Roadha Mihaaru
ހިޔާ ފްލެޓަށް ހާއްސަކުރި ޕްރޮމޯޝަންގެ ލަކީޑްރޯ މިރޭ

ވިލާ ގޭހުން ހިޔާ ފްލެޓަށް ހާއްސަ ކުރި ޕްރޮމޯޝަންގެ ލަކީޑްރޯ މިރޭ

06 ޖުލައި 2022

ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށް ވިލާ ގޭހުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ލަކީޑްރޯ ނެގުން މިރޭ އޮންނާނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށް ވިލާ ގޭހުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ލަކީޑްރޯ ނެގުން މިރޭ އޮންނާނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.

ވިލާ ގޭހުގެ "ވިލާ ގޭސް ހިޔާ ލަކީޑްރޯ" ނެގުމަށް ހަމަޖެހިފައި ވަނީ މިރޭ 8:40 ގަ އެވެ. އެ ލަކީޑްރޯ ވިލާ ހަކަތައިގެ ފޭސްބުކް ފޭޖާއި، އެކި މީޑިއާތަކުން ވަގުތުން ބަލާލެވޭނެ ކަމަށް ވިލާ ގޭހުން ބުނެ އެވެ.

"ވިލާ ގޭސް ހިޔާ ފްލެޓް ލަކީ ޑްރޯ" އަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން މަދުވެގެން ހަ މަސް ދުވަސް ވަންދެން ވިލާ ގޭސް އޯޑަރުކޮށް ފައިސާ ދެއްކި މީހުންގެ މެދުގައި ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮމޯޝަނެކެވެ.

އެ ޕްރޮމޯޝަންނުން ހޮވޭ ނަސީބުވެރިންނަށް ހަ މަސް ދުވަހުގެ ފްލެޓް މެއިންޓެނަންސް ފީ އެ ފިހާރައިން ދިނުމަށްވަނީ ހަމަޖެހިފަ އެވެ. އެއީ 6000 ރުފިޔާ އެވެ. އަދި އެ ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ފަރާތްތަކަށް ގޭސް ފުޅީގެ އަގު މުޅިން ހިލޭ ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ވިލާ ގޭހުގެ އެ ޕްރޮމޯޝަނުގެ ދަށުން ކޮންމެ ޓަވަރަކުން ނަސީބުވެރިއެއް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. ވިލާ ގޭހުން ބުނި ގޮތުގައި އެ ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.