04 އޯގަސްޓް 2022
ސްރީ ލަންކާ އަށް މިވަގުތު ކުރިމަތިވެފައިވާ އިގްތިސާދީ އަދި ސިޔާސީ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން، އެ ގައުމުގެ ހުރިހާ ސިޔާސީ ޕާޓީތައް ބައިވެރިވާ ސަރުކާރެއް ގާއިމުކުރުމަށް، ރައީސް ރަނިލް ވިކްރަމްސިންހަ ދެއްވި ދައުވަތާ މެދު، ސިޔާސީ ޕާޓީތަކުގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދިއްޖެ އެވެ.
ސްރީ ލަންކާ އަށް މިވަގުތު ކުރިމަތިވެފައިވާ އިގްތިސާދީ އަދި ސިޔާސީ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން، އެ ގައުމުގެ ހުރިހާ ސިޔާސީ ޕާޓީތައް ބައިވެރިވާ ސަރުކާރެއް ގާއިމުކުރުމަށް، ރައީސް ރަނިލް ވިކްރަމްސިންހަ ދެއްވި ދައުވަތާ މެދު، ސިޔާސީ ޕާޓީތަކުގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދިއްޖެ އެވެ.
ހުރިހާ ޕާޓީތަކުގެ ސަރުކާރުގައި ބައިވެރިނުވާނެ ކަމަށް އެއްވެސް ޕާޓީއަކުން މިހާތަނަށް ނުބުނެ އެވެ. ބައެއް ޕާޓީތަކުން އެފަދަ ސަރުކާރެއްގައި ބައިވެރިވާނެ ކަމަށް ބުނެފައި ވާއިރު، އެހެން ބައެއް ޕާޓީތަކުން ބުނަނީ، ރައީސް ރަނިލް އުފައްދަވަން އުޅުއްވާ ސަރުކާރުގެ ފުރިހަމަ ތަފްސީލެއް ނުލިބޭ ކަމަށެވެ.
ކުދި 28 ސިޔާސީ ޕާޓީއަކާއި އަމިއްލަ ބައެއް ޖަމިއްޔާތައް އެކުލެވޭ، ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ)ގެ ލީޑަރު އަނޫރާ ކުމާރަ ޑިސެނަޔަކަ ވިދާޅުވި ގޮތުގައި ހުރިހާ ޕާޓީތަކުގެ ސަރުކާރެއް ގާއިމުކުރައްވަނީ ކިހާ މުއްދަތަކަށް ކަން ނޭނގޭ ނަމަ، އެ ފަދަ ސަރުކާރެއްގައި ބައިވެރިއެއް ނުވެވޭނެ އެވެ. އޭނާ ވިދާޅުވީ ހުރިހާ ޕާޓީތަކުގެ ސަރުކާރެއްގެ ނަމުގައި، ރަނިލް އާއި ރާޖަޕަކްސަގެ ގުޅިފައިވާ ސަރުކާރެއް އުފެއްދުމަކީ ބޭނުމެއް ނެތް ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ބުދު ދީނުގެ އެންމެ އިސް ފާދިރީންނާއި ލަންކާގެ ބާ އެސޯސިއޭޝަނުން ގޮވާލާފައިވަނީ ކުރު މުއްދަތުގެ ވަގުތީ ސަރުކާރެއް އުފެއްދުމަށެވެ. ނަމަވެސް ރައީސް ރަނިލް އުފައްދަވަން އުޅުއްވާ ސަރުކާރުގެ މުއްދަތަކީ ކޮބައިކަމެއް ވެސް، އެ ސަރުކާރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަކީ ވެސް ކޮބައިކަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަނެއްކޮޅުން ސްރީ ލަންކަން ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ގެ ޖެނެރަލް ސެކްރެޓަރީ ދަޔަސިރީ ޖަޔަސޭކަރަ ވިދާޅުވީ، ރައީސް ރަނިލް އިއްޔެ ގާނޫނު ހަދާ މަޖިލީހުގައި ދެއްކެވީ އުންމީދީ ވާހަކަތަކެއް ކަމަށެވެ. އަދި ގައުމަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެވޭ ފަދަ ސިޔާސަތުތަކެއް ރަނިލް ގެންގުޅުއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުރިހާ ޕާޓީތަކުގެ ގުޅިފައިވާ ސަރުކާރެއް ވަރަށް އަވަހަށް ގާއިމުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެ ފަދަ ސަރުކާރެއްގައި އެސްއެލްއެފްޕީ ބައިވެރިވުމާ މެދު ޕާޓީގެ ލީޑަރު، މައިތިރިޕާލަ ސިރިސޭނާ އާއި ޕާޓީގެ އެހެން ވެރިންނާ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓެމިލް ޕްރޮގްރެސިވް އެލަޔަންސްގެ ލީޑަރު މާނޯ ގަނެސަން ވިދާޅުވީ ވެއްޓިފައިވާ ވަޅުގަނޑުން ގައުމު ނެގުމަށްޓަކައި، ގައުމީ މައްސަލަތަކަށް އަވަސް ހައްލެއް ހޯދަންޖެހޭ ކަމަށެވެ. އަދި އިއްޔެ ރައީސް ރަނިލް ދެއްވި ތަގުރީރުގައި ވެސް ގައުމީ އެއްބައިވަންތަކަށް ގޮވާލައްވާފައިވުމަކީ ހެޔޮ ފާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހުރިހާ ޕާޓީތައް ބައިވެރިވާ ސަރުކާރެއް ސްރީ ލަންކާގައި އުފެއްދުމަށް އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ ދެއްވާފައިވާ ދައުވަތު ގަބޫލުކުރާނެ ކަމަށް، ލަންކާގެ ތަމަޅަ ޕާޓީއެއް ކަމަށްވާ ޓެމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ) އިން އިއްޔެ ވަނީ ބުނެފަ އެވެ. އަދި ޓެމިލް ނޭޝަނަލް އެލަޔަންސްގައި ބައިވެރިނުވާ ހުރިހާ ތަމަޅަ ޕާޓީތައް ވެސް، ރައީސް ރަނިލް ގާއިމުކުރައްވާ، ހުރިހާ ޕާޓީތަކުގެ ސަރުކާރުގައި ބައިވެރިވުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލައިފަ އެވެ.
ގޯޓާބޭ އަށް ހިމާޔަތް ދިނުމަށް ގޮވާލައިފި
އެކަކަށް ވެސް ހިލޭ ކާން ނުދެވޭނެ: ރަނިލް
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ
ގޯޓާބޭ އެނބުރި ލަންކާ އަށް ވަޑައިގަންނަވާނެ
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް
ލަންކާގެ ރައީސްކަމަށް ތިން ބޭފުޅެއްގެ ނަން
ބޭނުމީ އަބަދު ބަދަލުނުވާނެ ގައުމީ ސިޔާސަތެއް: ރަނިލް
ލޯނުގެ އެހީ އަށް ބަރޯސާވެގެން ތިބެވޭކަށް ނެތް: ރަނިލް
ހުރިހާ ޕާޓީތަކުގެ ސަރުކާރާ ބެހޭ ތަފްސީލު ހިއްސާކުރަނީ