11 ޖުލައި 2022
ދިވެހި ޕްރިމިއަ ލީގުގައި މިރޭ، ގްރާންޑޭ އަތުން އެއްވަރުވާން ދަނިކޮށް ފަހު ވަގުތު ޔުނައިޓެޑް ވިކްޓަރީން ޖެހި ލަނޑުން 1-0 ން މޮޅުވެއްޖެ އެވެ.
ދިވެހި ޕްރިމިއަ ލީގުގައި މިރޭ، ގްރާންޑޭ އަތުން އެއްވަރުވާން ދަނިކޮށް ފަހު ވަގުތު ޔުނައިޓެޑް ވިކްޓަރީން ޖެހި ލަނޑުން 1-0 ން މޮޅުވެއްޖެ އެވެ.
މެޗު އެއްވަރު ކޮށްލެވުނުނަމަ، ގްރާންޑޭ ބޮޑު ހިތްހަމަޖެހުމަކަށް އެކަން ވީހެވެ. ލީގުގައި މިހާތަނަށް އެ ޓީމުން 17 މެޗު ކުޅުނު އިރު ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. އެއީ ލީގުގެ ފުރަތަމަ ބުރުގެ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސް އާ އެއްވަރުކޮށް ހޯދި ތިން ޕޮއިންޓަށެވެ.
ޕޮއިންޓެއް ހޯދުމުގެ އިންތިޒާރުގައި ގްރާންޑޭއިން ތިބި ނަމަވެސް، އެކަމަށް ހުރަސް އެޅީ މެޗުގެ 90 މިނެޓް ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް މުހައްމަދު ރީހާން ޔޫވީ އަށް ޖަހައިދިން ލަނޑުންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި، ރީހާން ލަނޑު ޖަހައިދިންނަމަވެސް އެޓޭކްގެ ބިލްޑްއަޕްގައި މުހިންމު ދައުރެއް އަދާކުރީ ޖަޕާންގެ މިޑްފީލްޑަރު އެއިސޫކޭ މޮހްރީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އެވެ.
މެޗުން މޮޅުވެ، ޔޫވީ ވަނީ އަލުން ހަތަރު ވަނަ އަށް ޖެހިލާފަ އެވެ. ކުރިން އެ ޓީމު އޮތީ ހަ ވަނައިގަ އެވެ. މިހާރު 23 ޕޮއިންޓް ހޯދައިގެން ކުރިއަށް ޖެހިލި ނަމަވެސް، ކްލަބް ވެލެންސިއާ އޮތީ އެއް ޕޮއިންޓް ފަރަގަކާއެކު ފަހަތުން ވިއްދައިފަ އެވެ. މާދަމާ ހަވީރު ގްރީން އާ ދެކޮޅަށް ކުޅޭ މެޗު އެއްވަރު ކޮށްލިޔަސް އަލުން ވެލެންސިއާ ހަތަރަކަށް ވަންނާނެ އެވެ.
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ދެ މަހަށްފަހު ވެލެންސިއާ މޮޅުވެއްޖެ، އީގަލްސް ވީބަލި
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ގްރާންޑޭގެ މައްޗަށް ޔޫވީ ކުރި ހޯދައިފި
ގްރާންޑޭ ބަލިކޮށް، ޔޫވީ އަށް ލީގުގައި ފުރަތަމަ މޮޅު
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ދިވެހި ލީގު އަލުން ފަށައި، އީގަލްސް އަށް ބޮޑު މޮޅެއް
ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ތިން ވަނަ
ބޮޑު މޮޅަކާއެކު ޕްލޭއޮފްގެ ކުރިން ގްރާންޑޭއަށް އިތުބާރު
ގްރާންޑޭ ކައިރިން ގްރީން ފުއްދާލީ ޕޮއިންޓަކުން