18 ޖުލައި 2022
ސަރުކާރުން މިހާރު އިމާރާތްކުރާ ފްލެޓްތައް ކަސްޓަމްސްގެ ބައެއް މުުވައްޒަފުންނަށް ހާއްސަ ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރުން މިހާރު އިމާރާތްކުރާ ފްލެޓްތައް ކަސްޓަމްސްގެ ބައެއް މުުވައްޒަފުންނަށް ހާއްސަ ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ކަސްޓަމްސްގެ 132 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ކަސްޓަމްސްގެ މުވައްޒަފުންނަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަން ކަމަށް ވާއިރު، އެ ކަމަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވިގޮތުގައި، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން ހުޅުމާލޭގައި މިހާރު އިމާރާތްކުރާ ފްލެޓްތަކުގެ ތެރެއިން ބައެއް ތަންތަން ކަސްޓަމްސްގެ ބައެއް މުވައްޒަފުންނަށް ހާއްސަ ކުރާނެ އެވެ.
"ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން. އެގޮތުން ސަަރުކާރުން މިހާރު އިމާރާތް ކުރާ ފްލެޓްތަކުން ބައެއް ކަސްޓަމްސްގެ މުވައްޒަފުންނަށް ދޭނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ
ސަރުކާރުން އަންނަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 4،000 ފްލެޓް އިމާރާތް ކުރަމުންނެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން އެ ފްލެޓްތައް އިމާރާތް ކުރަނީ 18 ފްލޯ ހިމެނޭ 32 ޓަވަރުގަ އެވެ. އެ ފްލެޓްތަކަށް ކުރިމަތިލާން މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ކަސްޓަމްސްގެ އަހަރީ ދުވަހުގެ ޖަލްސާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވަޑައިގަތުމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ، ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަ ހެލްތު އިންޝުއަރެންސް ސްކީމެއް ތައާރަފު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެކަން ހަމަޖެއްސޭނެ ގޮތްތައް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ކަސްޓަމްސްގެ މުވައްޒަފުންނަކީ، ބޮޑެތި ރިސްކުތަކެއް ނަގާ، މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ބަޔަކަށް ވާއިރު، އެ މީހުންނަށް ބޭނުންވާ ކަންކަން ރަނގަޅު ކޮށްދޭން ޖެހޭ ކަމަށެވެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިގޮތުގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ، ކަސްޓަމްސްގެ ހިދުމަތްތައް ހަރުދަނާކޮށް، މަސްތުވާތަކެއްޗާއި މަނީ ލޯންޑަރިން ފަދަ ކުށްތައް މަދުކުރުމަށެވެ. އަދި ވިދާޅުވީ، މިދިޔަ ހަތަރު އަހަރު ކަސްޓަމްސް އިން ހިދުމަތްތައް ދިނީ، ވަރަށް ފުރިހަމަ އަށް ކަމަށާއި އެ ކަމާ ގުޅިގެން އާންމުންގެ މެދުގައި އެ އިދާރާގެ މަގްބޫލުކަން އިތުރުވެފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ބޯޑަރު ހުރަސްކޮށް، ހިންގާ ބޮޑެތި ޖަރީމާތައް ހުއްޓުވަން ކަސްޓަމްސްގެ ގާބިލުކަން އިތުރު ކުރަން ޖެހޭނެ ކަމަށެވެ. އެކަން ހާސިލު ކުރަން ބަނދަރުތަކުގައި ކަސްޓަމްސްގެ ހިދުމަތް ފުޅާކުރަން ސަރުކާރުން ހާއްސަ ސަމާލު ކަމެއް ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ކަސްޓަމްސްގެ ހިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި އިސްވެރިންނާއި ހުރިހާ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތްތަކަށް ޝުކުރު ދަންނަވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
މި ދައުރުގައި އެންމެ ފްލެޓެއް ވެސް އެޅިދާނެބާ؟
ހިޔާ ފްލެޓަށް އިތުރަށް 3.2 ބިލިއަން ދައްކަންޖެހޭ
ފްލެޓްތަކާ ގުޅޭ އަޑުތައް: އެއީ ވެސް ދިވެހިންނަށްޓަކައި
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ފްލެޓުތައް ކުޑަ ކަމަށް ބުނާ ވާހަކައަކީ ދޮގެއް:މުއިއްޒު
ދައުލަތް އޮޅުންބޮޅުންވެ، ކޮތަރުކޮށި ރަނަށް: އިދިކޮޅު
ފްލެޓް ހައްގުވާ ލިސްޓު އިއުލާންކުރަން ތައްޔާރުވެއްޖެ
ފްލެޓް ކޮމިޓީގެ މަސައްކަތް ޑިސެމްބަރުގައި ނިންމަނީ
ލިސްޓު ބާތިލްކޮށްފިއްޔާ، އެއީ އަނިޔާވެރިކަން: މުއިއްޒު
ހުޅުމާލޭގައި ތަރައްގީ ކުރަން އިތުރު ކަމެއް ނެތް:ސައީދު