ކ. ގުރައިދޫގައި ހުންނަ، ދައުލަތުގެ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތް ކުރާ ފަސް މުވައްޒަފެއްގެ އެއް އަހަރު ދުވަހުގެ މުސާރަ، ހަތަރު ކުންފުންޏަކުން މިއަދު ސްޕޮންސާ ކޮށްފި އެވެ.
04 ޖެނުއަރީ 2017
ކ. ގުރައިދޫގައި ހުންނަ، ދައުލަތުގެ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތް ކުރާ ފަސް މުވައްޒަފެއްގެ އެއް އަހަރު ދުވަހުގެ މުސާރަ، ހަތަރު ކުންފުންޏަކުން މިއަދު ސްޕޮންސާ ކޮށްފި އެވެ.
ސްޕޮންސާ ކުރުމުގެ އެއްބަސްވުމުގައި މި ހަތަރު ކުންފުންޏާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒު ބަލަހައްޓަމުން އަންނަ ހެލްތް މިނިސްޓްރީން ވަނީ ސޮއިި ކޮށްފަ އެވެ. އެ ހަތަރު ކުންފުންޏަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއޭލް)، ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީސް، މޫކައި ހޮޓެލް އަދި އެސްޓީއޯ އެވެ.
ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކެއާ ވޯކާއެއް ސްޕޮންސާ ކޮށްދިނުމުގެ އެއްބަސްވުމުގައި މޫކައި ހޮޓެލް އާ އެކު ސޮއި ކުރެއްވުމަށް ފަހު ހެލްތު މިނިސްޓަރު ނާޒިމް (ވ) އާއި މޫކައި ހޮޓެލްގެ އެސިސްޓެންޓް މެނޭޖަރު މުހައްމަދު ފަހީމް ލިޔުން ބަދަލު ކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އެމްއޭސީއެލް އިން ވަނީ ސައިކޭސްޓްރިކް ނަރުހެއް ސްޕޮންސާކޮށްފަ އެވެ. އޮކިއުޕޭޝަނަލް ތެރަޕިސްޓެއް ޕެންޝަން އޮފީހުން އަދި ކެއާ ދެ ވޯކާ އެސްޓީއޯއިން ވަނީ އެއް އަހަރު ދުވަހަށް ސްޕޮންސާ ކޮށްފަ އެވެ. ކައިމޫ ހޮޓެލްސް އިން ވެސް ސްޕޮންސާކުރީ ކެއާ ވޯކާ އެކެވެ.
އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ އެ ސެންޓަރުގައި ބަލަހައްޓަމުން އަންނަ މީހުންނަކީ ހަމައެކަނި ފަރުވާ ދީގެން ރަނގަޅު ވާނެ ބައެއް ނޫން ކަމަށާއި އެމީހުންނަށް ސައިކޮލޮޖިސްޓް އަދި ސޯޝަލް ސަޕޯޓު ވެސް ބޭނުންވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސެންޓަރު ތަރައްގީކުރަން މިހާރު ވެސް 12 މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށާފައިވާ ކަމަށާއި އެ މަޝްރޫއުގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށެވެ.
ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތް ކުރާ ފަސް މުވައްޒަފެއްގެ މުސާރަ ސްޕޮންސާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ފަސޭހަ އިން ހިނގޭނެ ގޮތާއި ރައްކާތެރި ބޯފެނުގެ ނިޒާމާއި އެމީހުން ތިބޭނެ ވޯޑުތައް މަރާމާތުކުރުން ފަދަ ކަންތައްތައް އަންނަނީ ކުރަމުން. އަޅުަގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެ މީހުންނަކީ ހަމައެކަނި ބޭސްފަރުވާ ކޮށްދީގެން ރަނގަޅުވާނެ ބައެއް ނޫންކަން. އެހެންވެ މިސްރާބު ހިފާފައި މިހުރީ ބަޔޯ ސައިކޯ ސޯޝަލް ނުވަތަ އެ މީހުންނަށް ބޭނުންވާ ސައިކޮލޮޖިކަލް އަދި ސޯޝަލް ސަޕޯޓު ވެސް ބޭސްފަރުވާއާ އެކު ލިބޭނެ ގޮތަށް ހެދުން،" ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވިި އެވެ.
މި މުވައްޒަފުން ސްޕޮންސަ ކޮށްދިން ކުންފުނިތަކުން ވެސް ބުނީ، މިއީ އިޖުތިމާއީ ޒިންމާގެ ދަށުން ދިން އެހީތެރިކަމެއް ކަމަށާއި މިފަދަ މަސައްކަތްތަކުގައި އެ ކުންފުނިތަކުން އަބަދު ވެސް އެހީތެރި ވެދޭނެ ކަމަށެވެ.
ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުން މިހާރު ވެސް 175 މީހުން އަންނަނީ ބަލަމުންނެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ސިކުނޑީގެ މައްސަލަތައް ހުންނަ މީހުން ހިމެނެ އެވެ. އަދި އެ ތަނުގައި 143 މުވައްޒަފުން މަސައްކަތްކުރެ އެވެ.
ބޭސް އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފައްދަނީ
އެސްޓީއޯއިން ގެންނަ ބޭސް 1،000 އަށް އިތުރުވެއްޖެ
ރަށްރަށަށް ބޭނުންވާ 96 އެމްބިއުލާންސް ރާއްޖެ ގެނެސްފި
ވަޒީފާގައި ތިބެގެން ނަރުހުންނަށް ކިޔެވޭނެމަގު ހޯދައިދެނީ
އުރީދޫން ރާއްޖެއަށް ތިން ސީ އެމްބިއުލާންސް ހަދިޔާކޮށްފި
ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުން ފަސްކޮށްފި
ކުޅުދުއްފުށީ ހޮސްޕިޓަލަށް 50މިލިއަން ރުފިޔާ ހޭދަކުރަނީ
އައިބުތަކާ އެކު އުފަންވާ ކުދިންގެ އަދަދު އިތުރުވަނީ
ޓީބީ ނައްތާލުމުގެ ގައުމީ ކެމްޕެއިނެއް ފަށައިފި
ނަރުހުންގެ 50 ޕަސެންޓަކީ ބިދޭސީން، ދިވެހިން ބޭނުންވޭ