02 ސެޕްޓެމްބަރ 2022
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފުރަތަމަ ކޮންގްރެސް މި މަހު ބާއްވަން ނިންމައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފުރަތަމަ ކޮންގްރެސް މި މަހު ބާއްވަން ނިންމައިފި އެވެ.
އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮންގްރެސް އޮންނާނީ މި މަހު 23-24 އަށް ތާޖުއްދީން ސްކޫލްގައި ކަމަށެވެ.
އެމްއެންޕީގެ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވައިދު އިސްލާހުކުރުމާއި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމާއި އެ ގަވާއިދުގެ ދަށުން އިންތިހާބުކުރަން ޖެހޭ މަގާމުތަކަށް މީހުން އިންތިހާބުކުރުން ވެސް އޮންނާނެ ކަމަށް ބުންޏެވެ.
ކޮންގްރެސްގައި އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ މެންބަރުންގެ އިތުރުން، ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ބައިވެރިވާނެ ކަމަށާއި ރާއްޖޭގެ އެކި ހިސާބުތަކުން ދާއިރާތަކުގެ ރައީސުންނާއި ނައިބް ރައީސުންނާއި ގޮފިތަކުގެ ރައީސުން ވެސް ބައިވެރިވާނެ ކަމަށް ބުންޏެވެ. އެމްއެންޕީ އަށް ނިސްބަތްވާ ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުން ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
"އެމްއެންޕީގެ ކުރިމަގު ބައްޓަންވެގެން ދާނީ މި ގައުމީ ޖަލްސާ ބައިވެރިން ނިންމާ ނިންމުންތަކުގެ މައްޗަށެވެ. އަދި މި ގައުމީ ޖަލްސާ ނިމިގެންދާނީ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ ފަރާތުން ޕާޓީގެ މައި ސިޔާސަތުތަކަށް އެއްބަސްވެގެންނެވެ،" އެ ބަޔާނުގައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 11 އަހަރުގެ ޖަލު ހުކުމަކާ އެކު ސިޔާސީ މަސައްކަތްތަކުން އެއްފަރާތްވެވަޑައިގަންނަވަން ޖެހިވަޑައިގަތް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް އިސްވެ މިދިޔަ އަހަރު އެމްއެންޕީ އުފެއްދީ މަޖިލީހުގެ މެމްބަރުންތަކަކާ އެކުގަ އެވެ.
އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުވެއްޖެ ނަމަ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވެފައިވެ އެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ތާރީހު ކަނޑައަޅަން ވެސް ނިންމާފައި ވަނީ ކޮންގްރެސްގަ އެވެ.
ތިން ޕާޓީއެެެއް 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި
ކެމްޕެއިނަށް ނާޒިމް އައްޑޫ އާއި ފުވައްމުލަކަށް
އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުން މެއި ފަހެއްގައި
އިންތިހާބުގައި އެމްއެންޕީން ކޯލިޝަން ނަހަދާނެ: ނާޒިމް
ހަތް ޕާޓީއެއް ޖޫރިމަނާކޮށްފި
"ސަރުކާރުގެ މިސްރާބު ގޯސް، ޖަވާބުދާރީކުރުވާނަން"
ޗާގޮސް މައްސަލަ: އެމްއެންޕީގެ ހުށަހެޅުމެއް ރައީސަށް
އެމްއެންޕީގެ އާންމު ސިޔާސަތުތައް ފާސްކޮށްފި
ކޮންގްރެސްއާއެކު އިތުރު ދިރުމެއް އަންނާނެ: އެމްއެންޕީ
ޕާޓީތަކަށް ފައިސާދޭން ބުނާ މާއްދާ އުވާލަން ހުށަހަޅައިފި