14 އޯގަސްޓް 2022
މާލެ އާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅިން ދަތުރުކުރުން، މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅައިލާ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން ދާތީ މަނާކޮށްފި އެވެ.
މާލެ އާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅިން ދަތުރުކުރުން، މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅައިލާ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން ދާތީ މަނާކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މާލެ އާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅީގައި ބްރިޖު އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވާތީ، އެ ސަރަހައްދުން ދަތުރުފަތުރު ކުރުމަކީ މިހާރު ރައްކާތެރިކަމެއް ނޫން ކަމަށެވެ.
އެހެންވެ، މާދަމާ އިން ފެށިގެން އެ ކަނޑުއޮޅިން ދަތުރުނުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް، މާލެ އާއި ހުޅުމާލެއާ ދެމެދު ގާއިމުކޮށްފައިވާ ބްރިޖުގެ ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ވާހަކަ ވެސް އަންގާ އިއުލާންކުރީމެވެ،" މިނިސްޓްރީން ބުންޏެވެ.
މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ވެސް ކަމަށްވާ ތިލަމާލެ ބްރިޖުގެ ފުރަތަމަ ތަނބުގެ ބިންގާ މި މަހު ވަނީ އަޅައިފަ އެވެ. އެ ބްރިޖުގެ މަސައްކަތަށް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބޮޑު ސަރަހައްދެއް ވެސް ވަނީ ބަންދުކޮށްފަ އެވެ.
އިންޑިއާގެ އެފްކޮންސް ކުންފުނިން ރާއްޖޭގައި މަސައްކަތް ފަށާފައިވާ ތިލަމާލެ ބްރިޖުގެ ފުރަތަމަ ފިޔަވަހި ކަމަށްވާ، މާލެ އާއި ވިލިމާލެ ގުޅާލުން އަންނަ އަހަރު މެދުތެރެ އަށް ނިމޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. ގުޅިފަޅާއި ތިލަފުށި އަންނަ އަހަރު ޑިސެމްބަރުގައި ގުޅާލަން ނިންމާފައިވާއިރު، އެ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް ހަދާނެ އެވެ.
މާލެ ސަރަހައްދު ގުޅާލާ އެ ބްރިޖުގެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޭދަކުރަން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. އަދި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދީފައި ވެ އެވެ.
އުމުރު ހަމަވި އުޅަނދުތައް ރަޖިސްޓްރީކުރަން މުއްދަތެއް
އަހަރީ ފީ އާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭގޮތް ހަދަނީ
ޓެކްސީ ޑްރައިވަރުން އަނެއްކާވެސް އިހުތިޖާޖަށް ނުކުންނަނީ
ގުޅިފަޅު-ތިލަފުށި ދެމެދު ތަނބުޖަހާތީ ދަތުރުކުރުން މަނާ
ހެލިކޮޕްޓަރުގެ ހިދުމަތް މާޗް މަހު ފަށާނެ: އަމީން
މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރި ވެހިކަލް މަދުވެއްޖެ
ސައިކަލުގެ ހުންގާނު ކުއްޖެއްއަތަށްދިން މީހާއަށް ފިޔަވަޅު
ޖެޓްތަކުގެ މަންފާ ދިވެހިންނަށް ލިބޭ ގޮތަށް ހަދަނީ
"ޓެކްސީ ޑްރައިވަރުންނަށް ގެއްލުންވާނެ ގޮތެއް ނުހަދާނެ"
އިތުރު 10 ރަށަކުން ލައިސަންސް ނެގޭނެ ގޮތް ހަދައިފި