Roadha Mihaaru
ދެ ހަފްތާ ފަހުން ސެމީ ފައިނަލުގެ މެޗުތައް މިއަދު

16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް: ސެމީ ފައިނަލްގެ މެޗުތައް މިއަދު

29 ޖޫން 2022

އަންނަ އޮކްޓޫބަރު މަހު ފަށާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންް އަށް ގައުމީ ޓީމު އެކުލަވާލުމުގެ އަމާޒުގައި އެފްއޭއެމުން މި އަހަރު ފެށި 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލް މެޗުތައް، ގުރޫޕް ސްޓޭޖު މެޗުތައް ނިމުމުތާ 19 ދުވަސް ފަހުން، މިއަދު ކުޅޭނެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަންނަ އޮކްޓޫބަރު މަހު ފަށާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންް އަށް ގައުމީ ޓީމު އެކުލަވާލުމުގެ އަމާޒުގައި އެފްއޭއެމުން މި އަހަރު ފެށި 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލް މެޗުތައް، ގުރޫޕް ސްޓޭޖު މެޗުތައް ނިމުމުތާ 19 ދުވަސް ފަހުން، މިއަދު ކުޅޭނެ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ އަށް ޓީމުގެ 16 އަހަރުން ދަށުގެ ޓީމުތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި ފަހު ވަގުތު ކްލަބް ގްރީން ސްޓްރީޓްސް ބައިވެރި ނުވާތީވެ، މުބާރާޓް ކުރިއަށް ދަނީ ހަތް ޓީމާ އެކު އެވެ.

ހަތް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން ގުރޫޕް ސްޓޭޖުގެ ކުޅުން މި މަހުގެ 2-9 އާ ހަމައަށް ކުރިއަށް ދިޔަ އެވެ. ސެމީން ޖާގަ ލިބުނީ ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ދެ ޓީމަކަށެވެ.

ގުރޫޕް އޭގައި ވާދަކުރީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، މާޒިޔާ ސްޕޯޓްސް، ޓީސީ ސްޕޯޓްސް އަދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ. މި ގުރޫޕުގެ އެއްވަނަ ޔޫވީ ހޯދި އިރު، ދެވަނަ ލިބުނީ ޓީސީ ސްޕޯޓްސް އަށެވެ.

ޔޫވީ އެއްވަނަ ހޯދީ ފުރަތަމަ މެޗު އެއްވަރުވި ނަމަވެސް ފަހުން ކުޅުނު ދެ މެޗު ކާމިޔާބު ކޮށްގެންނެވެ. އަދި ޔޫވީ އަށް ވުރެ ކުރިން ޓީސީ ސްޕޯޓްސް، ސެމީގެ ޖާގައެއް ޔަގީންކުރި ނަމަވެސް ގުރޫޕުގެ ފަހު މެޗުގައި ޔޫވީ ވަނީ ތަފާތު ބޮޑުކޮށް ޓީސީ ބަލިކޮށްފަ އެވެ.

ގުރޫޕް ބީގައި ތިން ޓީމު ވާދަކުރި އެވެ. އެއީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި، ކްލަބް އީގަލްސް އަދި ކްލަބް ވެލެންސިއާ އެވެ. މި ގުރޫޕުން އެއްވަނަ ހޯދީ ކްލަބް ވެލެންސިއާ އެވެ. އަދި ދެވަނަ ހޯދީ ކްލަބް އީގަލްސް އެވެ.

ވެލެންސިއާ ވަނީ ގުރޫޕްސްޓޭޖުގައި ކުޅެން ޖެހުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. އީގަލްސް މޮޅުވީ ދަ ގްރާންޑޭއާ ވާދަކުރި މެޗުންނެވެ.

ގަލޮޅު ދަނޑުގައި ކުރިއަށްދާ މުބާރާތުގައި، ގުރޫޕް އޭގެ އެއްވަނަ ހޯދި ޔޫވީއާ ދެކޮޅަށް މިއަދު ހަވީރު 4 ޖަހާއިރު ނުކުންނާނީ ގުރޫޕް ބީގެ ދެވަނަ ހޯދި އީގަލްސް އެވެ. އަދި ސެމީގެ ދެވަނަ މެޗުގައި މިރޭ 8:30 ގައި ކުޅޭ މެޗުގައި ވާދަކުރާނީ، ގުރޫޕް ބީގެ އެއްވަނަ ހޯދި ކްލަބް ވެލެންސިއާ އާއި، ގުރޫޕް އޭގެ ދެވަނައަށް ދިޔަ ޓީސީ ސްޕޯޓްސް އެވެ.

ސެމީ ފައިނަލްގެ ދެ މެޗުން މޮޅުވާ ޓީމުގެ މެދުގައި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ، ޖުލައި ތިންވަނަ ދުވަހުގެ ރެއެވެ.