ގުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ރާފިއު ކަމަށް ތުހުމަތު ކުރެވޭ މީހަކު ވެސް ބަންގްލަދޭޝްގެ އަލަމްގީރާއެކު، ކޮޓަރީގައި އުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ލީކުކޮށްލައިފި އެވެ.
08 އޯގަސްޓް 2022
ގުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ރާފިއު ކަމަށް ތުހުމަތު ކުރެވޭ މީހަކު ވެސް ބަންގްލަދޭޝްގެ އަލަމްގީރާއެކު، ކޮޓަރީގައި އުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ލީކުކޮށްލައިފި އެވެ.
ގުރުއާން މުދައްރިސެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ ރާފިއު އަކީ އެމްޑީޕީގެ ޖަލްސާތައް ފެށުމަށް އާންމު ގޮތެއްގައި ގުރުއާން ކިޔަވާ މީހާ އެވެ. ރާފިއުއަކީ ވަރަށް ކުރިއްސުރެ ކުދިންނަށް ގުރުއާން ކިޔަވައިދޭ މުދައްރިސެއްގެ އިތުރުން ކުރިން ރ. މީދޫގެ ކަތީބުގެ މަގާމު ވެސް ފުރާފައިވާ މީހެކެވެ.
ގުރުއާނާ ބެހޭ މަރުކަޒުގައި ރާފިއު ހުންނެވީ ރައީސް އައްޔަން ކުރައްވާފައިވާ މަގާމެއްގަ އެވެ. އެނގިފައިވާ ގޮތުގައި، އަލަމްގީރާއެކު ކޮޓަރިން ފެންނަ އެކަކީ ރާފިއު ކަން ފުލުހުންގެ ފޮރެންސިކަށް ކަށަވަރުވެ، އެ މައްސަލަ ބަލާކަން ފުލުހުން އިސްލާމިކް މިނިސްޓްރީ އަށް އެންގުމާ ގުޅިގެން އޭނާ ވަނީ ފަހުން މަގާމުން ވަކިކޮށްފަ އެވެ.
ރާފިއުގެ އިތުރުން މިސްކިތެއްގެ އިމާމަކު ވެސް އެ މައްސަލައިގައި ހިމެނޭތީ، ފިޔަވަޅު އަޅައި ދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ. އެކަމަކު، އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
އެއްޖިންސުން ގުޅުން ހިންގަން އަލަމްގީރު ބޭނުންކުރި ކޮޓަރީގައި އޭނާއާއެކު ރާފިއު ހުންނަ ވީޑިއޯ އާންމުވި ނަމަވެސް އެ ދެ މީހުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރެއް ނުފެނެ އެވެ. ބެލެވޭ ގޮތުގައި އެ ވީޑިއޯގެ ވަކި ބައެއް ވަނީ ކަނޑާލައިފަ އެވެ. ވީޑިއޯ އިން ފެންނަނީ ރާފިއު ކަމަށް ބެލެވޭ މީހާ އާއި އަލަމްގީރު ބައްދާލާ މަންޒަރެވެ.
އަލަމްގީރުގެ މައްސަލާގައި މިހާތަނަށް ކަސްޓަމްސްގެ ބައެއް މުވައްޒަފުންނާއި ޓީޗަރުންތަކަކާއި ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކާއި ހޯމް މިނިސްޓްރީގެ ޖުވަނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
މިދިޔަ މަހު 12 ގައި އަލަމްގީރު ހައްޔަރު ކުރުމަށް ފަހު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ވަޒީފާ އަދާކުރާ މީހެކެވެ.
އެއްޖިންސުން "ގުޅުން ހިންގި" މުދިމަކު ސަސްޕެންޑުކޮށްފި
ހާފިޒުން އެންމެ ގިނައީ އައްޑޫގައި
މޮރޮކޯގެ ގުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު
މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރަން ފޮނުވައިފި
ޑެޕިއުޓީ މިނިސްޓަރު ޖަލީލަށް ފޯޖަރީގެ ތުހުމަތު
ގުރުއާން ހިތުދަސްކުރަން ބާރުއަޅަން އެލަވަންސެއް ދެނީ
މަޝްއަރު ޓުއާސްގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފި
ގައުމީ ގުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
ޝަފީއުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި
ހިންދޫ ދީން ފަތުރަން އައި މީހެއްގެ މައްސަލަ ބަލަނީ