20 ސެޕްޓެމްބަރ 2022
އޮފް ޑިއުޓީގައި މަގުމަތީގައި އުޅުނު ތިން ފުލުހަކަށް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން މާލޭގައި ދިން ހަމަލަ ވަރަށް ސީރިއަސް ކަމަށާއި ފުލުހުންނަށް އެ ގޮތަށް ދޭ ހަމަލަތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
އޮފް ޑިއުޓީގައި މަގުމަތީގައި އުޅުނު ތިން ފުލުހަކަށް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން މާލޭގައި ދިން ހަމަލަ ވަރަށް ސީރިއަސް ކަމަށާއި ފުލުހުންނަށް އެ ގޮތަށް ދޭ ހަމަލަތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު މެންދުރު 12 ޖަހަން އުޅެނިކޮށް، ހެންވޭރުން މަޖީދީ މަގު ޔޫރޯ ސްޓޯރު ކައިރިން އެ ތިން ފުލުހުންނަށް ހަމަލަދިން މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ސަމާލުކަމަށް އައީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގަ އެވެ.
އެ މައްސަލައިގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ފުލުހުންނަށް ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ނަމަ އާންމުންނަށް ވެސް ރައްކާތެރި ކަމެއް ނުލިބޭނެ ކަމަށެވެ.
ޖާބިރު ވިދާޅުވީ، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ތިން ފުލުހަކަށް ދިނީ "އޮގަަނައިޒްޑް ގޭންގްތަކުން" ފުލުހުންނަށް އަމާޒުކުރި ނުރައްކާތެރި ހަމަލާއެއް ކަމަށެވެ.
އެ ހަމަލާ ދިން މައްސަލައާ ގުޅޭ މީހުން ހައްޔަރުކުރި ނަމަވެސް އެއީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ދިރާސާކޮށް، ހައްލެއް ހޯދަން ޖެހޭ މައްސަލައެއް ކަމަށް ގަބޫލު ކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވި ގޮތުގައި ފުލުހުންނަށް ހަމަލާދިނީ އެ ދުވަހުގެ ހެނދުނު ފުޓްބޯޅަ ކުޅެ ނިމިގެން ގެއަށް ދިޔަ މަގުމަތީގައި ފަހަތުން އަވަގުރާނަ ގޮވައި، އިންޒާރު ދެމުން ގޮސް އެ ތަނުން އެކަކު ޓްރެފިކްގައި ޖެހުނު ވަގުތުގަ އެވެ.
އެ ހަމަލާދިނުމާ އެކު އެ ފުލުސް މީހާ ވަނީ އެ ތަނުން ދުވެފައި ގޮސް، އޭނާއާ އެކު އުޅުނު އެހެން ދެ ފުލުހަކަށް ގުޅާފައި ކަމަށާއި އެކަމަކު އެ މީހުން އެހީވާން ދިޔައިރު ހަމަލާދިން މީހާގެ ގްރޫޕު އޮތީ ވަޅި ފަދަ ތަކެއްޗާއެކު އެ ސަރަހައްދު ވަށާލާފައި ކަމަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވި އެވެ.
"އެހެންވެ އޮފް ޑިއުޓީގައި ތިބި ފުލުހުންނަށް ދިފާއުގައި ކަމެއް ނުކުރެވި، ލިބުނީ އިތުރު އަނިޔާ. މިއީ ރާއްޖޭގެ އަމާންކަން ދަމަހައްޓަން ތިބި ފުލުހުންނަށް ކަން ދިމާވާ ގޮތް ކަމަށްވާ ނަމަ މި އަށް ވުރެ އަވަސް ކުއްލި މައްސަލައެއް މި ވަގުތު ރާއްޖޭގައި ނެތް،" ޖާބިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުށްވެރިން ހިފައި ހައްޔަރުކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރަން ތިބި ފުލުހުންނަށް، ގޭންގްތަކާއި މަސްތުވާތަކެތީގެ ނެޓްވޯކްތަކުން އެއްވެސް ބިރެއް ނެތި އެ ހަމަލާ ދިނުމުން އެނގެނީ އެ މީހުންނަށް އަދަބެއް ނުދެވޭނެ ކަމުގެ ޔަގީންކަން އޮތް ވަރު ކަމަށެވެ.
