22 ފެބުރުއަރީ 2022
ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ޔުނައިޓެޑް ވިކްޓަރީން ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ޔުނައިޓެޑް ވިކްޓަރީން ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
ލީގުގެ ފުރަތަމަ މެޗުގައި ގްރާންޑޭ ވަނީ، ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެ މެޗު އެއްވަރުކޮށްފަ އެވެ. ޔުނައިޓެޑް ވިކްޓަރީ ކުޅުނު ފުރަތަމަ މެޗުގައި ކްލަބް ވެލެންސިއާ އަތުން ބަލިވީ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނީ ޔޫވީންނެވެ. މެޗުގެ ފަސްވަނަ މިނެޓްގައި އީވާން ވެރަސް ނެގި ހުރަސް ގްރާންޑޭގެ ކީޕަރު ހަސަން މުއާޒު ދިފާއު ކުރަން އުޅުމުން އޭނާ އަތުގައި ޖެހިފައި ބޯޅަ ވެއްޓުނީ އެވެ. އޭނާ އަތުން ދޫވެގެން ވެއްޓުނު ބޯޅަ ލިބުނީ ޔޫވީގެ އަހްމަދު ބައްސާމް (ބައްކު) އަށެވެ. ހުހަށް އޮތް ގޯލުގެ ތެރެއަށް ފޮނުވައިލަން އޭނާ ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތުމުން ގްރާންޑޭގެ ކުޅުންތެރިން ދިފާއު ކުރި އެވެ.
ދިވެހި ޕްރިމިއާ ލީގުގައި މިއަދު ޔޫވީ އާއީ ގްރާންޑޭ ކުޅުނު މެޗުގެ ތެރެއިން: ޔޫވީން މެޗު ކާމިޔާބު ކުރީ 1-0 އިން --- ފޮޓޯ: އެފްއޭއެމް
މެޗުގެ ނުވަވަނަ މިނެޓްގައި އީވާން އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ކީޕަރު ކުރިއަށް ނުކުމެ ހުރުމުން، އޭރިއާގެ ބޭރުން އީވާން ފޮނުވާލި ބާރު ބޯޅަ ވެސް އަމާޒުވީ ގޯލް ދަނޑި އަށެވެ.
ދެވަނަ ހާފު ފަށައިގެން ގްރާންޑޭ ވެސް ވަނީ ހަމަލާތައް އުފައްދައިފަ އެވެ. މެޗުގެ 50 ވަނަ މިނެޓްގައި އެޓީމުގެ އިސްމާއީލް މަފާޒު އިބްރާހިމް ފޮނުވައިލި ބޯޅަ އަމާޒުވީ ޔޫވީގެ ގޯލްގެ ހުރަސް ދަނޑި އަށެވެ.
ޔޫވީގެ ލަނޑު 55 ވަނަ މިނެޓްގައި ޖެހީ އަނަޓޮލީ ވެލިސިޗޭވް އެވެ. ގްރާންޑޭގެ ކުޅުންތެރިން އޭރިއާ ތެރޭގައި ތިބުމުން، އަނޮޓޮލީ އޭރިއާ ތެރެއަށް ނުވަދެ އޭނާ ވަނީ ބާރު ބޯޅައެއް ފޮނުވައިލައިފަ އެވެ. ގްރާންޑޭގެ ކީޕަރު މުއާޒު އަށް ވެސް ފުރުސަތު ނުލިބި ބޯޅަ ވަނީ ގޯލްގެ ތެރެއަށެވެ.
ޔޫވީގެ ކީޕަރު އަހްމަދު އަނަފް ޒަރިއަންދު އަށް އެޓީމުގެ ކުޅުންތެރިން ދިން ބެކް ޕާސް ސާފްކޮށްލަން އޭނާ ފޮނުވާލި ބޯޅަ ރަނގަޅަށް ފޮނުވައި ނުލެވުމުން އެބޯޅަ ލިބުނީ އޭރިއާ ބޭރުގައި ހުރި ގްރާންޑޭގެ ޗަމޯދު ދިލްޝަން އަށެވެ. އޭރު އަނަފް ވެސް ހުރީ ގޯލަށް ވުރެ ކުރިއަށް ނުކުމެވެ. ކީޕަރު ކުރިއަށް ނުކުމެ ހުރުމުން ދިލްޝަން މަސައްކަތް ކުރީ ކީޕަރު ބޯމަތިން ގޯލަށް ބޯޅަ އޮއްސާލުމަށެވެ. އެހެންނަމަވެސް އެބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ފަހު ވަގުތު ގްރާންޑޭ ކައިރިން ޔޫވީ ސަލާމަތް ވެއްޖެ
ދެ މަހަށްފަހު ވެލެންސިއާ މޮޅުވެއްޖެ، އީގަލްސް ވީބަލި
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ގްރާންޑޭ ބަލިކޮށް، ޔޫވީ އަށް ލީގުގައި ފުރަތަމަ މޮޅު
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ދިވެހި ލީގު އަލުން ފަށައި، އީގަލްސް އަށް ބޮޑު މޮޅެއް
ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ތިން ވަނަ
ބޮޑު މޮޅަކާއެކު ޕްލޭއޮފްގެ ކުރިން ގްރާންޑޭއަށް އިތުބާރު
ގްރާންޑޭ ކައިރިން ގްރީން ފުއްދާލީ ޕޮއިންޓަކުން