30 ޑިސެމްބަރ 2016
އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި އެވެ.
އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި އެވެ.
އިންޑިއާގެ ވެސްޓް ބެންގާލުގެ ޝިލިގުރީގައި ކުރިއަށްދާ ހަތަރު ވަނަ ސާފް ވިމެންސް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުން ރާއްޖެ ޖާގަ ހޯދީ ބޫޓާން އަތުން މިރޭ 3-1 އިން މޮޅުވެ ހަ ޕޮއިންޓާ އެކު ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ރާއްޖެ ފުރަތަމަ މެޗުން ސްރީ ލަންކާ އަތުން 5-2 އިން މޮޅުވިއިރު ދެ ވަނަ މެޗުން ނޭޕާލް އަތުން 9-0 އިން ވަނީ ބަލިވެފަ އެވެ.
މި ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ފުރުސަތު ހޯދީ ނުވަ ޕޮއިންޓާ އެކު ނޭޕާލެވެ. މިދިޔަ ތިން ފަހަރު ވެސް ފައިނަލުގައި ވާދަކޮށް އިންޑިއާ އަތުން ބަލިވި ނޭޕާލް ވަނީ ފުރަތަމަ މެޗުން ބޫޓާން އަތުން 8-0 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުން ރާއްޖެ އަތުން މޮޅުވިއިރު ފަހު މެޗުން މިރޭ ލަންކާގެ މައްޗަށް ކުރީ ހޯދީ 1-0 އިންނެވެ.
މިރޭގެ މެޗުގެ 18 ވަނަ މިނެޓުގައި ރާއްޖެ އަށް ލީޑު ނަގައިދިނީ ކެޕްޓަން ފަދުވާ ޒާހިރެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން 36 ވަނަ މިނެޓުގައި ރާއްޖޭގެ ދެ ވަނަ ލަނޑު ޖެހީ އައިމިނަތު ޝަމީލާ އެވެ. ދެ ވަނަ ހާފުގައި ބޫޓާނުން ކުޅުން ރަނގަޅުކުރި އިރު އެ ޓީމަށް އުއްމީދެެއް ގެނެސްދިނީ 81 ވަނަ މިނެޓުގައި ޓަންކާ މަޔާ އެވެ. އެކަމަކު އިތުރު ވަގުތުގެ ތެރޭގައި ފަދުވާ ވަނީ ރާއްޖޭގެ ތިން ވަނަ ގޯލް ޖަހައި މެޗުން މޮޅެއް ކަށަވަރުކޮށްދީފަ އެވެ.
މިރޭގެ މެޗުގައި ދެ ލަނޑު ޖެހި ފަދުވާ ވަނީ ފުރަތަމަ މެޗުގައި ލަންކާ ކޮޅަށް ހެޓްރިކެއް ހަދައިފަ އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ވަނީ މުބާރާތުގައި މިހާތަނަށް ޖުމްލަ ފަސް ލަނޑު ޖަހައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ އަކީ ފުޓްބޯޅައިގެ އިތުރުން ބާސްކެޓްބޯޅައިގެ ވެސް ހުނަރުވެރިއެކެވެ.
ސައުތު އޭޝިއަން ގޭމްސް މެޗެއްގެ ތެރެއިން އަންހެން ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން: ކެޕްޓަން ފަދުވާ (7). -- ފޮޓޯ: އޮލިމްޕިކް ކޮމިޓީ
މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ބައްދަލުކުރާނީ ގްރޫޕް ބީ ގެ އެއް ވަނަ ޓީމާ އެވެ. ތިން ޓީމު ހިމެނޭ ގްރޫޕް ބީ އިން އަފްގާނިސްތާން ކަޓާފައިވާއިރު އެއް ވަނަ އަށް ވާދަކުރަނީ މިހާރު ތިން ޕޮއިންޓް ހޯދާފައިވާ ބަންގްލަދޭޝާއި އިންޑިއާ އެވެ. އެއް ވަނަ ލިބޭނީ މިދެ ޓީމު މާދަމާ ކުޅެ މޮޅުވާ ޓީމަކަށެވެ. އެއްވަރުވެއްޖެ ނަމަ އެއް ވަނަ ލިބޭނީ ބަންގްލަދޭޝަށެވެ. ދެ ވަނަ ޓީމު ސެމީގައި ބައްދަލުކުރާނީ ނޭޕާލާ އެވެ.
