05 ޖުލައި 2022
މާލޭ ރައްޔިތުންނަށް ހާއްސަކޮށް ހުޅުވާލި 3000 ގޯތި ހިލޭ ދިނުމަކީ ދައުލަތަށް އެންމެ އިންސާފުވެރި އަދި ފައިދާ ހުރި ގޮތްތޯ ބަލަން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މާލޭ ރައްޔިތުންނަށް ހާއްސަކޮށް ހުޅުވާލި 3000 ގޯތި ހިލޭ ދިނުމަކީ ދައުލަތަށް އެންމެ އިންސާފުވެރި އަދި ފައިދާ ހުރި ގޮތްތޯ ބަލަން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅިފަޅުން ދޫކުރާ 2000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
އެކަމާ ގުޅިގެން ސިރާޖު މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގެ ތެރެއިން "އެޗް8" ކެޓަގަރީގައި ހިމެނޭ މާލޭ ރަށްވެހިންނާއި "އެޗް9" ކެޓަގަރީގައި ހިމެނޭ މާލޭ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށް އެ ފްލެޓުތައް ދީފައި ވަނީ ފައިސާ ދައްކާ ގޮތަށް ކަމަށެވެ.
މި ފަހުން މާލެ މީހުންނަށް ހާއްސަކޮށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން 60 ބިމެއް ވިއްކަން ހުޅުވާލި އިރު އަކަފޫޓެއް ހުރީ 7000ރ. އިން މަތީގައި ކަމަށާއި ނަމަވެސް އެ ގޯތިތަކަށް ވެސް މާލެ ރައްޔިތުންގެ ބޮޑު ޑިމާންޑެއް އޮތް ކަމަށް އެ ސިޓިގައި ބުނެފައި ވެ އެވެ.
"...ދައުލަތުގެ ދަަރަނި 100 ބިލިއަނަށް އަރައި ދަރަނި ނުދެއްކޭނެ ކަމުގެ ބަހުސް އިންތިހާއަށް ބޮޑުވެފައިވާ ހާލަތެއްގައި ހަތަރު ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5000 އާއިލާާ އަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން ހިލޭ ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމުގައި އަޅުގަނޑު ދެކެން،" އެ ސިޓީގައި ބުނެފައި ވެ އެވެ.
ބޯހިޔާވެހިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން މާލެ އޭރިއާއިން ހިލޭ ގޯތި ދޫކުރުމަކީ އެންމެ ރަނގަޅު އަދި އެންމެ އިންސާފުވެރިކަމާއެކު ކުރެވިދާނޭކަމެއް ކަމުގަައި އަޅުގަނޑަށް ނުފެންނާތީ، އެކަން ބައްލަވައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ސިޓީ. pic.twitter.com/QxBVnqLBH5
— Moosa Siraj (@MoosesSiraj) July 5, 2022
މާލެ ސަރަހައްދުން ދޫކުރާ ގޯތިތައް 5000 އާއިލާ އަށް އިންސާފުވެރިކަމާއެކު ބެހޭނެ ކަމަށް ނުދެކޭތީ އާއި އެ ބިންތައް ބީލަމަށް ލައިގެން ވިއްކައިފި ނަމަ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިދާނެ ކަމަށް އަންދާޒާ ކުރެވޭ ފައިސާގެ އަދަދަކީ ކޮބައިތޯ ބަލަން އެދޭ ކަމަށް އެ ސިޓީގައި ބުނެފައި ވެ އެވެ.
ސަރުކާރުން ދޫކުރަން ނިންމާފައި ވަނީ 1،225 އަކަފޫޓުގެ ގޯއްޗެވެ. ނަމަވެސް ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ކޮންމެ މީހަކަށް 400 އަކަ ފޫޓު އިތުރުކުރެވޭނެ އެވެ. އެންމެ ބޮޑުކޮށް ދޫކުރަނީ 4،000 އަކަފޫޓެވެ.
• އުމުރުން 18 އަހަރުވެފައިވާ މާލޭ މީހަކަށް ވުން. (އެއްވެސް އިރެއްގައި މާލެ ނޫން އެހެން ތަނެއްގައި ރަޖިސްޓްރީ ނުވާ މީހުން).
• މާލޭ ސަރަހައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓުގެ ނުވަތަ ބޮޑު ބިމެއް ރަޖިސްޓްރީކޮށްފައި ނެތް މީހުން.
• މާލޭ ސަރަހައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ބިމެއް އަމިއްލަ ނަމުގައި ރަޖިސްޓްރީވެފައިވާ ނަމަ އެތަން އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވާ މީހަކަށްވުން.
• ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ ސްކީމަކުން މިހާތަނަށް ބޯހިޔާވަހިކަން ލިބިފައިވާ މީހަކަށް ނުވުން.
• މާލޭ ސަރަހައްދުން ބަންޑާރަ ގޯއްޗެއް ބަހައިގެން ލިބިފައިވާ މީހެއް ނަމަ އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން.
• މާލޭ ސަރަހައްދުގައި އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށްދީ ނުވަތަ ދޫކޮށްލާފައިވާ ނުވަތަ ވިއްކާލާފައިވާ މީހަކަށް ނުވުން.
ހުޅުމާލެ 2 ގެ ހުރިހާ ގޯއްޗެއް ހަވާލުކޮށްފި
ގޯތި އަތަށް: އެންމެން އުފަލާއި އުންމީދުގައި
ގޯތި ދޫކުރަން ގުރު ނެގުން އޮންނާނީ ގަލޮޅު ދަނޑުގައި
ގޯތި ލިސްޓަށް 800 އެއްހާ ޝަކުވާ ހުށަހެޅި: އަކްރަމް
ހުޅުމާލޭގައި ހަދާ ބައެއް ފްލެޓްތައް މެއި މަހަށް ނިމޭނެ
ގެދޮރުގެމައްސަލަ ހައްލުނުވަނީ އަތޮޅުތެރެ ތަރައްގީ ނުވާތީ
މާލޭ ރަށްވެހިން ކަމަށް ބަލާ މިންގަނޑާ ގުޅިގެން ކޯޓަށް
ހިޔާ މަޝްރޫއުން މާލޭ ރައްޔިތުންނަށް ފްލެޓް އިތުރުކޮށްފި
ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ބިން ވާރިސުންނަށް
ހުޅުމާލެ 2 އިން 538 ގޯތި ހަވާލުކޮށްފި