ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ބަންދުކޮށްފައި އޮތް ހދ. ނޮޅިވަރަމުގެ ރައްޔިތުންނަށް އަމިއްލަ ފަރާތަކުން 1.2 ޓަނުގެ ރޯމަސް އިއްޔެ ހަދިޔާކޮށްފި އެވެ.
05 ސެޕްޓެމްބަރ 2021
ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ބަންދުކޮށްފައި އޮތް ހދ. ނޮޅިވަރަމުގެ ރައްޔިތުންނަށް އަމިއްލަ ފަރާތަކުން 1.2 ޓަނުގެ ރޯމަސް އިއްޔެ ހަދިޔާކޮށްފި އެވެ.
އެ ރަށު ރައްޔިތުންނަށް މި މަސްތައް ހަދިޔާކޮށްފައި ވަނީ ހދ. ކުޅުދުއްފުށީގައި ހިންގާ ދެ ފިހަރާއެއް ކަމަށްވާ އެޑްމޭން އާއި ފަރިރީތި ފިހާރައިންނެވެ. ނޮޅިވަރަމު ކައުންސިލުން އިއްޔެ ވަނީ މި ހުރިހާ މަހެއް ރައްޔިތުންނަށް ބަހައި ނިންމައިފަ އެވެ.
ނޮޅިވަރަމު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހުސެއިން "މިހާރު" އަށް ވިދާޅުވީ، ބަލި ޖެހޭ މީހުން އިތުރުވެ އެ ރަށުގެ ރައްޔިތުން މި ވަގުތު ދިރިއުޅެމުން އަންނަނީ ވަރަށް ދަތި ހާލުގައި ކަމަށާއި މިފަދަ ވަގުތެއްގައި އަމިއްލަ ފަރާތަކުން މިވަރުގެ ބޮޑު އެހީއެއްވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
އަމިއްލަ ފަރާތަކުން ހދ. ނޮޅިވަރަމަށް ހަދިޔާކުރި ރޯ މަސްތައް ރައްޔިތުންނަށް ބަހަނީ.-- ފޮޓޯ: ނޮޅިވަރަމް ކައުންސިލް
"ކުޅުދުއްފުއްޓަކީ އަބަދުވެސް މިފަދަ އެންމެ ދަތި ދަނޑިވަޅުތަކުގައި ނޮޅިވަރަމަށް އެހީތެރިކަން ފޯރުކޮށްދޭ ރަށެއް،" އޭނާ ވިދާޅުވި އެވެ.
ކޮންމެ ގެއަކަށް ތިން ކިލޯގެ ރޭޓުން މި މަސްތައް ގޭގެއަށް ބަހަފައި ވަނީ ނޮޅިވަރަމު ކައުންސިލާއި އެ ރަށު ޕޮލިސް ސްޓޭޝަންގެ އިތުރުން އާންމުންގެ ތެރެއިން ނުކުތް ވޮލަންޓިއަރުންގެ އެހީތެރިކަމާ އެކު އެވެ.
އަމިއްލަ ފަރާތަކުން ހދ. ނޮޅިވަރަމަށް ހަދިޔާކުރި ރޯ މަސްތައް ރައްޔިތުންނަށް ބަހަނީ.-- ފޮޓޯ: ނޮޅިވަރަމް ކައުންސިލް
ނޮޅިވަރަމު ބަންދުކޮށްފައި އޮންނަތާ ހަފުތާއެއްވީއިރު، އެ ރަށުން 147 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނެވެ. އުމުރުން 10 އަހަރުން ދަށުގެ 51 ކުއްޖަކަށް ވަނީ ބަލި ޖެހިފަ އެވެ. އަދި އެ ރަށުގެ 107 ގެއެއް ވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ.
ހާލަތު މިހާ ބޮޑަށް ގޯސްވެފައިވާއިރު، އެ ރަށުގެ ސިއްހީ މަރުކަޒުގެ އެމްބިއުލެންސް ހަލާކުވެ، ހިދުމަތް ނުދެވޭތާ އެތަކެއް ދުވަހެއް ވެއްޖެ އެވެ. މިކަމުގެ ސަބަބުން ބަލި މީހުން ސިއްހީ މަރުކަޒަށް ގެންދަން ޖެހެނީ ރައްޔިތުން އަމިއްލަ އަށް ޕިކަޕުގައި ނުވަތަ ސައިކަލުގަ އެވެ. އަދި ސިއްހީ މަރުކަޒުގެ ބައެއް މުވައްޒަފުން ވެސް ޕޮޒިޓީވްވެ އިތުރު ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ.
މަސްތުވާތަކެއްޗާ އެކު ނޮޅިވަރަމް ޓީޗަރަކު ހައްޔަރުކޮށްފި
ނިޝާމާގެ މަރު: ފިރިމީހާ ހައްޔަރުކޮށްފި
ނޮޅިވަރަމުން މަރުވި އަންހެން މީހާގެ ހަށިގަނޑު މާލެއަށް
އަންހެން މީހާގެ މަރު: ފިރިމީހާ ކުޅުދުއްފުށީ ޕޮލިހުގައި
ނޮޅިވަރަންފަރުގައި ފިހުނު ދެމައިންގެ ހާލު ރަނގަޅު
ދޮޅުމަސް ތެރޭ ބުރުންޏަށް 65،000 ރާގޮނޑި!
ބުރުންޏަށް އަނެއްކާވެސް ރާގޮނޑީގެ އީދެއް!
ކުޅުދުއްފުއްޓާއި ނޮޅިވަރަމްގެ މޮނިޓަރިން އުވާލައިފި
ކުޅުދުއްފުށިން އިތުރު ދެ މީހަކު ޕޮޒިޓިވް ވެއްޖެ
ކަނޑުތަކުގެ އޮކްސިޖަން ލެވެލް ދަށްވެ، ނުރައްކަލަށް