ޕާމާ (ޖޫން 21) - އާޖެންޓީނާ އާއި ނަޕޯލީގެ ލެޖެންޑް ޑިއޭގޯ މެރަޑޯނާ އާ އެއް ފެންވަރަށް، އިޓާލިއަން ލީގުގައި އެންހަލް ޑި މާރިއާ ކުޅޭނެ ކަމަށް، ލެޖެންޑްރީ ގޯލް ކީޕަރު ޖިއާންލުއީޖީ ބުފޮން ބުނެފި އެވެ.
ޕާމާ (ޖޫން 21) - އާޖެންޓީނާ އާއި ނަޕޯލީގެ ލެޖެންޑް ޑިއޭގޯ މެރަޑޯނާ އާ އެއް ފެންވަރަށް، އިޓާލިއަން ލީގުގައި އެންހަލް ޑި މާރިއާ ކުޅޭނެ ކަމަށް، ލެޖެންޑްރީ ގޯލް ކީޕަރު ޖިއާންލުއީޖީ ބުފޮން ބުނެފި އެވެ.
ޕީއެސްޖީގެ ކޮންޓްރެކްޓް ހަމަވެފައި ވުމުން އެހެން ކަލްބަކަށް ޑި މާރިއާ ބަދަލުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ޓްރާންސްފާ ރިޕޯޓްތައް ބުނާ ގޮތުން އޭނާ ބަދަލުވާނެ ކަމަށް ބެލެވެނީ ޔުވެންޓަސް އަށެވެ.
ބުފޮން ބުނީ ވިންގް ފޯވާޑަކަށް އަދި އެޓޭކިން މިޑްފީލްޑަރަކަށް އަދި ޕްލޭ މޭކަރަކަށް ވެސް ޑި މާރިއާ އަށް ކުޅެވޭނެ ކަމަށެވެ.
"ކޮންމެ ކްލަބަކަށް އޭނާ ސޮއި ކުރިޔަސް އެ ކްލަބަކަށް އޭނާގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެ. އަހަރެން އުންމީދު ކުރަނީ އެ ކްލަބަށް ވާނީ ޔުވެންޓަސް ކަމަށް،" ގާތްގަނޑަކަށް 18 އަހަރު ވަންދެން ޔުވެންޓަސް ކުޅުނު ކީޕަރު ބުންޏެވެ.
"އަހަރެން މި ވާހަކަ ދައްކަނީ ފުޓްބޯޅަ އެ ކުޅުންތެރިޔަކަށް ބޭނުންވާ ކުޅުންތެެރިޔެއްގެ ވާހަކަ."
ޑި މާރިއާ އަށް ތައުރީފް ކުރަމުން ބުފޯން ވަނީ އެހެން ލެވަލް އަކަށް ވެސް އެކަން ގެންގޮސްފަ އެވެ. އޭނާ އެއްވަރު ކުރީ ނަޕޯލީ އަށް ކުޅުނު އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މެރަޑޯނާ އާ އެވެ.
"އިޓަލީގައި ޑި މާރިއާ ކުޅޭނެ މެރަޑޯނާ އާ އެއްލަވަލަކަށް،" ޕީއެސްޖީގައި ޑި މާރިއާ އާ އެއްކޮށް ކުޅުނު ބުފޯން ބުންޏެވެ. "މިހާރު އިޓަލީގެ ލީގަކީ ޓެކްނިކަލް ކޮލިޓީ ދަށް ލީގެއް. އެންހަލްގެ ކިބައިގައި އެބަހުރި އޭނާގެ ޓެކްނިކަލް ކޮލިޓީ ބޭނުން ކޮށްގެން ކުރިއަށް ދެވޭނެ ކޮލިޓީ."
ބުފޮން މިހާރު ކުޅެމުން ދަނީ، އިޓަލީގެ ދެވަނަ ޑިވިޝަންގައި އޭނާގެ ކުރީގެ ކްލަބާ ޕާމާ ގަ އެވެ. ޔުވެންޓަސް އަށް 2001 ގައި އޭނާ ބަދަލުވީ އެ ކްލަބްގައި ކުޅުމަށް ފަހު އެވެ.
މަރަޑޯނާ ސްޓައިލްގެ ގޯލެއް ޖަހައިގެން ނޭމާއަށް އަދަބު
މަރަޑޯނާގެ މަރާ ގުޅިގެން މެޑިކަލް ޓީމަށް ދައުވާ ކުރަނީ
ރޮސާރިއޯގައި ޑި މާރިއާ އާއި އާއިލާއަށް އިންޒާރު
ލެޖެންޑަރީ ބުފޮންގެ ދިގު ކެރިއާ ނިންމާލަން ތައްޔާރުވަނީ
13 އަހަރަށް ފަހު ޑި މާރިއާ އެނބުރި ބެންފީކާ އަށް
33 އަހަރު ފަހުން ނަޕޯލީއަށް އިޓަލީގެ ރަސްކަން
ބާސެލޯނާ ކަޓުވާލައި ޔުނައިޓެޑް އަނެއް ހަރުފަތަށް
އެޓަލާންޓާ މެޗުން ޔުވެންޓަސް އަށް ހޯދުނީ އެއް ޕޮއިންޓް
44 އަހަރުގެ ބުފޮން ސެން ސީރޯ ގައި، އަދިވެސް ތަފާތު
އާޖެންޓީނާ މޮޅުވުމަކީ ބައްޕަ އަށް ވެސް ލިބޭނެ ޝަރަފެއް