Roadha Mihaaru
ޝަހުމް މަރަން ކުރި ހުކުމް ކަށަވަރުކުރަން ސުޕްރީމްކޯޓަށް

ޝަހުމް މަރަން ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް

04 ސެޕްޓެމްބަރ 2022

މީގެ 10 އަހަރު ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލާގައި އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް ހައި ކޯޓުން އިއްވި މަރުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ 10 އަހަރު ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލާގައި އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް ހައި ކޯޓުން އިއްވި މަރުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މަޖީދީމަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުގައި 2011 ވަނަ އަހަރު ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރަށް ހަމަލާދީ އޭނާ މަރާލި މައްސަލާގައި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް މެރުމަށް ހައި ކޯޓުން މިދިޔަ އަހަރު ފަހުކޮޅު ހުކުމްކުރީ އެ ހަމަލާއަށްފަހު އަހުސަން މަރު މަތީގައި އޮވެގެން ބުނި ބަހަށް ބުރަދަން ދީގެންނެވެ. އެއީ މަރު މަތީގައި އޮވެގެން ބުނި ބަސް (ޑައިން ޑިކްލަރޭޝަން) ރާއްޖޭގެ ކޯޓަކުން ހެއްކެއްގެ ގޮތުގައި ބަލައިގަތް ފުރަތަމަ މައްސަލަ އެވެ.

ޝަހުމް މެރުމަށް ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން މިދިޔަ ހަފުތާގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅިޔަސް، އެ މައްސަލަ އެ ކޯޓުން އަދި ބަލައެއް ނުގަނެ އެވެ. ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހުށަހަޅާނީ ކުށްވެރިޔާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ނުކުރުމުންނެވެ.

އަހުސަން

އަހުސަން

ޝަހުމްގެ އިތުރުން މއ. ވީނަސްތަރި ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ވެސް މި މައްސަލާގައި ހައި ކޯޓުން އިއްވި އެވެ. އެއީ އަހުސަން މަރާލުމުގައި ޝަހުމަށް އެހީތެރިވެދިން ކަމުގެ ކުށުގަ އެވެ.

Maru matheegai bunaa bas varugadha hekkakah: Thaareekhee nimmumeh!

Maru matheegai bunaa bas varugadha hekkakah: Thaareekhee nimmumeh!

The most trusted news source in the Maldives

Mihaaru

ޝަހުމާއި ޝިމާޒްގެ މައްޗަށް ކުރި ހުކުމަކީ ޑައިން ޑިކްލަރޭޝަން ބަލައިގަތް ފުރަތަމަ މައްސަލަ

ޝަހުމްގެ މައްޗަށް މަރުގެ ހުކުމް އައިއިރު އޭނާ ގެންދަނީ މަރުގެ އެހެން މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ވެސް ތަންފީޒު ކުރަމުންނެވެ. އެއީ 2010 ވަނަ އަހަރު މާފަންނު ޔޫތު ސެންޓަރު ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލާގައި ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެގެންނެވެ.

އެ މައްސަލާގައި ތުހުމަތުގައި ޝަހުމް ހައްޔަރުކޮށްފައި ހުއްޓާ 2011 ވަނަ އަހަރު ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ ހެލްތް މިނިސްޓްރީގެ ލިޔުމެއް ނުލިބޭތީ އޭރުގެ ހެލްތް މިނިސްޓަރު ޒިންމާދާރު ކުރަން ކަމަށް ބުނެ އެވެ. އޭނާ ދޫކޮށްލިތާ ދުވަސްކޮޅެއް ވީތަނާ، އަހުސަނަށް ހަމަލާދީ މަރާލުމަށްފަހު ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރުކުރީ ފަޅު ރަށަކުންނެވެ.