މިދިޔަ ހަފްތާގައި ފިރިހެނެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތީ އެހެން ފިރިހެނަކާ އޮންލައިންކޮށް ޗެޓުކުރުމުގެ ތެރޭގައި ދިން "ދައުވަތަކަށް" ގެސްޓް ހައުސްއަކަށް ދިއުމުން އެތަނުގެ ތެރޭގައި ހިފަހައްޓައި ބިރު ދެއްކުމަށް ފަހުގައިކަން އެނގިއްޖެ އެވެ.
08 އޯގަސްޓް 2023
މިދިޔަ ހަފްތާގައި ފިރިހެނެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތީ އެހެން ފިރިހެނަކާ އޮންލައިންކޮށް ޗެޓުކުރުމުގެ ތެރޭގައި ދިން "ދައުވަތަކަށް" ގެސްޓް ހައުސްއަކަށް ދިއުމުން އެތަނުގެ ތެރޭގައި ހިފަހައްޓައި ބިރު ދެއްކުމަށް ފަހުގައިކަން އެނގިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ފުލުހުން ބުނެފައި ވަނީ އެ ދުވަހު މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އަނިޔާކުރުމަށް ފަހު އެ މީހާގެ ބޭންކް އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާ ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ދެބައި އުމުރުގެ އެ މީހާ ގެސްޓް ހައުސްތެރޭ ހިފަހައްޓައި އަނިޔާކޮށް ބިރު ދެއްކުމަށް ފަހު ދޮޅު ލައްކައެއްހާ ރުފިޔާ ފޭރުނެވެ. މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު އަދި މި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރެ އެވެ.
ޖިންސީ ކަންކަމަށް ދައުވަތު ދީގެން ގެސްޓް ހައުސްތަކަށް ގެންގޮސް މީހުން ބަރަހަނާކޮށް ފޮޓޯ އާއި ވީޑިއޯ ނަގައި މީހުން ބްލެކްމެއިލްކޮށްގެން ފައިސާ ހޯދުމުގެ އެކި ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވެ އެވެ.
ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި
އޮފިސަރަކަށް ހެދިގެން ފޭރުނު މީހާ އަނެއްކާވެސް ހައްޔަރު
މުސާރަ ނުދޭކަމަށް ބުނެ ވައްކަން ކުރުމުން ހައްޔަރުކޮށްފި
ކަރަންޓު ކޭބަލެއް ބުރިކޮށްލި މައްސަލައެއް ބަލަނީ
އެއް މަހުން 3.4 މިލިއަން ރުފިޔާގެ ސައިކަލު ހޯދައިފި
52 ފަހަރު ހައްޔަރުކުރި މީހަކު ހަތް މަހަށް ޖަލަށް
ޗޮކްލެޓެއް ވަގަށްނެގި މީހަކު 15 ދުވަހަށް ބަންދުކޮށްފި
ޕޮލިހަށް ދައުވާކުރާ މީހަކު ލޯނަރުތަކެއް ހޯދަން ކޯޓަށް
ތަކެތި ފެނިއްޖެ، "ސަޓަޑޭ"ގެ ޚަބަރެއް ނެތް!
އަލީ ޚާލިދުގެ ގެއަށް ވަގުން ވަދެ ބޮޑު ވައްކަމެއް