22 އޯގަސްޓް 2022
ހޯމް އެފެއާޒް މިނިސްޓްރީން ކަނޑައެޅި މަގުސަދާ ތައާރަޒުވާ ގޮތަށް 91 މިލިއަން ރުފިޔާގެ މަޝްރޫއެއް ބީލަމަށް ނުލައި ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން (ޕޮލްވެކް) އާ ހަވާލުކޮށްފި އެވެ.
ހޯމް އެފެއާޒް މިނިސްޓްރީން ކަނޑައެޅި މަގުސަދާ ތައާރަޒުވާ ގޮތަށް 91 މިލިއަން ރުފިޔާގެ މަޝްރޫއެއް ބީލަމަށް ނުލައި ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން (ޕޮލްވެކް) އާ ހަވާލުކޮށްފި އެވެ.
އޮޑިޓް އޮފީހުން އިއްޔެ އާންމުކުރި ހޯމް އެފެއާޒުގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ކ. ހިންމަފުށީގައި ވަގުތީ ޑީ-ރެޑިކަލައިޒޭޝަން ސެންޓަރެއް އިމާރާތް ކުރުމުގެ މަސައްކަތާއި ކ. މާފުށީ ޖަލުގައި 50 ގޮޅި އިމާރާތް ކުރަން ޕޮލްވެކާ ހަވާލުކޮށްފައި ވަނީ ބިޑު ކުރުމަކާ ނުލަ އެވެ.
އާންމު އިއުލާނެއް ނުކޮށް، އެ މަސައްކަތްތައް ޕޮލްވެކާ ހަވާލުކުރީ އަވަހަށް ނިންމަންޖެހޭ ކަމަކަށް ވާތީ އާއި މަސައްކަތް ކުރަން ޖެހެނީ އާންމު އުސޫލުން ބީލަމަށް ލައިގެން ހިންގުން ރައްކާތެރި ތަންތަނަށް ނުވާނެ ކަމަށް ހޯމް މިނިސްޓްރީން ނިންމައި އެކަމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ހޯދައިގެންނެވެ.
އެ ސަބަބުތަކަށްޓަކައި ފިނޭންސް މިނިސްޓްރީން ވަނީ އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ހުއްދަ ހޯމް މިނިސްޓްރީ އަށް ދީފަ އެވެ. ނަމަވެސް ޕޮލްވެކުން އެ ދެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ ސަބްކޮންޓްރެކްޓް ކޮންގެން އަމިއްލަ ފަރާތަކާ ހަވާލުކޮށްގެންނެވެ.
އޮޑިޓް އޮފީހުން ބުނީ، ޕޮލްވެކުން ސަބްކޮންޓްރެކްޓަކާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ސަލާމަތީ ސަބަބުތަކަށްޓަކައި ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ލާޒިމު ކޮށްފައި ވެސް ނުވާ ކަމަށެވެ.
- ހޯމް މިނިސްޓްރީން ކަނޑައެޅި އަގު:
* މާފުށީ ޖަލުގައި 50 ގޮޅި ޢިމާރާތްކުރުން: 33.9 މިލިއަން ރުފިޔާ
* ހިންމަފުށީގައި ވަގުތީ ޑީ-ރެޑިކަލައިޒޭ ޝަން ސެންޓަރު: 57.6 މިލިއަން ރުފިޔާ
- ޕޮލްވެކުން އމިއްލަ ފަރާތަށް ޕްރޮޖެކްޓް ދިން އަގު:
* މާފުށީ ޖަލުގައި 50 ގޮޅި ޢިމާރާތްކުރުން: 33.2 މިލިއަން ރުފިޔާ
* ހިންމަފުށީގައި ވަގުތީ ޑީ-ރެޑިކަލައިޒޭ ޝަން ސެންޓަރު: 56.1 މިލިއަން ރުފިޔާ
އެހެންވެ، ނެޝަނަލް ޓެންޑާ ބޯޑަށް ހުށަނާޅައި ޕޮލްވެކާ ހަވާލުކޮށްގެން އެ ދެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ނިންމި ސަބަބާ ތައާރަޒުވާ ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ. އަދި އެ ޕްރޮޖެކްޓް ހިންގުމަށް ޕޮލްވެކުން ސަބްކޮންޓްރެކްޓަރާ ހަވާލުކުރީ ހޯމް މިނިސްޓްރީ އާއި ޕޮލްވެކާ ދެމެދު އެއްބަސްވި އަގަށް ވުރެ 2.2 މިލިއަން ރުފިޔާ ކުޑަ އަގެއްގަ އެވެ. އޭގެ ނަތީޖާއަކީ، ޕޮލްވެކާ މަޝްރޫއު ހިންގަން ހަވާލު ކުރުމުން ދައުލަތަށް ދެ މިލިއަން ރުފިޔާގެ ގެއްލުމެވެ.
އޮޑިޓް އޮފީހުން ބުނީ ޕޮލްވެކާ، މަސައްކަތް ކުރި ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ވާ ގޮތުން، އެ ދެ ޕްރޮޖެކްޓް ތާވަލާ އެއްގޮތަށް ކުރިއަށް ދޭތޯ ބަލައި މޮނިޓަ ކުރަން ޖެހެނީ ހޯމްއެފެއާޒުން ކަނޑައަޅާ ފަރާތެކެވެ. ޕޮލްވެކަށް ބޮޑު ފައިދާއެއް ލިބުނު އެ ޕްރޮޖެކްޓްގެ މުޅި މަސައްކަތް ކުރިއަށް ގެންދިއުމުގައި ޕޮލްވެކްގެ އެއްވެސް މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް ނެތް ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.
އެ އޮފީހުން ވަނީ ދައުލަތަށް ގެއްލުން ކުޑަވާނެ ގޮތަށް ޕްރޮޖެކްޓްތައް ހިންގުމަށް ފަސް މިލިއަން ރުފިޔާ އަށް ވުރެ ގިނަ ޕްރޮޖެކްޓްތައް ނެޝަނަލް ޓެންޑާ ބޯޑަށް ހުށަހަޅައިގެން ކުރިއަށް ގެންދަން އެދިފަ އެވެ.
ކަޅުއޮއްފުންމިއާ އެކު ގަވާއިދާ ޚިލާފަށް ހަ މިލިއަން!
ދަރުބާރުގޭ މަރާމާތަށް ސިވެކަށް އިތުރު ތިން މިލިއަން!
މިނިވަން 50 ކޮމެޓީގައި ނުތިބެން: އޭސީސީ، އޮޑިޓް
އެއީ އަޅުގަނޑަށް އަމާޒުވާ ތުހުމަތެއް ނޫން: އުމަރު
ޔޫކޭ ކުންފުންޏަކަށް މަސައްކަތް ދިނުމުގައި ކޮރަޕްޝަން!
ގަވައިދާ ޚިލާފަށް ފުލުހުން 3 މިލިއަން ޚަރަދުކުރި
މިނިވަން 50ގެ ގިނަ ހަރަދުތައް ކުރީ ގަވައިދާ ހިލާފަށް
"ބެންކޮކް ދަތުރާ ގުޅޭ އޮޑިޓް ރިޕޯޓް ހަގީގަތާ ޚިލާފު"
ހދ. އަތޮޅު ކައުންސިލުން ބެންކޮކަށް ދިޔަ މައްސަލައެއް
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީ އަށް