20 ޖުލައި 2022
އައްޑޫގެ ދެ ރަށެއްގެ ބަނދަރު މަސައްކަތުގެ ބޮޑު ބައެއް ނިމިފައި ވަނިކޮށް، އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އާ ހިލާފަށް އެކަން ކުރަމުން އަންނަ ކަމަށް ބުނެ މަސައްކަތް ހުއްޓާލަން އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު އަންގައިފި އެވެ.
އައްޑޫގެ ދެ ރަށެއްގެ ބަނދަރު މަސައްކަތުގެ ބޮޑު ބައެއް ނިމިފައި ވަނިކޮށް، އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އާ ހިލާފަށް އެކަން ކުރަމުން އަންނަ ކަމަށް ބުނެ މަސައްކަތް ހުއްޓާލަން އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު އަންގައިފި އެވެ.
އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ސ. ހުޅުދޫ އަދި ހުޅުމީދޫގެ ބަނދަރު އިތުރަށް ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީއަށް ޖޫން 28، 2020 ގައި ދޫކުރި އީއައިއޭ ރިޕޯޓް ގަބޫލުކުރި ކަމުގެ ލިޔުމާ ހިލާފަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންވެ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވައިދުގެ ދަށުން އެ މަޝްރޫއުގެ ބިން ހިއްކުމާއި ފަޅު ކޮނުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އަންގާފައިވާ ކަމަށް ބުންޏެވެ.
ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 88 ޕަސެންޓް ނިމިއްޖެ. ހާބަރ ޕޭވަމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައި. ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި.#MTCCProjects #RayyithungeKunfuni pic.twitter.com/yHBnljo4xc
— MTCC Plc (@MTCCPlc) July 17, 2022
ހުޅުދޫގެ ބަނދަރުގެ މަސައްކަތް 2020 ވަނަ އަހަރު 80.69 މިލިއަން ރުފިޔާއަށް ހަވާލުކުރީ އެމްޓީސީސީއާ އެވެ. ހުޅުމީދޫ ބަނދަރު ތަރައްގީކުރަން ހަވާލުކުރީ 66.3 މިލިއަން ރުފިޔާ އަށެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އޮންނަ އުސޫލުތަކާ ހިލާފަށް އެމްޓީސީސީން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ. އަދި މަޝްރޫއު ނިމެން ކައިރިވެފައި ވަނިކޮށް މަސައްކަތް ހުއްޓާލުމަކީ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ބަނދަރުގެ 88 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަނދަރުގެ މަސައްކަތް ހުއްޓާލަން އެންގުމަކީ ރަނގަޅު ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ގޯސްކޮށް ކުރާ ކަމެއް ބުނެދޭން ޖެހޭނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އެމްޓީސީސީން މިދިޔަ އާދިއްތަ ދުވަހު ކުރި ޓްވީޓުގައި ބުނީ ހުޅުދޫ ބަނދަރުގެ ހާބަ ޕޭވަމަންޓް ހެދުމާއި މަގުބައްތި ހަރުކޮށް ނިންމާފައިވާ ކަމަށެވެ. ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ވެސް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެ ޓްވީޓުގައި ބުންޏެވެ.
އޮޅުވެލި ރިސޯޓު 20،000ރ. އިން ޖޫރިމަނާކޮށްފި
އަންބަރާގެ ގެއްލުމަށް ވެރިފަރާތް ޒިންމާވާކަށް ނުޖެހޭ
އީއައިއޭ ނުހެދުމުން 28 މިލިއަނުން ޖޫރިމަނާކޮށްފި
އެންމެ ގިނައީ ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުން
ހުޅިދޫ/އަންބާރާގެ ގެއްލުމަށް ޖަވާބުދާރީވާން އަންގައިފި
ގިނަ ރަށްތަކަކަށް އެއް އީއައިއޭ ހުށަހަޅާ މައްސަލަ ބޮޑު
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ގޮވާލައިފި
މަތި ކޮމަންޑޫ މަޝްރޫއުގެ އީއައިއޭގައި މައްސަލަ އެބަހުރި
ކެނދިކުޅުދޫން 18 ނިކަގަސް އެހެން ތަންތަނަށް ގެންދަނީ
ވެލިގަނޑު ރިސޯޓު ހިއްކުން މަޑުޖައްސައިލަން އަންގައިފި