Roadha Mihaaru
ފައިގަތަޅާ މުބާރާތް: ޔޫތު މިނިސްޓްރީ މޮޅުވެއްޖެ

ފައިގަތަޅާ މުބާރާތް: ޔޫތު މިނިސްޓްރީ އާއި ފެމެލީ ކޯޓު މޮޅުވެއްޖެ

23 ޖޫން 2022

ޔުނިކްސް ސްޕޯޓިން އާއި ސްޕޯޓްސް ކޯޕަރޭޝަން ގުޅިގެން ބާއްވާ ފައިގަތަޅާ މުބާރާތުގެ ފުރަތަމަ މެޗުތަކުން ޔޫތު މިނިސްޓްރީ އާއި ފެމެލީ ކޯޓް މޮޅުވެއްޖެ އެވެ.

ޔުނިކްސް ސްޕޯޓިން އާއި ސްޕޯޓްސް ކޯޕަރޭޝަން ގުޅިގެން ބާއްވާ ފައިގަތަޅާ މުބާރާތުގެ ފުރަތަމަ މެޗުތަކުން ޔޫތު މިނިސްޓްރީ އާއި ފެމެލީ ކޯޓް މޮޅުވެއްޖެ އެވެ.

އިއްޔެ ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ވާދަކުރީ މުލަ މޯލްޑިވްސް އާއި ފެމިލީ ކޯޓެވެ. އެ މެޗު ފެމެލީ ކޯޓުން ކާމިޔާބު ކުރީ 28-20 ންނެވެ. ދެވަނަ މެޗަކީ ފިރިހެން ޑިވިޝަނުގެ މެޗެކެވެ. އެ މެޗުގައި ޔޫތު މިނިސްޓްރީގެ ޔޫތު ކްލަބާއި މުލަ މޯލްޑިވްސް އެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވެސް ކުޅުއްވި މެޗުން، ޔޫތުގެ ޓީމު މޮޅުވީ 27-24 ންނެވެ.

ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށް ދާ މުބާރާތުގެ މެޗުތައް ރޭ ވެސް ކުރިއަށް ގެންދިޔަ އެވެ. މިއަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މުބާރާތުގައި ކޮންމެ ދުވަހު ހަވީރު 4 ން ރޭގަނޑު 11 ޖަހަންދެން މެޗުތައް ކުރިއަށްދާނެ އެވެ.

އިއްޔެ ފެށި ފައިތަޅާ ފޯރި މުބާރާތުގެ މެޗެއްގެ ތެރެއިން: އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް މުބާރާތް ކުރިއަށް ދާނެ --- ފޮޓޯ: ޔުނިކް ސްޕޯޓިން

އިއްޔެ ފެށި ފައިތަޅާ ފޯރި މުބާރާތުގެ މެޗެއްގެ ތެރެއިން: އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް މުބާރާތް ކުރިއަށް ދާނެ --- ފޮޓޯ: ޔުނިކް ސްޕޯޓިން

އަންހެން ޑިވިޝަންގެ މެޗުތަކުގެ ނަތީޖާ

- ފެމެލީ ކޯޓް 28 - 20 މުލަ މޯލްޑިވްސް

- ޓްރޭޑް ނެޓް 26 - 12 މޯލްޑިވްސް ޕޯސްޓް

- ޔޫތު މިނިސްޓްރީ 9 - 28 ކަސްޓަމް

- ޕެންޝަން އޮފީސް 25 - 19 އެޗްޑީސީ

- އާރްޑީސީ 17 - 26 ސްޓެލްކޯ

މުބާރާތް ކުރިއަށް ގެންދާނީ އެޗްޑީސީ އާއި އާރްޑީސީގެ އެހީތެރިކަމާއެކު އެވެ. ފައިގަތަޅާ ކޯޓް ހަދާފައި ވަނީ ހުޅުމާލޭ ދެވަނަ ފޭސްގެ ހިޔާ ފްލެޓް ސަރހައްދުގައި އަތިމައްޗާ ކައިރީ ބަސް ސްޓޭޝަނާ ދިމާލުގަ އެވެ.

ދެ ކެޓގަރީން ވެސް މުބާރާތުން ޗެމްޕިއަންކަންކަން ހޯދާ ދެ ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ސޮނީ ސްޕޯޓްސްއިން ދޭ ގިފްޓް ވައުޗަރެއް ލިބޭނެ އެވެ.

ފިރިހެން ޑިވިޝަންގެ މެޗުތަކުގެ ނަތީޖާ

- މުލަ މޯލްޑިވްސް 24 - 27 ޔޫތު މިނިސްޓްރީ

- އެމްސީބީ 15 - 16 މޯލްޑިވްސް ޕޯސްޓް

- މިފްކޯ 22 - 10 މީރާ

- ކަސްޓަމް 16 - 22 އާރްޑީސީ

- ޕެންޝަން އޮފީސް 24 - 16 އެމްއައިބީ