ޖާބިރު ވިދާޅުވި ގޮތުގައި އެ ކަން ތަކުރާރުވާން ދޫކޮށްލައިފި ނަމަ، އާންމުންނަށް އެއްވެސް ރައްކާތެރިކަމެއް ލިބޭނެތޯ ސުވާލު އުފެދެ އެވެ. އެހެންވެ، އެކަމަށް ހައްލެއް ހޯދުމަށް މަޖިލީހުން ބަހުސްކޮށް ދައުލަތުގެ ސަމާލުކަމަށް ގެނައުމަށް އޭނާ ހުށަހެޅުއްވީ އެވެ.
އެހެންވެ އޮފް ޑިއުޓީގައި ތިބި ފުލުހުންނަށް ދިފާއުގައި ކަމެއް ނުކުރެވި، ލިބުނީ އިތުރު އަނިޔާ. މިއީ ރާއްޖޭގެ އަމާންކަން ދަމަހައްޓަން ތިބި ފުލުހުންނަށް ކަން ދިމާވާ ގޮތް ކަމަށްވާ ނަމަ މި އަށް ވުރެ އަވަސް ކުއްލި މައްސަލައެއް މި ވަގުތު ރާއްޖޭގައި ނެތް،" ---ޖާބިރު
އެ ވަގުތު މަޖިލީހަށް ހާޒިރުވެ ތިއްބެވި 38 މެމްބަރުންގެ އިއްތިފާގުން ފާސްކުރީ މައްސަލަ ބަލައިގަނެ އެކަމަށް ބަހުސްކުރުމަށެވެ.
އެ މައްސަލަ އަށް ބަހުސް ކުރައްވަމުން ނައިފަރު ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ފުލުހުންގެ އަމަލުތަކުގެ ސަބަބުން ވެސް ކަންބޮޑުވާ ކަމަށާއި ގްރޫޕްތަކަށް އަސްލެއް ނެތް ތުހުމަތުތައް ވެސް ކުރަމުންދާ ކަމަށެވެ. އެހެންވެ، ފުލުހުން ވެސް ޒިންމާދާރުކަމާއެކު މަސައްކަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވީ ފުލުހުންނަށް މަގުމަތިން ހަމަލާދޭން ފަށައި، މިހާރު ފޮލިސް ސްޓޭޝަނަށް ވަދެ ފުލުހުންނަށް މަރުގެ އިންޒާރުދޭ ހިސާބަށް ރާއްޖޭގައި ކަންތައް ގޮސްފައިވާ ކަމަށެވެ. އެކަމަކު، އެޙާ ނުރައްކާތެރި ހިސާބެއްގައި ރާއްޖޭގެ ހާލަތު އޮތްއިރު ވެސް ގާނޫނު ތަންފީޒު ނުކުރެވި، އެ މީހުން މިނިވަން ވާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"ނޫހުގައި މި އޮތީ ފުލުހުންގެ އިދާރާ އަށް ވަދެ މަރުގެ އިންޒާރުދިން މީހާ ދޫކޮށްލައިފި ކަމަށް. ހިތާމަވެރި. ތަންފީޒު ނުކުރެވެނީ. ދެން މި ކިޔާލިއިރު މި އޮންނަނީ އޭނާ ހައްޔަރުކުރީ ކުށުގެ ވެށިން ނޫން ކަމަށް ބުނެ ކޯޓުން ދޫކޮށްލި ކަމަށް. އެކަމަކު މި އޮތީ ގާނޫނު ހަދާފައި މި ތަނުން. މަރުގެ އިންޒާރުދިނުމަކީ ބޮޑު ކުށެކޭ. ތަންފީޒު ނުކުރެވި ބޮޑު ދައުލަތެއް ފެއިލްވަމުންދާ މަންޒަރު ފެނުމަކީ ހިތާމަކުރާ ކަމެއް،" ނަސީމް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވިގޮތުގައި ފުލުހުންނަށް ހަމަލަދޭ މައްސަލަ ސީރިއަސްކޮށް ބަލަންޖެހޭ ކަމަށާއި އެކަމަކު ބޮޑެތި ބަޖެޓް ސަލާމަތީ ބާރުތަކަށް ކަނޑައަޅާއިރު އެ މީހުންނަށް އެ މީހުންގެ ޒިންމާ އަދާކުރެވޭނެ ގޮތަށް އޮންނަންޖެހޭ ކަމަށެވެ.
އެކަމުގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަނީ ފުލުހުން "ޒާތީ ވެގެން ގޮސް ހައްދުން ނެއްޓުމުން" ފުލުހުންނަށް އަނިޔާ ނުކުރާނެ ކަމަށް އެ މީހުން ދެކިގެން ނުވާނެ ކަމަށް ވިދާޅުވެ، ފުލުހުންގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"ފުލުހުން އަނިޔާކުރީމާ އޭގެ ހަސަދަ އެ މީހުންގެ ހިތުގައި ވެސް އިންނާނެ. އިންސާނެއް ވިއްޔާ އޭގެ ބަދަލު ހިފާ ހިސާބަށް އަންނާނެ. ބުލީ ކުރާ ވައްތަރަށް ދިވެހި ޒުވާނުންނާ ދޭތެރޭ އަމަލުކުރާންތަން ފެންނަނީ،" މެމްބަރު ނަޝީދު ވިދާޅުވި އެވެ.
އެކަމަކު މި އޮތީ ގާނޫނު ހަދާފައި މި ތަނުން. މަރުގެ އިންޒާރުދިނުމަކީ ބޮޑު ކުށެކޭ. ތަންފީޒު ނުކުރެވި ބޮޑު ދައުލަތެއް ފެއިލްވަމުންދާ މަންޒަރު ފެނުމަކީ ހިތާމަކުރާ ކަމެއް،"--- ނަސީމް
އޭނާ ވިދާޅުވި ގޮތުގައި އެކި މައްސަލަތަކާ ގުޅިގެން ފުލުހުން ފޮޓޯ އާންމުކުރަނީ ވެސް ފުލުހުން ބޭނުންވާ މީހުންގެ އެކަންޏެވެ. ނުރައްކާތެރި ކުށްވެރިން ކަމަށް ޒުވާނުންނަށް ލޭބަލްކޮށް، އެ މީހުންގެ މުޅި ދިރިއުޅުން ހަލާކުކޮށްލާ ކަމަށާއި އޭގެ ސަބަބުން ވަޒީފާ ނުލިބި، މުޖުތަމައުގައި އުޅެން "ނުކުޅަދާނަ"ވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މި ކަމަކީ ހަމަ ރޭވިގެން ކުރާ ކަންކަން ދިވެހިން ޒުވާނުންނަށް އަނިޔާ ދޭން. މި ކަންކަން ހުއްޓީމާ ފުލުހުންނަކަށް އަނިޔާއެއް ނުދޭނެ. ގޭންގްތަކޭ މި ކިޔާ ޒުވާނުން ވެސް ރަނގަޅު ގޮތުގައި މުޖުތަމައަށް ނެރެން ބޭނުމިއްޔާ އިހުލާސްތެރިކަމާ އެކު ނަސޭހަތް ދޭންވީ،" ނަޝީދު ވިދާޅުވި އެވެ.
ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަނާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވީ ފުލުހުންނަށް ހަމަލާދެނީ މި ސަރުކާރުގައި ފުލުހުންގެ މަސައްކަތްތައް ރަނގަޅުވުމުގެ ސަބަބުން އެކަމާ ނަފްރަތު އުފެދިގެން ކަމަށެވެ.
މަސްތުވާތަކެތީގެ ސަބަބުން ޒުވާން ޖީލު ހަލާކުވެފައިވާ ކަމަށާއި އެކަމަކު އެ މީހުންނަށް އެ ލިބޭނެ މަގުތައް ބަންދުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، ބޮޑެތި އަދަދުތަކުން ޑްރަގް ވެސް އަތުލައިގަންނަމުންދާކަން އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.
މާރާމާރީގައި ޒަހަމްވި އެކަކަށް އަދިވެސް ފަރުވާ ދެނީ
ފައިހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
'ތޫނު ހަތިޔާރު ގާނޫނު ހިންގަން ސަމާލުކަމެއް ނުދޭ"
ހިރިލަންދޫ މާރާމާރީއާ ގުޅިގެން އެކަކު ބަންދަށް
މެމްބަރު ޒަރީރަށް ހަމަލާ ދީފި
ފުލުހުން ހޯދާ މީހާ ފިލައިގެން އުޅޭތާ މަހެއް!
މާރާމާރީ ހިންގައިގެން ހައްޔަރުކުރި ބިދޭސީން ދޫކޮށްލައިފި
މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 8 މީހަކު ދޫކޮށްލައިފި
ރަށުތެރޭގައި ހެލްމެޓް އަޅާ މީހުން ހުއްޓުވައި ފާސްކުރަނީ
ވަޅި ހެރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި