Roadha Mihaaru
އާޒިމާގެ ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނެތް

ގާޒީގެ ނިންމުން ބަދަލެއް ނުކުރެއްވި، އާޒިމާގެ ޝަރީއަތް ކުރިއަށް

12 ސެޕްޓެމްބަރ 2022

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ކުރާ ދެ ދައުވާ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ގާނުނީ ސަބަބެއް އާޒިމާގެ ފަރާތުން ހުށަހަޅާފައި ނެތް ކަމަށް ކްރިިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ކުރާ ދެ ދައުވާ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ގާނުނީ ސަބަބެއް އާޒިމާގެ ފަރާތުން ހުށަހަޅާފައި ނެތް ކަމަށް ކްރިިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

އާޒިމާގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިން އަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.

އާޒިމާގެ ދިފާއުއަކީ، އޭނާގެ މައްޗަށް ދައުވާކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުގައި ކުރި ދައުވާއާ ގުޅިގެން ކަމަށް ވާއިރު ޔާމީންގެ މައްޗަށް އެ މައްސަލާގައި ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ވުމެވެ. އާޒިމާ ވިދާޅުވަނީ އަސްލު ކުށްކުރި މީހާ (ޕްރިންސިޕަލް) މައްޗަށް ކުށް ސާބިތު ނުވަނީސް، އެކަމުގައި ބައިވެރިވި މީހާ (އެކްސެސަރީ) މައްޗަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށް ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.

ޔާމީނަށް ކުރި ހުކުމް ބާތިލްކުރުމަކީ އާޒިމާގެ މައްޗަށް ދައުވާ ނުކުރެވޭނެ ސަބަބެއް ނޫން ކަމަށް މެއި މަހު ކްރިމިނަލް ކޯޓުން ނިންމުމުން އާޒިމާ ވަނީ އެ ނިންމުން އިސްތިއުނާފް ކުރައްވައިފަ އެވެ. އެކަމަކު ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް އާޒިމާއަށް ވީ ނާކާމިޔާބެވެ. އެ ނިންމުންތަކަށް ރިއާޔަތްކުރައްވައި އާޒިމާ މިއަދު އެދިވަޑައިގަތީ މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި ނިންމުން މުރާޖައާކޮށްދިނުމަށެވެ.

ދައުލަތުން ބުނީ ގާނޫނުލް އުގޫބާތުގެ 30 ވަނަ މާއްދާގައި، ކުށްކުރި މީހެއްގެ މައްޗަށް ކުށުގެ ދައުވާ ސާބިތު ނުކުރެވުނަސް، އެ ކުށުގެ އަމަލު ހިންގާފައިވާކަމުގެ ސާބިތު ހެކީގެ މައްޗަށް ބިނާކޮށް، އަދި އެ ކުށްކުރުމުގައި އެހީތެރިވެދިންކަމުގެ ސާބިތު ހެކީގެ މައްޗަށް ބިނާކޮށް، އެ ކުށްކުރުމުގައި އެހީތެރިވެދިން މީހަކުގެ މައްޗަށް ކުށް ސާބިތުކުރެވިދާނެ ކަމަށް އޮންނަ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް އިރުކޮޅަކަށް ޝަރީއަތް މެދުކަނޑާލެއްވުމަށް ފަހު ނިންމެވީ އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ގާނޫނީ ސަބަބެއް އާޒިމާގެ ފަރާތުން ހުށަހަޅާފައި ނެތް ކަމަށެވެ. އެހެންވެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް އިތުރު އަޑުއެހުމެއް ވަނީ ތާވަލްކުރައްވައިފަ އެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާޒިމާ އަށް ކުރަނީ ލޯންޑަކުރި ކަމަށް ބުނާ އެއް މިލިއަން ޑޮލަރު، ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ އެކު އެސްކްރޯ އެކައުންޓެއް ހަދަން އާޒިމާ ލަފާ ދެއްވި ކަމަށް ބުނެ އެވެ. އެކަމަކު، އެފަދަ އެއްވެސް ލަފައެއް އޭސީސީއަށް ދީފައި ނޯންނާނެ ކަމަށާއި އެފަދަ ހެއްކެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވެ އެވެ.