15 އޯގަސްޓް 2022
އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަވައިގެން ކްލަބް އީގަލްސްގެ މައްޗަށް 7-6 ކާމިޔާބު ހޯދައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަވައިގެން ކްލަބް އީގަލްސްގެ މައްޗަށް 7-6 ކާމިޔާބު ހޯދައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-2 ންއެއްވަރު ވެގެންނެވެ. އިތުރު ވަޓުތުގެ ދެހާފު ކުޅެގެން ވެސް އިތުރު ލަނޑެއް ނުޖެހުނެވެ.
ފުރަތަމަ ލީޑް ނެގީ ސަސް އިންނެވެ. މެޗުގެ 18 ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ޖެހީ އިބްރާހިމް އަތީގް ހަސަން އެވެ. ލީޑް ގައި ސަސް އަށް އޮވެވުނީ ގާތްގަނޑަކަށް 12 މިނެޓްގައެވެ
ސީގަލްސްގެ ބްރެޒިލްގެ ފޯވާޑް ބުރުނޯ ވިނީޝިއުސް ވަނީ މެޗުގެ 31 ވަނަ މިނެޓްގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށް ދީފަ އެވެ.
ދެވަނަ ހާފުގައި ސަސް އިން އަނެއްކާ ވެސް ލީޑް ނެގި އެވެ. މެޗުގެ 69 ވަނަ މިނެޓްގައި އެ ލަނޑު ޖެހީ މުހައްމަދު ސާމިރެވެ. އީގަލްސް އަށް މިފަހަރު ނަތީޖާ ހަމަހަމަކޮށް ދިނީ އަބްދުﷲ ޒިޔާން އެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި އީގަލްސްގެ ހަތަޜު ޕެނަލްޓީ ނާކާމިޔާބު ވި އެވެ. އެ ޓީމުގެ ހަސަން ރާއިފް އަހުމަދު (ހަންނަ: މުހައްމަދު ނާއިމް، ހިޝަމް ސަލީމް އަދި ސޮލާހް އަލީ އަށް ޕެނަލްޓީގައި ކުރިމަތިވީ ނާކާމިޔާބެވެ.
ސަސްގެ ތިން ޕެނަލްޓީ ނާކާމިޔާބުވި އެވެ. އެ ޓީމުގެ އައިހަމް އަހުމަދު، މުހައްމަދު ޝަހާއު، ސާމިރު އަށް ޕެނަލްޓީ ވައްދައެއް ނުލެވުނެވެ.
ސެމީގައި ސަސް އާ ދެކޮޅަށް ނުކުންނާނީ ކްލަބް ވެލެންސިއާ އެވެ. އެ މެޗު އޮންނާނީ ބުރާސްފަތި ދުވހުގެ ރޭގަ އެވެ. އެ ދުވަހު ހަވީރު މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސް ސެމީގެ ފުރަތަމަ މެޗުގައި ނުކުންނާނެ އެވެ.
ކްލަބުން ބޭނުންނުވާނަމަ އެހެން ޓީމެއްގައި ތަށިނަގާނަން
އިނގިރޭސި އެފްއޭ ކަޕުގައި ނޫ ކާޑް ދައްކަން ފަށަނީ
ނިއުއާ ރަށްޓެހި އެފްއޭ ކަޕުން އެ ޓީމު ފެންނާނެ
އެފްއޭ ކަޕުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދައިފި
ޕެނަލްޓީގައި ސަސް ބަލިކޮށް ވެލެންސިއާ ފައިނަލަށް
އިތުރު ވަގުތުގައި ގްރީން ބަލިކޮށް މާޒިޔާ ފައިނަލަށް
ގްރާންޑޭ ބަލިކޮށް ވެލެންސިއާ ސެމީ ފައިނަލަށް
ޕެނަލްޓީގައި ޓީސީ ބަލިކޮށް ގްރީން ސެމީ އަށް
10 ލަނޑުން ބިސްބުރު ބަލިކޮށް ސަސް ކުއާޓާ އަށް
ފުޓްބޯޅަ އާއި ވޮލީގެ ޝެޑިއުލް: ކުޅުންތެރިންނަށް ވޭނެއް