Roadha Mihaaru
ވެބްސައިޓްތައް ޑައުންވީ ކްލައުޑްފްލެއާގެ މައްސަލައަކުން

ވެބްސައިޓްތައް ޑައުންވީ ކްލައުޑްފްލެއާގެ މައްސަލައަކުން

21 ޖޫން 2022

ޑީޑޮސް ފަދަ ސައިބަ ހަމަލާތަކުން ރައްކާތެރިކަން ހޯދައިދޭ ކްލައުޑްފްލެއާ ހިދުމަތަށް ދިމާވި މައްސަލައަކާ ހެދި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެބްސައިޓްތަކާއި އިންޓަނެޓްގެ އެކި ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

ކްލައުޑްފްލެއާ އިން ކުރި ޓްވީޓެއްގައި ވަނީ އެ ހިދުމަތަށް މައްސަލައެއް ދިމާވެގެން އުޅޭ ކަމަށް ބުނެފަ އެވެ. ދިމާވެގެން އުޅޭ މައްސަލަ ދެނެގަނެވިފައިވާ ކަމަށާއި މައްސަލަ މިހާރު އަންނަނީ ހައްލުކުރަމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގައި ވެސް ކްލައުޑްފްލެއާ ބޭނުންކުރާ ވެބްސައިޓްތަކާއި އޮންލައިންކޮށް ދޭ ބައެއް ހިދުމަތްތަކަށް ވަނީ މި މައްސަލަ ކުރިމަތިވެފަ އެވެ.

"ކްލައުޑްފްލެއާ ބޭނުންކުރާ ނަމަ، އެރާ އަދި ޓައިމްއައުޓް މެސެޖު ލިބުމަކީ މި ވަގުތު އެކަށީގެންވާ ކަމެއް،" ކްލައުޑްފްލެއާ އިން ބުނެފައިވެ އެވެ.

މި މައްސަލަ ދުނިޔޭގެ އެހެން ބައެއް ހިސާބުތަކަށް މިދިޔަ ހަފްތާގައި ވެސް ކުރިމަތިވި އެވެ.

ކްލައުޑްފްލެއާގެ ސީޓީއޯ ގްރަހަމް-ކަމިން ހެކާސް ނިއުސް އަށް ބުނެފައިވާ ގޮތުގައި މައްސަލަ ދިމާވެގެން އުޅެނީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ނޫނެވެ. އެކަމަކު ވަރަށް ގިނަ ސަރަހައްދުތަކަށް މައްސަލަ ދިމާވެފައިވާ ކަމަށާއި މިއީ ކްލައުޑްފްލެއާގެ "ބެކްބޯންގެ މައްސަލައެއް" ކަމަށާއި އެކަން ހައްލުކުރަން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.