02 ފެބުރުއަރީ 2023
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީން ކޯލިޝަން ނުހަދާނެ ކަމަށާއި އެ އިންތިހާބު ކާމިޔާބު ކުރާނީ އެ ޕާޓީ އެކަނި ވާދަކޮށްގެން ކަމަށް އެމްއެންޕީގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީން ކޯލިޝަން ނުހަދާނެ ކަމަށާއި އެ އިންތިހާބު ކާމިޔާބު ކުރާނީ އެ ޕާޓީ އެކަނި ވާދަކޮށްގެން ކަމަށް އެމްއެންޕީގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްއެންޕީން ބޭއްވި ޖަލްސާއެއްގައި ނާޒިމް ވިދާޅުވީ، ރައްޔިތުންނަށް އޮތް ހަމައެކަނި ޗޮއިސްއަކީ އޭނާ ކަމަށާއި އެހެންވެ، މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. ސެޕްޓެމްބަރު 9 ގައި ބާއްވާ އެ އިންތިހާބުގައި އެމްއެންޕީން އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހަދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވާދަވެރިންގެ ދަންނަވަން އޮތީ އަޅުގަނޑުމެން މި ތިބީ ކޯލިޝަން ހަދާ ގޮތަކަށް ނޫނޭ. އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަން ބޭނުން އަޅުގަނޑުމެން ނުކުންނާނީ އެކަނި. ނުކުމެ މި އިންތިހާބު އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނަން،" ނާޒިމް ވިދާޅުވި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ، އިންތިހާބަށް އޭނާ ނުކުންނަވަނީ ރައްޔިތުންގެ އިހުސާސްތައް އެނގިވަޑައިގެން ކަމަށާއި އެހެންވެ، ވަގުތީ ފައިދާ އަށް ވުރެ ގައުމު އިސްކޮށްގެން ރައްޔިތުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އިންތިހާބުތަކާ ދިމާކޮށް ސަރުކާރުން ނުފޫޒު ފޯރުވިޔަސް، ރައްޔިތުން އެކަމަށް ހޭލުންތެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެންޕީން މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ނާޒިމާއި ޕާޓީގެ އިސް ބައެއް ބޭފުޅުން.---ފޮޓޯ: އެމްއެންޕީ
"މި ނިކަމެތިކަމުން ސަލާމަތްވާން ބޭނުން ނަމަ ބަދަލަކަށް ވޯޓު ދޭން ޖެހޭނީ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ މިންވަރުން މި އަހަރުގެ ރިޔާސީ އިންތިހާބުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދެ އެވެ. އިންތިހާބުތަކާ ދިމާކޮށް ސަރުކާރުން އެތައް ވައުދެއް ވުމާއި ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ބޭނުންކޮށްގެން އިންތިހާބުތަކަށް ނުފޫޒު ފޯރުވާ ކަމަށާއި އަދި އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް އެ މަންޒަރު ފެނުނު ކަމަށް ނާޒިމް ވިދާޅުވި އެވެ. އެއީ ހުއްޓުވަން ޖެހޭ ކަން ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ ވާދަވެރިންގެ ދަންނަވަން އޮތީ އަޅުގަނޑުމެން މި ތިބީ ކޯލިޝަން ހަދާ ގޮތަކަށް ނޫނޭ. އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަން ބޭނުން އަޅުގަނޑުމެން ނުކުންނާނީ އެކަނި. ނުކުމެ މި އިންތިހާބު އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނަން،"--- ނާޒިމް
"[ސ] ފޭދޫން ގޯތި ދިނުމުގެ ވާހަކައަކީ އަޅުގަނޑުމެންނަށް އިވިގެން ދިޔަ ވާހަކައެއް. ހަވީރު ނިންމާފައި ރޭގަނޑު ދަންވަރު އިއުލާން ކުރީ. އަޅުގަނޑުމެންނަށް އިވިގެން ދިޔައީ ވޯޓު ނިމުމާ އެކީގައި ބާތިލްވެގެން ދިޔަ ތަން،" ނާޒިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ އިންތިހާބުތަކާ ދިމާކޮށް މިގޮތަށް ފޯރުވަމުންދާ ނުފޫޒުތައް ހުއްޓުވަން، ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން މަޖިލީހުގެ މި ފެށޭ ދައުރުގައި އެމްއެންޕީން ހުށަހަޅާނެ ކަމަށެވެ
ކެމްޕެއިނަށް ނާޒިމް އައްޑޫ އާއި ފުވައްމުލަކަށް
އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުން މެއި ފަހެއްގައި
ހީވީ އާއިލާގެ ތެރެއަށް ވަދެވުނުހެން: ނާޒިމް
ފްރޭމްކުރި މައްސަލަ މާޒީކޮށް އިސްކުރީ މުސްތަގުބަލު
ޕީޕީއެމާ އެކު ކުރިއަށް ދާން އެމްއެންޕީން ނިންމައިފި
ގައުމު ކުރިއެރުވުމުގެ މަސައްކަތް ނުހުއްޓޭނެ: ނާޒިމް
ގާސިމާއި ނާޒިމަށް ލަދުވެތި ނަތީޖާއެއް!
ހުރިހާ ކަމެއްގައި ވެސް "މޯލްޑިވްސް ފަސްޓް ޕޮލިސީ"
ނާޒިމްގެ ފަހު މަންޒިލަކަށް ދަނގެތި
އިގްތިސާދީ ކުރިއެރުމާ އެކު، ޒުވާނުންނަށް އުފާވެރިކަން!