ހދ. ނޮޅިވަރަންފަރުގައި އުނދުނަކުން ގޭސް ލީކުވެ، ގެއެއްގެ ބަދިގޭގައި ރޯވެ މިއަދު ހެނދުނު ހިނގި ހާދިސާގައި އަނިޔާވި އަންހެން މީހާ އާއި އޭނާގެ ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މިރޭ ބުނެފި އެވެ.
27 އޯގަސްޓް 2022
ހދ. ނޮޅިވަރަންފަރުގައި އުނދުނަކުން ގޭސް ލީކުވެ، ގެއެއްގެ ބަދިގޭގައި ރޯވެ މިއަދު ހެނދުނު ހިނގި ހާދިސާގައި އަނިޔާވި އަންހެން މީހާ އާއި އޭނާގެ ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މިރޭ ބުނެފި އެވެ.
މިއަދު ހެނދުނު ހަތެއް ޖަހާކަށްހާއިރު އެ ހާދިސާ ހިނގަން މެދުވެރިވީ އުނދުނުން ގޭސް ލީކުވެފައި ހުއްޓައި، އުނދުން ރޯކޮށްލުމުން ކަމަށް ނޮޅިވަރަންފަރުގެ ކައުންސިލުން ބުންޏެވެ. އެ ހާދިސާގައި އަނިޔާވީ 32 އަހަރުގެ އަންހެނަކަށާއި އޭނާ ދެ އަހަރުގެ ދަރިފުޅަށެވެ.
ކުޅުދުއްފުށި ހޮސްޕިޓަލްގެ މީޑިއާ އޮފިސަރު މުހައްމަދު މޫސާ "މިހާރު" އަށް ވިދާޅުވީ މިހާރު އެ ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އެ މީހުންނަށް މިހާރު ފަރުވާދެމުން އަންނަނީ ވޯޑަށް ނެރެގެން ކަމަށެވެ.
"ދެމައިންގެ ވެސް ބޮޑަށް ފިހިފައި ހުރީ ދެ އަތާއި ފައިތިލަ. މޫނު ކުޑަކޮށް، އެއް ޑިގްރީއަށް ފިހިފައި ހުރި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންހެން މީހާގެ ހަށިގަނޑުގެ 15 ޕަސެންޓް ފިހިފައިވާއިރު، ކުޑަކުއްޖާގެ ހަށިގަނޑުގެ ނުވަ ޕަސެންޓް ވަނީ ފިހިފަ އެވެ. ބޮޑަށް ފިހިފައިވަނީ ދެ އަތާއި ފައި ތިލަ އެވެ. ފަރުވާދިނުމަށް ފަހު ދެތިން ދުވަސްތެރޭގައި އެމީހުން ދޫކޮށްލާނެ ކަމަށް ވިދާޅުވި އެވެ.
ގޭސް ލީކުވެގެން ނޮޅިވަރަންފަރުގައި ނުރައްކާތެރި ހާދިސާއެއް ހިނގިއިރު، ގދ. ރަތަފަންދޫގައި ގޭސް ފުޅިއެއް ގޮވައި ފިހުނު އަންހެނަކަށް މާލެ ގެނެސް ފަރުވާދެނިކޮށް މިދިޔަ އާދިއްތަ ދުވަހު ވަނީ ނިޔާވެފަ އެވެ.
އޭގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ވެސް ހުޅުމާލޭގެ ފޭސް 2 ގައި ސްޓެލްކޯ އިން އިމާރާތްކޮށްފައިވާ ފްލެޓެއްގައި ގޭސްފުޅިއެއް ލީކުވެ، އަންހެނަކު ވަނީ ފިހިފަ އެވެ.
މަސްތުވާތަކެއްޗާ އެކު ނޮޅިވަރަމް ޓީޗަރަކު ހައްޔަރުކޮށްފި
ނިޝާމާގެ މަރު: ދަންޖެހުނު ފިރިމީހާ ފައިސަލް މަރުވެއްޖެ
ފައިސަލްގެ ހާލު ކްރިޓިކަލް، އޮތީ ވެންޓިލޭޓަރުގައި
ނޮޅިވަރަމަށް 1.2 ޓަނުގެ ރޯމަސް ހަދިޔާކޮށްފި
ނޮޅިވަރަމުން ގޯތި ދޭން އަލުން ގުރުއަތުލާން އަމުރުކޮށްފި
މިޔަރެއްގެ ހަމަލާގައި ކޮނޑުހުޅު ނެއްޓި ބޮޑު ޒަހަމެއް
ކުޅުދުއްފުށީ ޕޮލިސް ބަންދުގައި ދަންޖެހުމުގެ 3 މައްސަލަ
ފުލުހުންގެ ބަންދުގައި ހުއްޓާ ދަންޖެހުނު މީހާ މަރުވެއްޖެ
ސައިކަލާއެކު މޫދަށް ވެއްޓުނު މީހަކު މަރުވެއްޖެ
8 މަހުގެ ކުއްޖެއްގެ ހާލު ގޯސްވި މައްސަލަ ބަލަނީ