09 ސެޕްޓެމްބަރ 2022
ސޯޝަލް މީޑިއާގައި އެންމެ ނުފޫޒުގަދަ އެމެރިކާގެ ޝޯޝަލައިޓް އަދި ރިއަލިޓީ ތަރި ކިމް ކާޑޭޝިއަން، ސުޕަހީރޯތައް ހިމެނޭ މާވެލް ސިނެމޭޓިކް ޔުނިވާސް (އެމްސީޔޫ) އާ ގުޅެން ބޭނުންވާ ކަމަށް ބުނެފި އެވެ.
ސޯޝަލް މީޑިއާގައި އެންމެ ނުފޫޒުގަދަ އެމެރިކާގެ ޝޯޝަލައިޓް އަދި ރިއަލިޓީ ތަރި ކިމް ކާޑޭޝިއަން، ސުޕަހީރޯތައް ހިމެނޭ މާވެލް ސިނެމޭޓިކް ޔުނިވާސް (އެމްސީޔޫ) އާ ގުޅެން ބޭނުންވާ ކަމަށް ބުނެފި އެވެ.
އެމްސީޔޫ އަކީ ޑިޒްނީގެ ދަށުން ހިންގާ ކޮމިކް ސްޓޫޑިއޯ އެވެ. މިއީ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީ ހޯދާ ސްޓޫޑިއޯ އެވެ. މި ސްޓޫޑިއޯގެ ދަށުން ތަފާތު ސުޕަހީރޯތައް ހިމެނޭ ފިލްމުތައް އުފައްދަ އެވެ.
ހޮލީވުޑްގެ އެންމެ ބޮޑެތި ތަރިން ހިމެނޭ އެއް ސްޓޫޑިއޯއަކީ އެމްސީޔޫ އެވެ. އޭގެ ތެރޭގައި ކްރިސް ހެމްސްވޯތު އާއި ބްރީ ލާސެން އާއި ސެމިއުއެލް އެލް ޖެކްސަން އާއި ބެނެޑިކްޓް ކަމްބަބެޗް އަދި ޕޯލް ރަޑް ހިމެނެ އެވެ.
ކިމް ބުނެފައިވަނީ އޭނާ އެމްސީޔޫއާ ގުޅެން ބޭނުންވާ ކަމަށެވެ. އިންޓަވިއު ނަމަކަށް ކިޔާ މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މިހާރު އެންމެ ބޮޑަށް ބޭނުންވަނީ އެމްސީޔޫ އާ ގުޅެން ކަމަށެވެ.
ނަމަވެސް ސީދާ އެކަމަށް ހުސްވެ އެމްސީޔޫއިން ރޯލެއް ހޯދަން އަދި ނޫޅޭ ކަމަށް އޭނާ ބުންޏެވެ. އޭގެ ބަދަލުގައި އެންމެ ރަނގަޅު ވަގުތު ޖެހުމުން ރޯލެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ކިމް ބުންޏެވެ.
"ޑެއާޑެވިލް" ގެނެސްދެނީ އަންނަ އަހަރު މާޗުގައި
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"
ޑެޑްޕޫލް އެންޑް ވޮލްވެރިން: ބޮޑު ކާމިޔާބީއަކާ ގާތަށް
ރޮބާޓް ޑައުނީ އެނބުރި މާވެލް އަށް
ކެވިން ފައިގީއަށް ހޮލީވުޑްގެ ވޯކް އޮފް ފޭމުން ތަރިއެއް
ރުސްސޯ ބްރަދާސް އެނބުރި މާވެލްއަށް
އެވެންޖާސް 5 ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި
"ޑެޑްޕޫލް 3"ގައި ޓޭލާގެ ހާއްސަ ފެނިލުމެއް؟
"ފެންޓާސްޓިކް ފޯ"ގެ ކާސްޓަށް ޕެޑްރޯ ޕަސްކަލް
"ފެންޓާސްޓިކް ފޯ" އަށް ޕެޑްރޯ ޕަސްކަލް؟