28 ޖުލައި 2022
ދިވެހި ޕްރިމިއަ ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު 1-1 އެއްވަރުކޮށް ޕޮއިންޓަކުން ގްރީން ސްޓްރީޓްސް ފުއްދާލައިފި އެވެ.
ދިވެހި ޕްރިމިއަ ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު 1-1 އެއްވަރުކޮށް ޕޮއިންޓަކުން ގްރީން ސްޓްރީޓްސް ފުއްދާލައިފި އެވެ.
މިއީ ލީގުގެ ނިމުމަކާ ހަމައަށް އައިރު ގްރާންޑޭއިން ލީގުގައި ހޯދި ދެވަނަ ޕޮއިންޓެވެ. އެ ޓީމަށް ލީގުގައި ފުރަތަމަ ޕޮއިންޓް ހޯދީ ވެސް، ފުރަތަމަ ބުރުގެ ފުރަތަމަ މެޗުގައި ގްރީން އާ އެއްވަރުކޮށްގެންނެވެ. އޭގެ ފަހުން އެ ޓީމު ކުޅުނު 19 މެޗުން ވެސް ވީ ބައްޔެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ފަހު މެޗެވެ.
މިރޭ ކުޅުނު މެޗުން ގްރީން މޮޅުވިނަ އެ ޓީމަށް ތާވަލުގެ ތިންވަނަ ލިބުނީހެވެ. މެޗު އެއްވަރުވުމުން އޭގެ ފައިދާ އެންމެ ބޮޑަށް ލިބޭނީ ކްލަބް ވެލެންސިއާ އަށެވެ. 29 ޕޮއިންޓާއެކު އެ ޓީމު ތިންވަނައިގައި ހަމަޖެހިލެވޭނެ އެވެ. ގްރީން މޮޅުވިނަމަ ޕޮއިންޓްގެ ގޮތުން އެއްވަރު ވިޔަސް ލަނޑުގެ ތަފާތުން ކުރި ލިބޭނީ ގްރީން އަށެވެ.
އެކަމަކު މިރޭގެ ނަތީޖާއިން އެ ޓީމު އޮންނަން ޖެހުނީ ފަސް ވަނައިގަ އެވެ. ލަނޑުގެ ތަފާތުގައި ގްރީން އަށް ގެއްލުން ފަސް ގޯލެވެ. ވެލެންސިއާ އަށް ގެއްލުން 13 ގޯލް އެބައޮތެވެ.
ލީގު ޗެމްޕިއަން މާޒިޔާ އާއި ދެވަނަ އީގަލްސް ފިޔަވައި ފައިދާ ގޯލް އޮތް އެހެން އެއް ވެސް ޓީމެއް ނެތެވެ. މާޒިޔާ އަށް ފައިދާ 75 ގޯލް އެބައޮތެވެ. އީގަލްސް އަށް 15 ގޯލެވެ.
މިރޭގެ މެޗުގެ ފުރަތަމަ ލީޑް ނެގީ ގްރާންޑޭއިންނެވެ. އެ ޓީމުގެ ލަނޑު ހޫގޯ ނިކޮލަސް ޖެހީ ރެޓަމަލް ޖެހީ މެޗުގެ 17 ވަނަ މިނެޓްގަ އެވެ. މެޗުގެ 25 ވަނަ މިނެޓްގައި ރިލްވާން ވަހީދު (ރިލޭ) ވަނީ ގްރީން އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ލީގުން ވަކިވިކަން ގްރީންއިން ރަސްމީކޮށް އަންގައިފި
ޓީސީ ބަލިކޮށް ގްރީންއިން ގަދަ ހަތަރެއް ޔަގީންކޮށްފި
ބޮޑު މޮޅަކާއެކު ޕްލޭއޮފްގެ ކުރިން ގްރާންޑޭއަށް އިތުބާރު
ދިވެހި ޕްރިމިއާ ލީގު މާޒިޔާއިން ކާމިޔާބުކޮށްފި
ވެލެންސިއާ ބަލިކޮށް ގްރީން ހަތަރުވަނަ އަށް
ފަހު ވަގުތު ގްރާންޑޭ ކައިރިން ޔޫވީ ސަލާމަތް ވެއްޖެ
ގްރާންޑޭ ބަލިކޮށް ޓީސީ އަލުން ތިންވަނަ އަށް
ދެ މަހަށްފަހު ވެލެންސިއާ މޮޅުވެއްޖެ، އީގަލްސް ވީބަލި