަށް ދަންނަވައި އެކި ގޮތްގޮތުން ބަހެއް ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވީ އެވެ. މި ބޮޑު ނުބައި އަމަލާ ދެކޮޅަށް ކުރަމުން އަންނަ ހަރުދަނާ ކަމެއް ނެތުމުން ނުވަތަ ދިފާއެއް ނެތުމަކީ ސަބަބެއް ކަމަށް ވެދާނެ އެވެ.

"އަދާލަތު ޕާޓީން ރައީސް މައުމޫނާ ބައްދަލުކުރީމާ އެބަހުރި ހަށިވިއްކުން ހުއްޓުވަން އެ މަނިކުފާނުގެ ސަރުކާރުގައި އެކަށީގެންވާ ގޮތަށް މަސައްކަތް ކޮށްދެއްވާފައި. ހަމަ އެ ގޮތަށް ރައީސް ޔާމީނާއި ރައީސް ވަހީދުގެ ސަރުކާރުގެ ދުވަސްވަރު ވެސް މިހާ ފާޅުކަން ބޮޑު ގޮތަކަށް އެ ކަމެއް ނުދޭ. މުޖުތަމައުގައި ނޭދެވޭ ކަންކަން އުޅޭނެ އަބަދުވެސް. އެކަމަކު މިހާ ބޮޑަށް ހުޅުވިގެން، އިޝްތިހާރު ކޮށްގެން ކުރީގެ އެއްވެސް ސަރުކާރެއްގެ ދުވަސްވަރު ހަށިވިއްކާފައެއް ނެތް،" މި ރިޕޯޓަށް ވާހަކަ ދެއްކެވި ނަން ހާމަކުރައްވަން ބޭނުން ނުވި ބޭފުޅާ ވިދާޅުވި އެވެ.

"މި ގައުމު މި ދަނީ އިޖުތިމާއީ ހަލާކެއްގެ ތެރެއަށް. މުޖުތަމައު މުޅިން ހަރާބު ވެއްޖެ."

"މި ގައުމު މި ދަނީ އިޖުތިމާއީ ހަލާކެއްގެ ތެރެއަށް. މުޖުތަމައު މުޅިން ހަރާބު ވެއްޖެ."

ސަރުކާރުގައި ތިއްބެވި ބައެއް އިސްބޭފުޅުންނާ ނޫހުގައި ނުޖަހާ ގޮތަށް ވާހަކަ ދައްކައިފި ނަމަ "ވަރަށް ހުޅުވިގެން" ވާހަކަ ދައްކަވަ އެވެ. މި ގައުމުގައި އިސްލާމް ދީނަށް ގޮންޖަހައި ފާހިޝް ހުރިހާ އަމަލެއް ފާޅުގައި ހިންގާތީ "އޮފް ދަ ރެކޯޑް" ގައި ކަންބޮޑުވެވަޑައިގެންފައި ކުޅިބަލަން ތިއްބެވުމީ ބޮޑު ލަދެކެވެ.