22 އޯގަސްޓް 2022
ގްރޭޑް 7 ގެ ސޯޝަލް ސްޓަޑީޒް ފޮތުގައި ކީރިތި ރަސޫލާއާ ގުޅޭ ގޮތުން ލިޔެފައިވާ ގަނޑެއްގައި "ގޯސް ވާހަކަތަކެއް ހުރެގެން" ކަމަށް ބުނެ އެ ގަނޑު ވީދާލައި ޑަސްބިނަށް އެއްލައިލި ކަމަށް ދެއްކެވޭ ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.
ގްރޭޑް 7 ގެ ސޯޝަލް ސްޓަޑީޒް ފޮތުގައި ކީރިތި ރަސޫލާއާ ގުޅޭ ގޮތުން ލިޔެފައިވާ ގަނޑެއްގައި "ގޯސް ވާހަކަތަކެއް ހުރެގެން" ކަމަށް ބުނެ އެ ގަނޑު ވީދާލައި ޑަސްބިނަށް އެއްލައިލި ކަމަށް ދެއްކެވޭ ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ރޭ މީހަކު އާންމުކުރި ޕޯސްޓެއްގައި ބުނީ، ރަސޫލާއާ ގުޅޭ ގޮތުން ލިިޔެފައިވާ ގަނޑެއް ވީދާލައި ޑަސްބިނަށް ލުމަށް ގްރޭޑް 7 ގެ ސޯޝަލް ސްޓަޑީޒް ޓީޗަރު ކުދިން ގާތުގައި އެދުނު ކަމަށެވެ.
"... އެ ފިލާވަޅުގެ ތިން ވަނަ ޕޭޖުގައި ޕްލޭން ޕޭޕަރެއް ޕޭސްޓް ކުރުވީ އެ ގަނޑުގެ އަނެއް ފުށުގައި ފިލާވަޅެއް އިނީމާ،" ސޯޝަލް މީޑިއާގައި އެވާހަކަ ހިއްސާކުރި މީހާ ބުންޏެެވެ.
އެ މައްސަލަ ފެންމަތިވެ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ހިރިޔާ ސްކޫލު ޓެގްކޮށް، ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
Social Teacher of Grade 7 of @hiriyamv asked the students to remove these pages about Prophet Mohamed, and put into the dustbin saying "goas vaahaka thakeh hureema". Mi filaavalhuge 3 vana page ga plain paper eh paste kuruvee eganduge aneh fushuga ehen filaavalheh ineema.a pic.twitter.com/HobLUPsxLN
— ?. (@_zahu_a_r_) August 21, 2022
އެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު، "މިިހާރު" އަށް ވިދާޅުވީ ރަސޫލާއާ ގުޅިގެން ލިޔުމެއް ލިޔެފައިވާތީ ގަނޑު ވީދާލައި އުކާލާފައި ނުވާ ކަމަށެވެ.
އެ ލިޔުމުގައި ތާރީހެއްގެ މައްސަލަ ހުރުމާ އެކު އެ ފޮތުގެ ފަހުގެ އެޑިޝަންގައި ހިމެނޭ ގަނޑު ޕްރިންޓްކޮށް، ހިއްޕުމަށް ސްކޫލުތަކަށް މިނިސްޓްރީން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑޭޓެއްގެ މައްސަލަ ހުރީމާ ސްކޫލުތަކަށް އަންގާފައި ހުންނާނީ އެ ފޮތުގެ 28 އާއި 29 އަދި 30 ގައި ވެސް ފަހުގެ އެޑިޝަނާ އެއްގޮތަށް ގަނޑު ހިއްޕަން. ބައެއް ސްކޫލުތަކުގެ ދަރިވަރުންނަށް ވާނީ އެ ފޮތުގެ ކުރީގެ ފޮތްތައް ލިބިފައި،" ޑރ. އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.
"އެހެންވެ އެ އެންގުމާ އެއްގޮތަށް ހިރިޔާ ސްކޫލުން މި ގަނޑު ހިއްޕީ. ގަނޑު މާ ބޯވާތީ އެއްބައި ކަނޑާލައިފައި އޭގެ ތިރީގަ އިންނަ ބަޔާ ގުޅުވާ ގޮތަށް ކަނޑު ހިއްޕީ."
މީގެ ކުރިން ވެސް އެކި ގްރޭޑްތަކުގެ ފޮތްތަކުގައި އެކި ދީންތަކުގެ ވާހަކަ ހިމެނޭ މައްސަލަ ބޮޑުވެ، އެކަން މިނިސްޓްރީން ހައްލުކޮށްފައިވެ އެވެ.
އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ނާދިރާ
ޕްރިންސިޕަލުން ވިދާޅުވަނީ މިއީ އާ ދިރުމެއް ކަމަށް!
ހިރިޔާ ސްކޫލުގެ އެންމެ މޮޅު ދަރިިވަރަކަށް ރަންދާ
އަންހެން ޕްރިންސިޕަލުންގެ ގްރޫޕް: އުފާވެރި މޫނުތަކެއް
ތިނަދު އާއި ރަކީދޫ ސެޓެލައިޓް ސްކޫލު ހުހަށް!
ގްރޭޑް އެކަަކަށް ވައްދަން 2،135 ޖާގައަށް އެދިއްޖެ
ކިޔެވުމަށްޓަކައި މާލެއަަށް، ހައްލެއް ފެންނާކަށް ނެތް؟!
ދަރަނީގައި ތާށިވި ތައުލީމީ ދާއިރާގެ ނަތީޖާ ކިހިނެއް؟
އެޑިއުކޭޝަންގެ ދަރަނިން 250 މިލިއަން ދައްކައިފި
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