Roadha Mihaaru
ހިރިޔާ ސްކޫލުގެ އެންމެ މޮޅު ދަރިިވަރަކަށް ރަންދާ

ހިރިޔާ ސްކޫލުގެ އެންމެ މޮޅު ދަރިިވަރަކަށް ރަންދާ

16 އޯގަސްޓް 2018

ހިރިޔާ ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އެ ސްކޫލްގެ ރަންދާ އާދަމް ހޮވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހިރިޔާ ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އެ ސްކޫލްގެ ރަންދާ އާދަމް ހޮވައިފި އެވެ.

އެ ސްކޫލުގައި ރޭ ބޭއްވި މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފުލާގައި، އޯ ލެވެލް އިން ރާއްޖޭގެ ގަދަ ހަތް ވަނައިގައި ވެސް ހިމެނުނު ރަންދާ އަށް އިނާމު ހަވާލު ކޮށްދެއްވީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރެވެ.

"މިހާރު" އާ ވާހަކަދައްކަމުން ރަނދާ ބުނީ ގްރޭޑް 10ގެ މޮކް އިމްތިހާނުގައި އުއްމީދު ކުރި ވަރަށް ވުރެ ނަތީޖާ ދަށްވުމުން އޯ ލެވެލް އިމްތިހާނަށް އިތުރަށް މަސައްކަތް ކުރި ކަމަށެވެ. އެހެންވެ މޮކް އިމްތިހާނުގެ ނަތީޖާ އަށް ފަހު ހިތްވަރާ އެކު މަސައްކަތް ކޮށްގެން ރަނގަޅު ނަތީޖާއެއް ލިބުމުން އުފާވާ ކަމަށް ހދ. ނައިވާދޫ އަށް އުފަން ދަރިވަރު ބުންޏެވެ.

އުފަން ރަށުން ގްރޭޑް ހަޔަކާ ހަމައަށް ކިޔެވުމަށް ފަހު އޭނާ ބަދަލުވީ ހުޅުމާލެއަށެވެ. މާލެ އަށް ބަދަލުވެ ހިރިޔާ ސްކޫލަށް ވަނީ ގްރޭޑް ނުވަޔަކަށެވެ.

ހިރިޔާ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި އެ ސްކޫލުން އެއް ވަނަ ހޯދި ދަރިވަރަށް، ޖަލްސާގެ ޝަރަފުވެރި މެހެމާނު އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު، ހަނދާނީ ފިލާ ހަވާލުކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"މޮކް އިމްތިހާނުގައި، އުއްމީދު ކުރި ވަރަށް ވުރެ ދަށްކޮށް ލިބުނީ. އެހެންވެ ހިތްވަރު ދެރަނުކޮށް އެއީ ދަސްވި ކަމެއްގެ ގޮތުގައި ބަލައި އިތުރަށް މަސައްކަތް ކުރީ،" ހިރިޔާ ސްކޫލުގެ މިދިޔަ އަހަރުގެ ގޭމްސް ކެޕްޓަންކަން ވެސް ކުރި ރަންދާ ބުންޏެވެ.

އޭ ލެވެލް އަށް ސީއެޗްއެސްއީގައި މިހާރު ކިޔަވަމުން އަންނަ ރަނދާގެ އަމާޒު ހުރީ އިންޖީނިއަރިންގެ ދާއިރާ އިން ކުރިއަށް ދިއުމަށެވެ. ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އޭ ލެވެލް އަށް އިތުރަށް މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރި އެވެ.

ހަފުލާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ނަޒީރު ވިދާޅުވީ ތައުލީމީ ދާއިރާ އަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ އިރު އެ ކަން ދަރިވަރުންގެ ނަތީޖާތަކުން ފެންނަ ކަމަށެވެ. އެ ގޮތުން ދިވެހި ޓީޗަރުން އިތުރަށް ތަމްރީނުކޮށް، ބޭރުން ގެންނަ ޓީޗަރުންގެ އަދަދު 33 ޕަސެންޓަށް މަދުކުރެވިފައިވާ ކަން ފާހަގަ ކުރެއްވި އެވެ.

ހިރިޔާ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި، އިނާމު ލިބުނު ބައެއް ދަރިވަރުންނާއިއެކު، އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާ ވިދާޅުވީ ތައުލީމީ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރެވުނު އެންމެ މުހިއްމު މަސައްކަތަކީ، ދާއިމީ ޓީޗަރުން މަސައްކަތް ކުރަން ވަކި ހާއްސަ ކޮލިފިކޭޝަނެއް ކަނޑައެޅުމެވެ. އެގޮތަށް ނިންމުމުން ގިނަ އަދަދެއްގެ ޓީޗަރުންތަކެއް ޑިގްރީ ހާސިލްކުރަމުން އަންނަކަން ވެސް ނަޒީރު ވިދާޅުވި އެވެ.

އޯ ލެވެލް ނިންމާ ދަރިވަރުންނަކީ ފަސް މާއްދާ އިން ފާސްވާ ދަރިވަރުންނަށް ހެދުމަށް ވެސް މުހިއްމު މަސައްކަތްތަކެއް ކުރެވުނު ކަމަށް ނަޒީރު ވިދާޅުވި އެވެ. މީގެ 10 ވަރަކަށް އަހަރު ކުރިން ފަސް މާއްދާ އިން ފާސްވި ދަރިވަރުންގެ އަދަދު 21 ޕަސެންޓުގައި އުޅުނަސް މިހާރު އެ އަދަދު 77 ޕަސެންޓަށް އަރާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ހަފުލާގައި ވާހަކަދައްކަވަމުން ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ ވަހީދު ވިދާޅުވީ އެ ސްކޫލުން މަސައްކަތް ކުރަމުން އަންނަނީ އަހުލާގު ރަނގަޅު މޮޅު ކުދިންތަކެއް މުޖުތަމައުގެ ތެރެއަށް ނެރުމަށް ކަމަށެވެ.

ހިރިޔާ ސްކޫލުގެ މިދިޔަ އަހަރު އިނާމު ދިނުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ހިރިޔާ ސްކޫލުގެ މިދިޔަ އަހަރު އިނާމު ދިނުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާ ވިދާޅުވީ ތަފާތު އެކި ދާއިރާތަކުން މިހާރު ކާމިޔާބު ހޯދާފައިވާ ގިނަ ބޭފުޅުންނަށް އެ އަމާޒަށް ވާސިލްވެފައިވަނީ އުއްމީދުކަނޑާނުލައި ކުރި ބުރަ މަސައްކަތުން ކަމަށެވެ. އެހެންވެ ތައުލީމީ ހަޔާތުގައި ވެސް، ރަނގަޅު ނަތީޖާއާ ހަމައަށް ވާސިލްވުމަށް ގޮންޖެހުންތަކާ ދިމާވި ކަމުގައި ވިއަސް އުއްމީދު ކަނޑާނުލުމަށް ރިންޒީ ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި ގްރޭޑް 8-10 އާ ހަމައަށް ރަނގަޅު ނަތީޖާ ހޯދި 47 ދަރިވަރަކަށް އިނާމު ދީފައި ވެ އެވެ.

،