26 ޖުލައި 2022
ރަޝިޔާ އިން ޔޫރަޕަށް ގޭސް އެކްސްޕޯޓްކުރުމަށް އަޅާފައިވާ ދެ ހޮޅީގެ ތެރެއިން އެންމެ ބޮޑު ހޮޅި، ނޯޑް ސްޓްރީމް 1 އިން، ޔޫރަޕަށް ގޭސް ފޮނުވާ މިންވަރު މާދަމާ އިން ފެށިގެން މަދު ކުރާނެ ކަމަށް ރަޝިޔާ ސަރުކާރުގެ ގޭސް ކުންފުނި ގެޒްޕްރޯމް އިން މިއަދު ބުނެފި އެވެ.
ރަޝިޔާ އިން ޔޫރަޕަށް ގޭސް އެކްސްޕޯޓްކުރުމަށް އަޅާފައިވާ ދެ ހޮޅީގެ ތެރެއިން އެންމެ ބޮޑު ހޮޅި، ނޯޑް ސްޓްރީމް 1 އިން، ޔޫރަޕަށް ގޭސް ފޮނުވާ މިންވަރު މާދަމާ އިން ފެށިގެން މަދު ކުރާނެ ކަމަށް ރަޝިޔާ ސަރުކާރުގެ ގޭސް ކުންފުނި ގެޒްޕްރޯމް އިން މިއަދު ބުނެފި އެވެ.
މަރާމާތު ކުރުމަށް ނޯޑް ސްޓްރީމް 1 އިން ތެޔޮ ފޮނުވުން 10 ދުވަހަށް މެދުކަނޑައިލުމަށް ފަހު، އެ ހޮޅިން އަލުން ގޭސް ފޮނުވަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި މާދަމާ އިން ފެށިގެން އެ ހޮޅިން ޔޫރަޕަށް ގޭސް ފޮނުވާނީ، މިހާރު ފޮނުވަމުންދާ ވަރަށް ވުރެ 37 ޕަސެންޓް މަދުންކަމަށް އެ ކުންފުނިން ބުނެ އެވެ. އެހެންކަމުން ޖުލައި 27 ވަނަ ދުވަހުން ފެށިގެން އެ ހޮޅިން ޔޫރަޕަށް ގޭސް ފޮނުވާނީ، އެވްރެޖް ގޮތެއްގައި ދުވާލަކު 33 މިލިއަން ކޮޑި މީޓަރުގެ ގޭހެވެ.
ރަޝިޔާ އިން ފެށިގެން ވިލާތުގެ އެކި ގައުމުތަކުގެ ތެރެއިން ޖަރުމަން ވިލާތާ ހަމައަށް އަޅާފައިވާ 1224 ކިލޯމީޓަރުގެ ހޮޅިން، ގޭސް ފޮނުވާ މިންވަރު މިދިޔަ މަހުން ފެށިގެން ވަނީ 40 ޕަސެންޓް އުނިކޮށްފަ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ބާރު އެޅުމުގެ ގޮތުން، ޔޫރަޕްގެ ގައުމުތަކުން ވަނީ ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލައި، ރަޝިޔާގެ ގޭސް ގަންނަ މިންވަރު ވެސް މަދުކުރަން ނިންމައިފަ އެވެ. ޔޫރަޕްގެ އެ ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުން ރަޝިޔާ ސަރުކާރުން ވެސް ވަނީ ވިލާތުގެ ގައުމުތަކަށް ތެލާއި ގޭސް ވިއްކުމުގައި އިތުރު ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ.
ޔޫރަޕަށް ފޮނުވާ ގޭހުގެ މިންވަރު މަދުކުރުމަށް ރަޝިޔާ ސަރުކާރުން ނިންމީ، ގޭސް ފޮނުވާ ސްޓޭޝަންތަކުގައި ބޭނުންކުރާ ޕަމްޕުތައް މަރާމާތު ކުރުމަށް ހުރަސް އެޅިފައިވާތީ އެވެ. އެކަމަށް ހުރަސް އެޅުނީ ރަޝިޔާ އަށް ދަތިކުރުމަށް ޔޫރަޕްގެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
ރަޝިޔާ އިން ބުނާ ގޮތުގައި، ގޭސް ހޮޅިން ފުރިހަމަ އަށް ގޭސް ޕަމްޕުކުރެވޭނީ، ޕަމްޕުތައް ރަނގަޅަށް މަރާމާތުކޮށްގެން ކަމަށްވާތީ، އެކަން ނުކުރެވޭ ނަމަ ޔޫރަޕަށް ގޭސް ފޮނުވުން މެދުކަނޑައިލަން ޖެހިދާނެ އެވެ. ގޭސް ޕަމްޕުކުރާ ސްޓޭޝަންތަކުގައި ބޭނުންކުރާ ބޮޑެތި ޕަމްޕުތައް މަރާމާތުކުރަނީ ކެނެޑާގައި ކަމަށްވާތީ، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއެކު، ކެނެޑާގެ ކުންފުނިތަކުން ވަނީ ރަޝިޔާއާ އެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުކުރަން ނިންމައިފަ އެވެ.
ފިނި މޫސުމުގައި ޔޫރަޕަށް ލިބޭ ގެއްލުން ބޮޑުވެދާނެ
ޕުޓިން އާއި ޝީ ބައްދަލުކުރައްވަނީ
ނިއުކްލިއާ އިންޖީނުގެއަށް ރައްކާތެރި ސަރަހައްދެއް
ދަތިކުރުން ހުއްޓައިލީމަ ނޫނީ ގޭހެއް ނުލިބޭނެ: ރަޝިޔާ
ގޭހަށް ޖެހުމުގެ ޒިންމާ އުފުލަންޖެހޭނީ ޔޫރަޕުން: ރަޝިޔާ
ރަޝިޔާގެ ހަކަތައިގެ ބަދަލުގައި ޔޫރަޕުން އެހެން ގޮތެއް
ޔޫރަޕަށް ގޭސް ފޮނުވާ ހޮޅި ރަޝިޔާ އިން ބަންދުކޮށްފި
މުޅި ދުނިޔޭގައިވެސް އިންފްލޭޝަން ދަނީ މައްޗަށް
ދޫދިނުމަށް ފަހު، ރަޝިޔާގެ ތެޔޮ ވިލާތުގައި މަނާކޮށްފި
ރަޝިޔާގެ ހަކަތައަށް ޔޫރަޕް ބަރޯސާވުން ހުއްޓެނީ