20 ސެޕްޓެމްބަރ 2022
ރަޝިޔާގެ އަޅުވެތިކަމާ ދެކޮޅަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިނގިރޭސި ވިލާތުން ދޭ އަސްކަރީ އެހީތެރިކަން، އަންނަ 2023 ވަނަ އަހަރު އިތުރު ކުރުމަށް އެ ގައުމުން ނިންމައިފި އެވެ.
ރަޝިޔާގެ އަޅުވެތިކަމާ ދެކޮޅަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އިނގިރޭސި ވިލާތުން ދޭ އަސްކަރީ އެހީތެރިކަން، އަންނަ 2023 ވަނަ އަހަރު އިތުރު ކުރުމަށް އެ ގައުމުން ނިންމައިފި އެވެ.
ފައިނޭންޝަލް ޓައިމްސް ނޫހުގެ މިއަދުގެ އަދަދުގައި ބުނެފައިވާ ގޮތުން، އިނގިރޭސި ވިލާތުން ޔޫކްރޭނަށް ދެމުން އަންނަ އަސްކަރީ އެހީގެ މިންވަރު، މިއަންނަ އަހަރުގެ ތެރޭގައި 2.3 ބިލިއަން ޕައުންޑް (2.6 ބިލިއަން ޑޮލަރު) އަށް އިތުރުކުރާނެ އެވެ. އިނގިރޭސި ވިލާތުގެ އާ ބޮޑުވަޒީރު ލީޒް ޓްރަސް އެކަން ރަސްމީކޮށް އިއުލާން ކުރައްވާނީ، އދ.،ގެ އާންމު މަޖިލީހުގައި މާދަމާ ދެއްވާ ތަގުރީރުގަ އެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުގައި ރަޝިޔާގެ އަޅުވެތިކަމުން ދިފާއުވުމަށް ޔޫކްރޭން ސަރުކާރާއި ރައްޔިތުން ކުރަމުން އަންނަ މަސައްކަތުގައި އިނގިރޭސި ވިލާތުން އަބަދުވެސް އެހީތެރިވެދޭނެ ކަމަށް، ބޮޑުވަޒީރު ލީޒް ވަނީ ވައުދުވެވަޑައިގެންފަ އެވެ. ރަޝިޔާ ސިފައިންނާ ދެކޮޅަށް ޔޫކްރޭން ސިފައިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ މި ދުވަސްވަރު، ޔޫކްރޭނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުން އދ.ގެ އާންމު މަޖިލީހުގައި އިނގިރޭސި ބޮޑުވަޒީރު ތަގުރީރު ކުރެއްވުމުގެ ބޭނުމަކީ، އެހެން ގައުމުތަކުގެ އެހީ އިތުރުކުރުމެވެ.
އަސްކަރީ އެހީގެ ގޮތުގައި ދޭ މިންވަރު 2.3 ބިލިއަން ޕައުންޑަށް އިތުރުކުރުމުން، އިނގިރޭސި ވިލާތް ވެގެން ދާނީ، އެމެރިކާ އަށް ފަހު، ޔޫކްރޭނަށް އެންމެ ގިނައިން އެހީތެރިވެދޭ ގައުމަށެވެ. ފައިސާ އާއި ހަތިޔާރު ދިނުމުގެ އިތުރުން، ހުޅަނގުގެ ހަތިޔާތައް ބޭނުންކުރާނެ ގޮތުގެ ތަމްރީންތައް ވެސް، އިނގިރޭސި ވިލާތުން އަންނަނީ ޔޫކްރޭން ސިފައިންނަށް ދެމުންނެވެ.
ރަޝިޔާގެ އުދުވާނީ ހަމަލާތައް ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައި ވަނިކޮށް، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދޭން ފެށި އަސްކަރީ ހަތިޔާރުތައް ޔޫކްރޭން ސިފައިން ބޭނުންކުރަށް ފެށުމާ ގުޅިގެން، ރަޝިޔާ ސިފައިންގެ ކުރިއެރުން ވަނީ ވަރަށް ބޮޑަށް ހުއްޓުވިފަ އެވެ. މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އިނގިރޭސި ވިލާތުން ވަނީ އެތައް ސަތޭކަ ރޮކެޓެއް ޔޫކްރޭނަށް ފޮނުވައިފަ އެވެ. އޭގެ އިތުރުން 120 އަސްކަރީ އުޅަނދާއި، ވައިގެ ދިފާއީ ފަސް ނިޒާމުވެސް ވަނީ ޔޫކްރޭނަށް ދީފަ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި ދެ ފަރާތުގެ ސިފައިންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މި ހަނގުރާމައިގައި މަރުވި ސިފައިންގެ އަދަދު ދެ ގައުމުން ކުރެ އެއްވެސް ގައުމަކުން މިހާތަނަށް އާންމެއް ނުކުރެ އެވެ.
އިނގިރޭސި ހެލިކޮޕްޓަރުތައް ޔޫކްރޭނަށް ފޮނުވަނީ
ޔޫރޭނިއަމް އުންޑަ ދީފިއްޔާ ރައްދު ދޭން މަޖުބޫރުވާނެ
އިނގިރޭސީން ތިބޭނީ ޔޫކްރޭންގެ ދިފާއުގައި: ރިޝީ
ދަތިކުރުންތަކުން ދެ ގައުމުގެ ގުޅުން މުޅިން ކެނޑިދާނެ: ރަޝިޔާ
ހުޅަނގުގެ ޚާއްސަ ސިފައިން ޔޫކްރޭންގައި ހަނގުރާމަކުރަނީ
އިނގިރޭސި ވިލާތުން އިތުރު އަސްކަރީ އެހީ ޔޫކްރޭނަށް
އިނގިރޭސި ބޮޑުވަޒީރު ރިޝީ ޔޫކްރޭނަށް
ރަޝިޔާ އާއި ޔޫކްރޭނުން އަސީރުން ބަދަލުކޮށްފި
އިނގިރޭސި ސިފައިން ތިބެންޖެހޭނީ ތައްޔާރީ ހާލަތުގައި
ރަޝިޔާ އިން ނިއުކްލިއާ ހަތިޔާރު ބޭނުމެއް ނުކުރާނެ