Roadha Mihaaru
ވަޒީފާ ނެތް މީހުންނަށް ހާއްސަ ސްކީމެއް ތައާރަފުކުރަނީ

ވަޒީފާ ނެތް މީހުންނަށް ހާއްސަ ސްކީމެއް ތައާރަފުކުރަނީ

04 ޖުލައި 2022

ރާއްޖޭގައި ވަޒީފާ ނުލިބިފައި ތިބި މީހުންނަށް ހާއްސަ ސްކީމެއް ނުވަތަ "އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނިފިޓް ސްކީމް" އެއް އުފެއްދުމަށް ވޯލްޑް ބޭންކާއެކު ދިވެހި ސަރުކާރުން މަސައްކަތް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ވަޒީފާ ނުލިބިފައި ތިބި މީހުންނަށް ހާއްސަ ސްކީމެއް ނުވަތަ "އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނިފިޓް ސްކީމް" އެއް އުފެއްދުމަށް ވޯލްޑް ބޭންކާއެކު ދިވެހި ސަރުކާރުން މަސައްކަތް ފަށައިފި އެވެ.

އެ ސްކީމުގެ މަސައްކަތް ކުރަން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ވޯލްޑް ބޭންކުން ސޮއިކުރެއްވީ ކަންޓްރީ ޑިރެކްޓަ ފޯ މޯލްޑިވްސް ފާރިސް ހަދާދް-ޒާވޮސް އެވެ.

އެ ޕްރޮޖެކްޓުގެ ދަށުން "އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނެފިޓް ސްކީމް" އެއް އެކުލަވައިލުމުގެ އިތުރަށް އެއް ވިއުގައަކުން ވަޒީފާގެ ބާޒާރާ ގުޅުން ހުރި ހިދުމަތްތަށް ފޯރުކޮށް ދިނުމުގައި ރާއްޖެ އަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ވޯލްޑް ބޭންކުގެ ފަރާތުން ފޯރުކޮށްދޭނެ އެވެ.

އެ މަސައްކަތުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި އުފައްދާފައިވާ ޖޮބް ސެންޓަރުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، އާންމުންނަށް ފަސޭހައިން ހިދުމަތްތައް ހޯދޭނެ ގޮތްތައް ފަހި ކުރާނެ އެވެ. ޖޮބް ސެންޓަރުތައް މެދުވެރިކޮށް އެކި މީސްމީހުންގެ މަސައްކަތުގެ ހުނަރު ތަރައްގީ ކުރުމަށް ތަމްރީނުތައް ދޭނެ އެވެ.

އެ ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވަނީ އކޮނޮމިކް މިނިސްޓްރީ އާއި ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެންނެވެ. އެ ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 2027 ގެ ނިޔަލަށެވެ.