މި މަހުގެ 21 ވަނަ ދުވަހު ޔޯގާ ދުވަސް ފާހަގަކުރަނިކޮށް، ބަޔަކު ގަލޮޅު ދަނޑަށް ވަދެ، އެތަނުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުން ކަމަށް އެއްބަސްވާ ކަމަށް ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
27 ޖޫން 2022
މި މަހުގެ 21 ވަނަ ދުވަހު ޔޯގާ ދުވަސް ފާހަގަކުރަނިކޮށް، ބަޔަކު ގަލޮޅު ދަނޑަށް ވަދެ، އެތަނުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުން ކަމަށް އެއްބަސްވާ ކަމަށް ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝުޖާއު ވިދާޅުވީ މީގެ ކުރިން ފުލުުހުން ވާނީ އެއަށް ވުރެ މާ ރަނގަޅަށް، މާ ޕްރޮޕެޝަނަލްކޮށް ކްރައުޑްތައް ކޮންޓްރޯލްކޮށްފައި ކަމަށާއި އެ ދުވަހު ކަންތައް ދިމާވީ އެކަން ވާންޖެހޭ ގޮތަށް ނޫން ކަމަށެވެ.
"އެތަނުގެ [ގަލޮޅު ދަނޑުގެ] ސެކިއުރިޓީ ބްރީޗަކުން ހިންގި އެކަމަކީ އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑުމެންގެ ސެކިއުރިޓީ ފެއިލިއާއެއް ކަމަށް އަޅުގަނޑުމެން އެޑިމިޓްކުރަން،" ޝުޖާއު ވިދާޅުވި އެވެ.
ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހަދަމުން އަންނަ ކަމަށާއި އެކަމުގެ ރިޕޯޓް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަމާ ގުޅޭ އިންކުއަރީތަކެއް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުންނާއި ޕޮލިސް ބޯޓުން ވެސް ހަދަމުން އަންނަ ކަމަށެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސް މިހާރު ވަނީ މިކަމާ ގުޅޭ ގޮތުން، ކެބިނެޓުގައި ހެދިފައިވާ ސަބް ކޮމެޓީ އަށް ވެސް ޖަވާބުދާރީވެފައި،" ސުޖާއު ވިދާޅުވި އެވެ.
މީގެ ފަހުން އެއްވުންތައް ކޮންޓްރޯލްކުރުމުގައި އަވަހަށް އެއްވުންތައް ރޫޅާލަން ބަލާނެ ކަމަށާއި އެއްވުންތައް ރޫޅާލުމުގައި ފުލުހުން ގެންގުޅޭ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
އެތަނުގެ [ގަލޮޅު ދަނޑުގެ] ސެކިއުރިޓީ ބްރީޗަކުން ހިންގި އެކަމަކީ އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑުމެންގެ ސެކިއުރިޓީ ފެއިލިއާއެއް ކަމަށް އަޅުގަނޑުމެން އެޑިމިޓްކުރަން: ޝުޖާއު
ޝުޖާއު ވިދާޅުވި ގޮތުގައި އިވެންޓް އިންތިޒާމްކުރި ފަރާތުން ވެސް އިވެންޓްގައި ބައިވެރިވަނީ ކޮން ފެންވަރެއްގެ ކޮން ބައެއްކަން އަންގާފައި ނުވާ ކަމަށާއި ފުލުހުންނަށް އެ މައުލޫމާތު ލިބުނީ އެ ތަނަށް ދިއުމުން ކަމަށެވެ. އެހެންވެ މީގެ ފަހުން މިފަދަ އިވެންޓްތަކާ ގުޅޭ ގޮތުން ކުރިއާލައި މިފަދަ މައުލޫމާތު ހޯދާނެ ކަމަށް ވިދާޅުވި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ދަނޑަށް ވަދެ އިންޒާރު ދިންއިރު، ހަ ގައުމެއްގެ ސަފީރުން އެތަނުގައި ތިއްބެވެ.
ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރަނިކޮށް ބަޔަކު ވަދެގަނެ، އެތަނުގައި ހުރި ތަކެތި އުކާލައި، މީހުންނަށް ހަމަލާދީ، ބިރު ދައްކައި އިންޒާރުދިން މައްސަލާގައި މިހާތަނަށް 21 މީހަކު ހައްޔަރުކޮށްފައިވެ އެވެ.
އެ މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރު ކުރި މީހުންގެ ތެރެއިން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ހަރަކާތް ކޮމިޓީގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލް އާއި އިބްރާހިމް ރައްޒާނާއި ޝެއިހު އާދަމް ނިޝާން އަދި ޝެއިހު ފަޒްލޫން މުހައްމަދު ހިމެނެ އެވެ.
ޝެއިހް މުހައްމަދު ފަޒްލޫނާއި އާދަމް ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓައިފަ އެވެ. ހަމަނުޖެހުންތަކާ ގުޅިގެން އެ މައްސަލަ ބެއްލެވުމަށް ވަޒީރުންގެ މަޖިލީހުގެ ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާއިރު، އެކަމުގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ވެސް ހާއްސަ އިންކުއަރީއެއް އަންނަނީ ހިންގަމުންނެވެ.
ދަނޑުގައި ޔޯގާ ހަމަނުޖެހުން ހިންގީ، އެ ހަރަކާތް ހުއްޓުވަން ސޯޝަލް މީޑިއާގައި އަޑު އުފުލުމަށް ފަހު އެވެ. ހަމަނުޖެހުން ހިންގި ތަނަށް ފަތިހު ދިދަތައް ނެރެގެން ގެންދިޔައީ ޕީޕީއެމްގެ އޮފީހުންނެވެ. އެކަމަކު އެ ޕާޓީން ބުނެފައި ވަނީ ހަމަނުޖެހުން ހިންގުމުގައި އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ އެ ޕާޓީން ދިދަތައް ނެރުނު މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކުރީގެ އަނބިމީހާ ބްލެކްމެއިލް ކުރި މީހަކު ހައްޔަރު
ލޯބިވެރިޔާ ބްލެކްމެއިލް ކުރި ފުލުސްމީހާ ހެކި ނައްތާލި
ކުޑަކުދިން ވެސް ދޫނުކުރި، ފިތްކަނޑައިގެންދާ ވަރުވޭ!
ފަޒްލޫން ބަންދުން ދޫކޮށްލީ ގޯސްކޮށް: ހައިކޯޓް
ނިޝާން ދޫކޮށްލި މައްސަލަ ހައިކޯޓުން ބަލައެއްނުގަތް
ނިޝާން ތިން ފަހަރަށް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް
ކުރީގެ ލޯބިވެރިޔާ ބްލެކްމެއިލް ކުރިކަން ސާބިތެއްނުވި
ޝައިހް ފަޒްލޫން ބަންދުކުރީ ރަނގަޅަށް: ހައި ކޯޓް
ޝައިހް ނިޝާން ވެސް ބަންދުން ދޫކޮށްލައިފި
ޝޭހް ނިޝާން ބަންދުކުރީ ރަނގަޅަށް: ހައި ކޯޓް