މިއީ ރާއްޖޭން މުބާރާތުގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މުބާރާތުގައި 2010 ވަނަ އަހަރު ނޭޕާލް އަތުން 6-0 އިން ބަލިވިއިރު ޕާކިސްތާން އަތުން 2-1 އިން ބަލިވީ އެވެ. ފަހު މެޗުގައި އަފްގާނިސްތާ 2-2 އިން އެއްވަރުކޮށް އެންމެ ޕޮއިންޓަކާ އެކު ރާއްޖެ ގްރޫޕް ސްޓޭޖް ނިންމާލީ ތިން ވަނައިގައި އޮވެ އެވެ.
ސްރީ ލަންކާގައި 2012 ވަނަ އަހަރު ބޭއްވި މުބާރާތުން ރާއްޖެ ދިޔައީ އެންމެ ޕޮއިންޓަކާ އެކު ގްރޫޕުގެ ފުލަށެވެ. ފުރަތަމަ މެޗުގައި އަފްގާނިސްތާނާ 1-1 އިން އެއްވަރުވިއިރު ދެ ވަނަ މެޗުން ނޭޕާލް އަތުން 5-0 އިން ބަލިވީ އެވެ. އަދި ތިން ވަނަ މެޗުން ޕާކިސްތާން އަތުން 3-0 އިން ވަނީ ބަލިވެފަ އެވެ.
ޕާކިސްތާނުގައި 2014 ވަނަ އަހަރު ބޭއްވި ވިމެންސް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ވަނީ މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފަ އެވެ. ރިފާގެ ލަނޑުން އަފްގާނިސްތާން އަތުން 1-0 އިން މޮޅުވި އިރު އިންޑިއާ އަތުން 8-0 އިން އަދި ބަންގްލަދޭޝް އަތުން 3-1 އިން ބަލިވެ ރާއްޖެ ދިޔައީ ތިން ޕޮއިންޓާ އެކު ގްރޫޕުގެ ތިން ވަނަ އަށެވެ.
މިިދިޔަ ތިން މުބާރާތަށް ބަލާއިރު ވެސް ރާއްޖެ އައީ ފަހަރަށް ވުރެ ފަހަރެއް ކުރި ހޯދަމުންނެވެ. ދެކުނު ކޮރެއާގެ ކޯޗެއްގެ އިރުޝާދުގެ ދަށުން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު ވަނީ މުބާރާތުގެ ކުރިން ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ތަމްރީން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. އެ ދަތުރުގައި ޔޫއޭއީ އަތުން ވަނީ 1-0 އިން މޮޅުވެފަ އެވެ.
ލަންކާ ހަމަނުޖެހުމުން އަންހެން ޓީމު އިންޑިއާއާ ދެކޮޅަށް
ރޯދަ މަހު ކުޅެން ޖެހޭތީ އަންހެން ޓީމު ވާދަނުކުރާނެ
އަންހެން ގައުމީ ޓީމު އެކުވެރިކަމުގެ މެޗުތަކެއް ކުޅެނީ
ސަސްޕެންޝަނުގައި ހުއްޓަސް ސުޕަ ކަޕްގައި ވިނީ ފެންނާނެ
ކޯޗެއްގެ ގޮތުގައި ދެން ނުފެންނާނެ: ޝާޒް
އެމްބާޕޭގެ ފައިސާގެ މައްސަލަ؛ ޕީއެސްޖީ ސަސްޕެންޑްވެދާނެ
ރެފްރީންނާ ހެދި ތުރުކީ ލީގު ވަނީ ވިހަވެފައި: މޮރީނިއޯ
މެޑްރިޑާ ގުޅޭ ވާހަކަތަކުން ޓްރެންޓަށް އަސަރެއް ނުކުރޭ
އިޓަލީގެ ކުރީގެ ފޯވާޑް ޑިވާއިއޯގެ މެޗެއް މީދޫގައި
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި