13 އޯގަސްޓް 2022
އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 3-1 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 3-1 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ސެމީ ފައިނަލުގައި މާޒިޔާ ކުޅެން ޖެހޭނީ ކުއާޓާ ފައިނަލުގައި ޓީސީ ސްޕޯޓްސް ކުލަބާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.
މާޒިޔާ އަށް މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދައިދިނުމަށް ފަހު އެޓީމުގެ ސާބިއާ ކޯޗު މިއޮޑްރަގް ޖެސިޗް ވަނީ ޓީމު ދޫކޮށްލައިފަ އެވެ. ލީގު ފަހު ދެ މެޗެކޭ އެއްގޮތަށް ރޭގެ މެޗުގައި ވެސް އެޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ) އެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑު ވެސް ނެގީ މީގެ ކުރިން 2012 އަދި 2014 ގައި އެފްއޭ ކަޕް ކާމިޔާބު ކުރި މާޒިޔާ އެވެ. މެޗުގެ 16 ވަނަ މިނިޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ގެ އެހީތެރިކަމާ އެކު މި ލަނޑު ޖަހައިދިނީ އެޓީމަށް ކުޅޭ ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އެވެ.
މާޒިޔާ އިން ލީޑު ނެގިތާ މާ ގިނައިރެއް ނުވެ، ޔޫވީ އިން ވަނީ ނަތީޖާ އެއްވަރު ވެސް ކޮށްފަ އެވެ. ޔޫވީ އިން އެއްވަރުކުރީ މެޗުގެ 19 ވަނަ މިނިޓުގައި ޒުވާން ފޯވާޑް އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ.
މާޒިޔާ އިން ނަތީޖާ ނެރުނީ ފަހު ހާފުގައި ނާއިޒް ހަސަން (ދާދު) އާއި ހަމްޕު ޖެހި ލަނޑުތަކުންނެވެ. އެޓީމުން ދެވަނަ ފަހަރަށް ލީޑު ނެގި ލަނޑު ދާދު ޖަހައިދިނީ މެޗުގެ 66 ވަނަ މިނިޓުގައި ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) ދިން ބޯޅައަކުންނެވެ. އެޓީމުން މި މެޗުގައި ދެ ފަހަރު ލީޑު ނެގީ ވެސް ކޯނަރަކުން ލިބުނު ފުރުސަތުގައި ޔޫވީގެ ކުޅުންތެރިންނަށް ބޯޅަ ކްލިއާ ކޮށް ނުލެވުމުންނެވެ.
މެޗުގައި މާޒިޔާ އިން ޖެހި ތިންވަނަ ލަނޑު ހަމްޕު ޖެހީ 82 ވަނަ މިނިޓުގަ އެވެ. އޭނާ މި ލަނޑު ޖެހީ ހަސަން ޝިފާޒް (ޑުންގާ) ދިން ބޯޅައެއް ހިފައި އޭރިއާ ތެރެއަށް ވަދެ، ތިރިތިރިން ފޮނުވާލި ހަމަލާ ގޯލަށް ފޮނުވާލައިގެންނެވެ.
މިއީ މާޒިޔާ އިން މި ސީޒަނުގައި ޔޫވީއާ ދެކޮޅަށް ކުޅުނު ފަސްވަނަ މެޗެވެ. އެންމެ ފުރަތަމަ ޕްރެޒިޑެންޓްސް ކަޕުގައި އެއް ފަހަރު ވާދަކުރަން ޖެހުނު އިރު، ލީގުގައި ވަނީ ތިން ފަހަރު ބައްދަލު ކޮށްފަ އެވެ. މާޒިޔާ ވަނީ މި ހުރިހާ މެޗެއްގައި ވެސް ޔޫވީ ބަލި ކޮށްފަ އެވެ. ލީގުގައި އެންމެ ފަހުން މާޒިޔާ އިން ޔޫވީ ބަލިކުރި މެޗުގައި ވެސް މާޒިޔާ އަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު ސުޒެއިރެވެ.
ޔޫވީ އެންމެ ފަހުން އެފްއޭ ކަޕުގައި ވާދަ ކޮށްފައި ވަނީ 2016 ވަނަ އަހަރެވެ. އެ އަހަރުގެ ކުއާޓާ ފައިނަލުގައި ވެސް ޔޫވީ ނުކުންނަން ޖެހުނީ މާޒިޔާއާ ދެކޮޅަށެވެ. ނަމަވެސް އެ އަހަރު ޔޫވީ ވަނީ ޕެނަލްޓީ ޖަހައިގެން މާޒިޔާ ބަލިކޮށް، ސެމީ ފައިނަލުގައި ކުޅެފަ އެވެ.
ޓީސީ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާ ކުއާޓާ ފައިނަލުގެ ދެވަނަ މެޗު މިއަދު ހަވީރު ކުޅެން ހަމަޖެހިފައި ވާއިރު، މިރޭގެ ކުއާޓާ ފައިނަލް މެޗުގައި ބައްދަލުކުރާނީ ކްލަބް ވެލެންސިއާ އާއި ދަ ގްރާންޑޭ ސްޕޯޓްސް އެވެ.
މާޒިޔާ ކަޓުވާލައި ޔުނައިޓެޑް ވިކްޓަރީ ސެމީ އަށް
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބަދަލު ކީޕަރެއް ނެތުމުން ޔޫވީގެ ގޯލަށް އެރީ ޑިފެންޑަރު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ލޯނު އެއްބަސްވުމެއްގެ ދަށުން ކީޕަރު ނާޖީ މާޒިޔާއަށް
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
ހަމްޕުގެ ހެޓްރިކަކާ އެކު މާޒިޔާއިން ޔޫވީ ބަލިކޮށްފި
ޕްރެޒިޑެންޓްސް ކަޕުގެ ފެށުން މާދަމާރޭ