ލަންޑަން (ސެޕްޓެމްބަރު 9) - އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނަ، އަވަހާރަވުމާ ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާ ބަންދުގައި ކުޅެން ހުރި މެޗުތައް ފަސްކޮށްފި އެވެ.
09 ސެޕްޓެމްބަރ 2022
ލަންޑަން (ސެޕްޓެމްބަރު 9) - އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނަ، އަވަހާރަވުމާ ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާ ބަންދުގައި ކުޅެން ހުރި މެޗުތައް ފަސްކޮށްފި އެވެ.
އިނގިރޭސި ސަރުކާރުން ގައުމުގެ ކުޅިވަރު ހިންގާ ފަރާތްތަކަށް، ކުޅިވަރު އިވެންޓްތައް ކުރިއަށް ގެންދިޔުމުގެ އިހުރިޔާރު ދިން ނަމަވެސް، ޕްރިމިއާ ލީގުން ނިންމީ، ހިތާމައިގައި ބައިވެރިވުމުގެ ގޮތުން މި ހަފްތާ ބަންދުގައި ކުޅެން ހުރި މެޗުތައް ފަސްކުރާށެވެ.
"ރާނީގެ އާދަޔާ ހިލާފު ދިރިއުޅުމާއި ގައުމަށް ކޮށްދެއްވާފައި ހުރި ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، މި ހަފްތާ ބަންދުގައި ކުޅެން ހުރި މެޗުތައް ފަސްކުރަން ވަނީ ނިންމައިފައި، އޭގެ ތެރޭގައި، ހޯމަ ދުވަހު ކުޅެން އޮތް މެޗު ވެސް ހިމެނޭ،" ޕްރިމިއާ ލީގުން ނެރުނު ބަޔާނުގައި ވެއެވެ.
ޕްރިމިއާ ލީގުގެ ހަތްވަނަ ހަފްތާގައި ކުޅެން އޮތް 10 މެޗުގެ އިތުރުން، އިނގިރޭސި ފުޓުބޯޅަ ލީގު (އީއެފްއެލް) ގެ މެޗުތައް ވެސް ވަނީ ފަސް ކޮށްފަ އެވެ. އަދި މި ހަފްތާ ބަންދުގައި ފަށަން ހަމަޖެހުނު އިނގިރޭސި އަންހެނުންގެ ސުޕަ ލީގު ފެށުން ވެސް މިއާ ގުޅިގެން ވަނީ ފަސް ކުރެވިފަ އެވެ.
ރާނީ އަވަހާރަވި ކަން ބަކިންހަމް ޕެލަސް އިން އިއުލާން ކުރެއްވި ވަގުތު، އާސެނަލް ތިބީ ސްވިޒަލެންޑުގައި އެގައުމުގެ ޒިއުރިޗާ ދެކޮޅަށް ޔޫރޮޕާ ލީގު މެޗު ކުޅޭށެވެ. މި ހަބަރާ ގުޅިގެން މެޗުގެ ދެވަނަ ހާފު ފެށުމުގެ ކުރިން ވަނީ ގައުމީ ސަލާމާ އެކު، ރާނީގެ ހަނދާނުގައި ސުކޫތެއް ގެނެސްފަ އެވެ.
އަދި ފަހުން މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ސްޕެއިންގެ ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު އިރު، ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ކޮންފަރެންސް ލީގުގައި ރޮމޭނިއާގެ އެފްސީއެސްބީ އާ ދެކޮޅަށް ވަނީ ކުޅެފަ އެވެ. މި ދެ މެޗު ފެށުމުގެ ކުރިން ވެސް ރާނީގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި ވެއެވެ.
ރާނީ އަކީ ލަންޑަނަށް ނިސްބަތްވާ އާސެނަލްގެ ސަޕޯޓަރެއް ކަމަށް ގިނަ ފަރާތްތަކަކުން ރިޕޯޓް ކޮށްފައި ވެއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމް ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައި ނުގެންނެވުނު ހާލުގައި އެކަމަނާ ވަނީ 2007 ވަނަ އަހަރު ބަކިންހަމް ޕެލަސްގައި އާސެނަލްގެ ޓީމާ ބައްދަލު ކުރައްވާފަ އެވެ. އަނެއްބައި ރިޕޯޓްތައް ބުނާގޮތުގައި ރާނީ ވަރަށް ކުރީއްސުރެން ލަންޑަނުގެ ވެސްޓް ހޭމް އަށް ސަޕޯޓު ކުރައްވަ އެވެ. ނަމަވެސް އިނގިރޭސި ޝާހީ އާއިލާގެ އެހެން މެމްބަރުން ފަދައިން، ރާނީ ސަޕޯޓު ކުރައްވާ ޓީމެއް ހާމަ ކޮށްފައެއް ނުވެ އެވެ.
އިންގްލެންޑުގެ އިތުރުން ނޮދާން އަޔަލެންޑާއި ސްކޮޓްލެންޑުގައި ވެސް ވަނީ މި ހަފްތާ ބަންދުގައި ކުރިއަށް ގެންދަން ތާވަލު ކުރި ހުރިހާ ފުޓުބޯޅަ ހަތަކާތްތަކެއް ފަސްކޮށްފަ އެވެ.
ރާނީގެ ޖަނާޒާއާ ގުޅިގެން އިތުރު މެޗުތަކެއް ފަސްކޮށްފި
ލަނޑު ނުޖެހޭނަމަ މި ކުރެވެނީ ބޭކާރު ކަމެއް: އަމޯރިމް
ޓްރެންޓުގެ ހާއްސަ ގޯލުން ލިވަޕޫލް ތައްޓާ ކައިރިއަށް
އެސްޓަން ވިލާ މޮޅުވެ، ޗެލްސީ އަށް ޕްރެޝަރު
ނިއުކާސަލްގެ ކޯޗު ނިއުމޯނިއާ އަށް ފަރުވާ ހޯދަނީ
ވެން ޑައިކް ލިވަޕޫލް މޮޅުކޮށްދީފި
އޮނާނާ ނުލައި ވެސް ޔުނައިޓެޑަކަށް ނުވި
ނިއުކާސަލްގެ ކޯޗު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
ޑިބްރޭނާގެ އަމާޒަކީ ޗެމްޕިއަންސް ލީގުގެ ޖާގައެއް
"ފޮޑެންގެ މަންމައަށް ފުރައްސާރަކުރުން ބަލައެއްނުގަނެވޭ"