ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިމާމަކު ވެސް ސަސްޕެންޑް ކޮށްފި އެވެ.
08 އޯގަސްޓް 2022
ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިމާމަކު ވެސް ސަސްޕެންޑް ކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ބަންގްލަދޭޝްގެ އާލަމްގީރާއެކު، އިމާމެއް ކަމަށްވާ އަހުމަދު ރަޝީދު ވެސް ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގި ކަން ފުލުހުންގެ ފޮރެންސިކަށް ކަށަވަރު ކުރެވޭތީ، އޭނާ އަށް ފިޔަވަޅު އެޅުމަށް ވަނީ އިސްލާމިކް މިނިސްޓްރީގައި އެދިފަ އެވެ. އެހެންވެ، އެ މިނިސްޓްރީން ވަނީ އޭނާ ސަސްޕެންޑް ކޮށްފަ އެވެ.
"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި އަހުމަދު ރަޝީދު ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެންމެ ފުރަތަމަ ހުޅުވި މިސްކިތުގެ އިމާމުކަން ކޮށްފަ އެވެ. އެކަމަކު، ފަހުން އޭނާ އިމާމުކަން ކުރި މިސްކިތެއް ނޭނގެ އެވެ.
އާލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ކުރިން އާންމުވެފައިވާއިރު، އެ ވީޑިއޯ އިން ފެންނަ އެކަކީ އިމާދުއްދީން ސްކޫލުގައި ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން އުޅުނު ސެން ޓީޗަރެކެވެ. ދެން އެ ވީޑިއޯ އިން ފެންނަނީ ހޯމް މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ މުވައްޒަފެކެވެ. ހޯމް މިނިސްޓްރީގެ މުވައްޒަފު ސަސްޕެންޑް ކޮށްފައިވާއިރު، ވީޑިއޯ އިން ދެން ފެންނަ ސެން ޓީޗަރު އެންމެ ފަހުން މަސައްކަތްކުރި ސްކޫލެއް ސާފެއް ނުވެ އެވެ.
ޓީޗަރުންތަކެއް ވެސް އެއްޖިންސުން ގުޅުން ހިންގާފައިވާކަން ފުލުހުންނަށް ކަށަވަރުވެފައިވާތީ، އެ މީހުންގެ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީ އަށް ދިނުމުން އެ އެންމެން ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އއެވެ.
މިދިޔަ މާޗު މަހުން ފެށިގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހިމެނޭ މީހުންނަށް ފިޔަވަޅު އަޅަން ފަށާފައި ވަނީ މިދިޔަ މަހު ފަހުކޮޅުން ފެށިގެނެވެ.
އެ މައްސަލާގައި ގުރުއާނާ ބެހޭ މަރުކަޒުގެ ވެރިއަކާއި ކަސްޓަމްސް، ހޯމް މިނިސްޓްރީ، އެމްއެންޑީއެފް އަދި ފުލުހުންގެ ބައެއް އޮފިސަރުން ވެސް ހިމެނޭތީ ވަނީ ފިޔަވަޅު އަޅައިފަ އެވެ. އަދި އާލަމްގީރާއެކު އުޅެނިކޮށް ވީޑިއޯ އިން ފެންނަ، ގުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހިމް ރާފިއު ވަނީ އެ މައްސަލައިގައި މަގާމުން ވަކިކޮށްފަ އެވެ. އެއީ ގުރުއާން މުދައްރިސެއް ވެސް މެ އެވެ.
ނަމަވެސް މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދު އަދި ފުލުހުންގެ ވަޒީފާގައި އުޅޭ މީހެކެވެ.
އެ އެންމެނާއެކު އެއްޖިންސުން ގުޅުން ހިންގި އާލަމްގީރު ހައްޔަރު ކުރީ މިދިޔަ މަހު 12 ގަ އެވެ. ފުލުހުން އަންނަނީ އެ ވީޑިއޯތައް ހަދައި ބްލެކްމެއިލް ކޮށްގެން ފައިސާ ހޯދަން އުޅުނު މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.
ގުރުއާން މުދައްރިސަކު ވެސް އަލަމްގީރާއެކު!
މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރަން ފޮނުވައިފި
ޑެޕިއުޓީ މިނިސްޓަރު ޖަލީލަށް ފޯޖަރީގެ ތުހުމަތު
މަޝްއަރު ޓުއާސްގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފި
ޝަފީއުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި
ހިންދޫ ދީން ފަތުރަން އައި މީހެއްގެ މައްސަލަ ބަލަނީ
ފޭރުނީ "ދައުވަތަކަށް" ގެސްޓް ހައުސްއަކަށް ގެންގޮސް
އެއްޖިންސުން ގުޅުން ހިންގި އެކެއްގެ އަދަބު ކުޑަކޮށްފި
އަލަމްގީރަށް އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް
އަލަމްގީރް ކޭސް: ބްލެކްމެއިލްކުރި 3 މީހަކު ހައްޔަރު