ބޮޑު އީދު ފާހަގަކުރަން ކ. މާފުށީގައި ބާއްވާ "މާފުށި އީދު އުފާ"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.
07 ޖުލައި 2022
ބޮޑު އީދު ފާހަގަކުރަން ކ. މާފުށީގައި ބާއްވާ "މާފުށި އީދު އުފާ"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.
އީދު ފެސްޓިވަލެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ހަރަކާތަކީ މާފުށި ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތެކެވެ. އެ ފެސްޓިވަލުގެ ތެރެއިން ސަގާފީ އީދުގެ ހަރަކާތްތަކާއި ޒަމާނީ ހަރަކާތްތަކަކާއި އީދު މިޔުޒިކް ޝޯއެއް ވެސް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. ބޮޑުމަސް ބޭނުމާއި ކޯޑި ނެރުމާއި މާލި ޕެރޭޑް ފަދަ ސަގާފީ ކުޅިވަރުތަކާއި ކަލާ ރަން އާއި ވޯޓާ ޕާކްގެ ހަރަކާތްތަކެއް މީގެ ތެރޭގައި ހިމެނެ އެވެ.
މާފުށީގައި ބާއްވާ އީދު ފެސްޓިވަލުގައި ދިރާގުން ޑިޖިޓަލް ޕާޓްނަރަކަށް ސޮއިކޮށްފައި ވާއިރު، ދިރާގުގެ ފަރާތުން ސޮއިކޮށްފައި ވަނީ ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ބްރޭންޑް، ނާޔާ ޝަރީފެވެ. އަދި މާފުށި ކައުންސިލްގެ ފަރާތުންނ ސޮއިކުރީ ކައުންސިލްގެ ރައީސް ހަސަން ސަލާހު އެވެ.
މާފުށީގައި އޮންނަ އީދު ފެސްޓިވަލުގައި ބައިވެރިވުމަށް 7،000 މީހުން އެ ރަށަށް ދާނެ ކަމަށް އެ ރަށު ކައުންސިލުން ވަނީ ލަފާކޮށްފަ އެވެ. އެ ފެސްޓިވަލް ކުރިއަށް ދާނީ މި މަހުގެ 8-11 އަށެވެ.
ބޮޑު އީދަށް ދިރާގުގެ ބޮޑު އޮފާތަކެއް!
"އައްޑޫ އީދި ސަމާ"ގެ ޕާޓްނަރަކަށް ދިރާގު
ދިރާގު އީދު ސައްލާ މާދަމާރޭ ކްލަބް ހައުސްގައި
ދިރާގު އީދު ހަދިޔާ: އާާއިލާއަކަށް ޗުއްޓީ ދަތުރެއް
ދިރާގު އީދު ޝޯ އީދު ދުވަހުގެ ރޭ ބާއްވަނީ
އީދު ފާހަގަކުރުމުގައި ހުއްދަ މުނިފޫހިފިލުވުމަކީ ކޮބާ؟
ދަރިންނަކީ ކިޔަމަންތެރި ބަޔަކަށް ހަދާ: އީދު ޚުތުބާ
އީދުގައި އިސްކުރަންވީ އިޖުތިމާއީ ރޫހާއި އެއްބައިވަންކަން
އީދު ފަށަން މިރޭ ހުޅުމާލޭގައި އީދު މަޅި ރޯކުރަނީ
ބޮޑު އީދަށް އުރީދޫގެ ބޮޑެތި އޮފާތަކެއް