Roadha Mihaaru
ހުޅުމާލެއިން ގޯތިދޭތީ "ރާއްޖެތެރޭ" މީހުންގެ ޕެޓިޝަނެއް

ހުޅުމާލެއިން ގޯތި ދޭތީ "ރާއްޖެ ތެރޭ" މީހުންގެ ޕެޓިޝަނެއް

01 އޯގަސްޓް 2022

މާލޭ ސަރަހައްދުން ދޫކުރާ ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ އުސޫލާ މެދު ހިތްހަމަނުޖެހި، މާލޭގައި އުޅޭ އެކި ރަށްރަށުގެ މީހުން، "ރާއްޖެ ތެރޭ" މީހުންގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭ ސަރަހައްދުން ދޫކުރާ ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ އުސޫލާ މެދު ހިތްހަމަނުޖެހި، މާލޭގައި އުޅޭ އެކި ރަށްރަށުގެ މީހުން، "ރާއްޖެ ތެރޭ" މީހުންގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

ޖޫން މަހުގެ ފަހުކޮޅު ސަރުކާރުން ހުޅުވާލި ބޯހިޔާވަހި ކަމުގެ އެ މަޝްރޫއުގެ ދަށުން ހުޅުމާލެއިން 1000 ގޯތި ދޫކުރަނީ އެއްވެސް އިރެއްގައި މާލެ ނޫން ތަނެއްގައި ރަޖިސްޓްރީވެފައި ނުވާ މާލޭ މީހުންނަށެވެ.

އެކަމަކު އެތައް އަހަރެއް ކުރިން މާލޭގައި ރަށްރަށުގެ މީހުން އުޅެމުން އަންނައިރު އެ މީހުންނަށް ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ނެތުމަކީ "ރާއްޖެ ތެރޭ" މީހުންނާ މެދު ސަރުކާރުން ގެންގުޅޭ ތަފާތުކުރުމެއްގެ ގޮތުގައި ޕެޓިޝަންގައި ފާހަގަކޮށްފައި ވެ އެވެ.

މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ އެ ޕެޓިޝަންގައި ވަނީ ސަރުކާރުން ހަމައެކަނި މާލޭ މީހުންނަށް ގޯތި ދޭން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ބޭއިންސާފުން ނިންމުމެއް ކަމަށެވެ.

ރަށްރަށުގައި ތައުލީމާއި ސިއްހީ ހިދުމަތާއި އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމަށް އެތައް ބަޔަކު މީގެ 50 އަހަރުކުރިން ވެސް މާލެއަށް ހިޖުރަކުރި ކަމަށާއި އަދި މިއަދާ ހަމައަށް ވެސް އެތައް ބަޔަކަށް މާލެއަށް ހިޖުރަކުރަން މަޖުބޫރުވެފައިވާ ކަމަށް ޕެޓިޝަންގައިވެ އެވެ.

މާލޭ މީހުންނަށް ހުޅުމާލެއިން 1000 ގޯތި ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގަތް ވައުދުފުޅަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއްގެ ގޮތުގައި ފާހަގަކުރަނީ ގާނޫނުއަސާސީގައިވާ ގޮތުން އެ ރަށެއްގައި ދިރިއުޅޭ އެންމެނަށް ވެސް އެ ތަނެއްގައި އޮންނަ ފުރުސަތުތައް ލިބެންޖެހޭނެ ކަމަށާއި އެއްވެސް ހައްގަކުން މަހްރޫމްކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި ވާތީ އެވެ.

އެ އުސޫލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ރަށްރަށުގެ މީހުން އަންނަނީ ޓްވީޓާގައި "ރައިޒްއާރްޓީ" ހޭޝްޓެގް ބޭނުންކޮށް ނުރުހުން ފާޅުކުރަމުންނެވެ.

މާލޭ މީހުންނަށް 40 އަހަރު ފަހުން ގޯތި ދޫކުރަން ނިންމާފައިވާއިރު އެ މައްސަލައިގެ ތެރެއަށް ރަށްރަށުގެ މީހުން ވަންނަ މައްސަލަ ވެސް ހޫނެވެ. މާލޭ މީހުން ބުނަނީ ރަށްރަށުން މާލެ މީހުންނަށް ގޯތި ނުދޭއިރު ވަކި މާލެއިން ރަށްރަށުގެ މީހުންނަށް ގޯތި ދޫކުރެވިގެން ނުވާނެ ކަމަށެވެ.