07 ޖުލައި 2022
ބޮޑު އީދާއި މިނިވަން ދުވަހާ ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި އައިޖީއެމްއެޗްގެ ހިދުމަތްތައް ދޭން ރާވާފައިވާ ގޮތް އިއްޔެ އާންމުކޮށްފި އެވެ.
ބޮޑު އީދާއި މިނިވަން ދުވަހާ ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި އައިޖީއެމްއެޗްގެ ހިދުމަތްތައް ދޭން ރާވާފައިވާ ގޮތް އިއްޔެ އާންމުކޮށްފި އެވެ.
އައިޖީއެމްއެޗުން ކުރި އިއުލާނެއްގައި ބުނީ އީދު ބަންދާއި މިނިވަން ދުވަހާ ގުޅިގެން އެ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތައް މި މަހުގެ ބައެއް ދުވަސްތަކުގައި މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. އެއީ، ސްޕެޝަލިސްޓް އޯޕީޑީ އާއި އައިޕީޑީ އަދި އިމަޖެންސީ ހިދުމަތްތައް ފިޔަވައި، އިތުރު އެހެނިހެން ކްލިނިކަލް ހިދުމަތްތައް ކަމަށް ބުންޏެވެ.
• 9 ޖުލައި (ހޮނިހިރު): ބޮޑު އީދު ދުވަސް
• 10 ޖުލައި (އާދީއްތަ): އީދު ދުވަހުގެ މުނާސަބަތުގައި
• 12 ޖުލައި (އަންގާރަ): އީދު ދުވަހުގެ މުނާސަބަތުގައި
• 13 ޖުލައި (ބުދަ): އީދު ދުވަހުގެ މުނާސަބަތުގައި
• 26 ޖުލައި (އަންގާރަ): މިނިވަން ދުވަސް
• 27 ޖުލައި (ބުދަ): މިނިވަން ދުވަހުގެ މުނާސަބަތުގައި
އެ ހޮސްޕިޓަލުން ބުނީ މެދުކަނޑާލާ ބައެއް ހިދުމަތްތައް ވެސް، އީދު ބަންދުގެ ދުވަސްތަކުގެ ތެރެއިން ދެ ދުވަހެއްގައި ލިބޭނެ ކަމަށެވެ. އެއީ ޖުލައި 11، ހޯމަ ދުވަހާއި ޖުލައި 14، ބުރާސްފަތި ދުވަހު އެވެ.
"ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި އޯޕީޑީ އަދި ކްލިނިކަލް ހިދުމަތްތައް މެދުކަނޑާލިޔަސް، ޓްރޯމާ އެންޑް އިމަޖެންސީގެ ހިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ކުރިއަށްދާނެ ވާހަކަ ދަންނަވަމެވެ،" އެ އިއުލާނުގައިވެ އެވެ.
ބޮޑު އީދު ދުވަހަށް ވަނީ އަންނަ ހޮނިހިރު ދުވަހެވެ. އީދު ޗުއްޓީ އަށް ފަހު ސަރުކާރު ހުޅުވޭނީ މި މަހު 17 ގަ އެވެ. އަދި މިނިވަން ދުވަހާ ދިމާކޮށް މި މަހު 26-30 އަށް ސަރުކާރު ބަންދުވާނެ އެވެ.
އީދު ބަންދުގެ އައިޖީއެމްއެޗްގެ އޯޕީޑީ ބަންދު
ކިނބިދޫ މޮނިޓަރިންގައި، އީދު ކުޅިވަރުތައް ކުރިއަށް
ގިނަ ބަޔަކު ކޮވިޑަށް ޓެސްޓު ކުރާތީ ނަތީޖާ ލަސްވެދާނެ
ފެންކުޅީގައި ދެ މީހެއްގެ ކަންފަތު ތޫރި ފެޅުނު
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ
އައިޖީއެމްއެޗްގައި އަހަރަކު 2 މިލިއަން ލެބް ޓެސްޓް
އައިޖީއެމްއެޗް ކިއު ކުޑަކުރަން ޖީޕީ ކްލިނިކްތައް ހަދަނީ
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
ދަރުމަވަންތައިގެ ހައިބްރިޑްތިއޭޓަރު ބޭނުންކުރަން ފަށައިފި