ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ސަޕޯޓަރުން އެންމެ އިންތިޒާރުކުރަމުން އަންނަ ފިލްމު "ބްރަހްމަސްތުރާ"ގެ ޓްރެއިލާ ނެރެފި އެވެ.
ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ސަޕޯޓަރުން އެންމެ އިންތިޒާރުކުރަމުން އަންނަ ފިލްމު "ބްރަހްމަސްތުރާ"ގެ ޓްރެއިލާ ނެރެފި އެވެ.
އިއްޔެ ހެނދުނު ދޫކޮށްލި އެ ޓްރެއިލާއާ އެކު އެންމެ ވެސް ދެއްކީ ލީޑު ޖޯޑުގެ ކެމިސްޓްރީގެ ވާހަކަ އެވެ. އަދި ގާތްގަނޑަކަށް ތިން މިނެޓްގެ އެ ޓްރެއިލާގެ މިއުޒިކާއި ވިޝުއަލް އިފެކްޓްތަކަށް ވެސް ސަމާލުކަން ލިބުނެވެ.
ވިޝުއަލް އިފެކްޓްސްގެ ގިނަ މަސައްކަތްތަކެއް ޓްރެއިލާ އިން ފެންނައިރު، މި އަހަރު ނެރޭ އެންމެ އަގުބޮޑު ފިލްމަށް އެ މަސައްކަތްވާ ސަބަބަކީ ވެސް އެއީ އެވެ. އެ ފިލްމު ހެދުމަށް ތިން ބިލިއަން ރުޕީސް ހޭދަކޮށްފައިވެ އެވެެ.
ބޮލީވުޑްގެ ފިލްމުތަކުގައި މީގެން ކުރިން އެހާ ބޮޑު ވިޝުއަލް އިފެކްޓްސްތަކެއް ނުފެނެ އެވެ. އެހެންވެ، ބޮލީވުޑުން އެހާ ބޮޑު މަސައްކަތެއް ކުރުމުން ސަޕޯޓަރުން އަންނަނީ ޓީމަށް ތައުރީފުކުރަމުންނެވެ.
އަޔާން މުކަރްޖީ ޑައިރެކްޓްކުރާ އެ ފިލްމުގައި ރަންބީރު ފެންނަނީ އާދަޔާ ހިލާފު ބާރުތަކެއް ލިިބިފައިވާ މީހެއްގެ ރޯލުންނެވެ. އަލިފާނުގައި ޖެހުމުން ވެސް އޭނާ އަށް އަނިޔާއެއް ނުވާ މަންޒަރު ފެނެ އެވެ. އާދައިގެ މީހެއްގެ ރޯލުން އާލިއާ ފެންނައިރު، އާލިއާ އާއި ރަންބީރު ހިތާވެ ލޯބީގެ ގޮތުން ގުޅޭ މަންޒަރު ވެސް ފެނެ އެވެ.
ހިޔާލީ ވާހަކައަކަށް ގެނެސްދޭ އެ ފިލްމު ބިނާކޮށްފައި ވަނީ ހިންދޫ މިތޮލޮޖީއަކަށެވެ. ސުޕަހީރޯ ސްޓައިލަށް އެ ފިލްމު ގެނެސްދެނީ ޒަމާނީ ރަހަތަކާ އެކު އެވެ.
ދަރްމާ ޕްރޮޑަކްޝަންގެ އެ ފިލްމު ރިލީޒްކުރާނީ އަންނަ ސެޕްޓެމްބަރު ނުވައެއްގަ އެވެ. އެ ފިލްމު ފަސް ބަހަކުން ރިލީޒްކުރާނެ އެވެ. އޭގެ ތެރޭގައި ހިންދީ، ތަމަޅަ، ތެލުގޫ، މަލަޔާލަމް އަދި ކަންނަޑާ ބަސް ހިމެނެ އެވެ. އެ ފިލްމުގައި ރަންބީރާއި އާލިއާގެ އިތުރަށް އަމީތާބު ބައްޗަން އާއި މޯނީ ރޯއީ ވެސް ފެންނާނެ އެވެ.
މިދިޔަ އަހަރު ރިލީޒްކުރުމަށް މަސައްކަތްކުރި އެ ފިލްމު ފަސްކުރަން ޖެހުނީ ކޮވިޑްގެ ސަބަބުންނެވެ.
ރަންބީރާއި އާލިއާގެ "ބުރައްމަސްތުރާ" އަންނަ އަހަރު
"ބުރައްމަސްތުރާ" ގައި ޝާހްރުކަކީ ސައިންޓިސްޓެއް
ބޮލީވުޑް ވަރަށް މިސްވޭ: ފަވާދު
ރަންބީރަކީ ވަރަށް މޮޅު އެކްޓަރެއް: އަމީތާބް
އަޔާންގެ "ބުރައްމަސްތުރާ" ނިންމަން ހަންގޭރީ އަށް
"ބުރައްމަސްތުރާ" އާ އެކު އަޔާން ޕްރޮޑިއުސަރަކަށް
ރަންބީރާއި އާލިއާގެ "ބުރައްމަސްތުރާ" އަންނަ އަހަރު
"ބުރައްމަސްތުރާ" ނޮވެމްބަރު ނުވަތަ ޑިސެމްބަރުގައި
"ބުރައްމަސްތުރާ" ގެ ފަހު މަންޒަރުތައް ނަގަނީ
"ބުރައްމަސްތުރާ" ގެ ޑިޖިޓަލް ޕްރިމިއާއާ ކަރަން ދެކޮޅު