Roadha Mihaaru
ދުވާލަކު 800 ޕާސްޕޯޓް؛ އިމިގްރޭޝަނަށް ބާރު ބޮޑު

ދުވާލަކު 800 ޕާސްޕޯޓް؛ އިމިގްރޭޝަނަށް ބާރު ބޮޑުވެ ވަގުތު އިތުރުކޮށްފި

13 ޖޫން 2022

މިދުވަސްވަރު ޕާސްޕޯޓް ހެދުމަށް ހުށަހަޅާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެފައިވާތީ ރޭގަނޑު 9:30 ގެ ނިޔަލަށް ހިދުމަތްދޭން ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިދުވަސްވަރު ޕާސްޕޯޓް ހެދުމަށް ހުށަހަޅާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެފައިވާތީ ރޭގަނޑު 9:30 ގެ ނިޔަލަށް ހިދުމަތްދޭން ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ބުނެފި އެވެ.

އިމިގްރޭޝަނުން ކުރި ޓްވީޓެއްގައި ބުނީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ގިނަ ދުވަސްތަކަކަށް ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، ދަތުރުކުރުމުގެ ލުއިތައް ލިބުމާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު އަންދާޒާކުރި ވަރަށް ވުރެ ވެސް އިތުރުވެފައިވާ ކަމަށެވެ.

ކުރިން ޕާސްޕޯޓް ހެއްދުމަށް 200 އެއްހާ އެޕްލިކޭޝަން ދުވާލަކު ހުށަހެޅި ނަމަވެސް މިހާރު އެވްރެޖްކޮށް 800 އެޕްލިކޭޝަން ހުށަހަޅާ ކަމަށް އިމިގްރޭޝަނުން ބުންޏެެވެ.

"މި ޑިމާންޑާ ގުޅިގެން ރޭގަނޑު 9:30 އާ ހަމައަށް އަޅުގަނޑުމެން މަސައްކަތް މެދުކެނޑުމެއް ނެތި މިހާރު ކުރިއަށް ގެންދާ ވާހަކަ ދަންނަވަމެވެ،" އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި ހިދުމަތުގެ ވަގުތު އިތުރުކުރުމުގެ ގޮތުން މާދަމާއިން ފެށިގެން ހަވީރު 3:00 އާ ހަމައަށް ޕާސްޕޯޓް ދޫކުރުން ވެސް އޮންނާނެ އެވެ.