Roadha Mihaaru

އިންޓައިން ސަންޗޭޒްގެ ކޮންޓްރެކްޓް އުވާލައިފި

މިލާން (އޯގަސްޓް 8) - އިންޓަ މިލާންގެ ފޯވާޑް އެލެކްސިސް ސަންޗޭޒްގެ ކޮންޓްރެކްޓް އެ ކްލަބުން އުވާލައިފި އެވެ.

އިންޓައިން ސަންޗޭޒްގެ ކޮންޓްރެކްޓް އުވާލައިފި

މިލާން (އޯގަސްޓް 8) - އިންޓަ މިލާންގެ ފޯވާޑް އެލެކްސިސް ސަންޗޭޒްގެ ކޮންޓްރެކްޓް އެ ކްލަބުން އުވާލައިފި އެވެ.

ސަންޗޭޒްގެ ކޮންޓްރެކްޓް އިންޓައިން އުވާލީ ދެފަރާތް އެއްބަސްވެގެންނެވެ. އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފްރާންސްގެ މާސޭ އަށް ބަދަލުވާން ޗިލީގެ ފޯވާޑް ދަނީ އެ ކްލަބާއެކު ވާހަކަ ދައްކަމުންނެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް 2019 ގައި އިންޓަ އަށް ބަދަލުވި ސަންޗޭޒް ވަނީ އިންޓަ އަށް ކުޅުނު 109 މެޗުގައި 20 ލަނޑު ޖަހައިފަ އެވެ. އިންޓައިން ބުނީ ސަންޗޭޒް، އެ ޓީމަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާ ކުރާކަމަށެވެ. އިންޓައިން 2021 ގެ ސެރީއޭގެ ޗެމްޕިއަންކަން ހޯދިއިރު އެ ކާމިޔާބުގައި ސަންޗޭޒް ވަނީ ހިއްސާ ވެފަ އެވެ.

ބާސެލޯނާ އަދި އާސެނަލް އަށް ވެސް ކުޅުނު ސަންޗޭޒް، 33، ވަނީ ޗިލީގެ ގައުމީ ޓީމަށް 146 މެޗު ކުޅެދީ 48 ގޯލް ޖަހައިފަ އެވެ. ސަންޗޭޒްގެ ކްލަބް ކެރިއަރުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ އާސެނަލްގައި އެ ޓީމުގެ ކުރީގެ ކޯޗު އާސެން ވެންގާގެ ކޯޗު ކަމުގެ ދަށުންނެވެ.