11 ޖޫން 2022
މިއުޒިކީ ދުނިޔޭގައި އައިކޮންއެއްގެ ގޮތުގައި ގިނަ ބަޔަކަށް އެނގޭ އެމެރިކާގެ ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް ތިންވަނަ ކައިވެނި ޕާޓީގެ ތެރެއިން އޭނާގެ ކުރީގެ ފިރިމީހާ ހައްޔަރުކޮށްފި އެވެ.
މިއުޒިކީ ދުނިޔޭގައި އައިކޮންއެއްގެ ގޮތުގައި ގިނަ ބަޔަކަށް އެނގޭ އެމެރިކާގެ ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް ތިންވަނަ ކައިވެނި ޕާޓީގެ ތެރެއިން އޭނާގެ ކުރީގެ ފިރިމީހާ ހައްޔަރުކޮށްފި އެވެ.
އެތައް ދުވަހަކު އެކީގައި އުޅުމަށް ފަހު، ބްރިޓްނީ ކައިވެނިކޮށްފައި ވަނީ އޭނާގެ ޕާޓްނަރު ސޭމް އަސްގަރީއާ އެވެ. މިދިޔަ އަހަރު އެ ދެ މީހުން އެންގޭޖުވިއިރު، ދެ މީހުން އެންމެ ފުރަތަމަ ދިމާވީ 2017 ވަނަ އަހަރުގަ އެވެ. އެ ދެ މީހުން ދިމާވީ މިއުޒިކް ވީޑިއޯއެއްގެ ޝޫޓިންގެ ތެރެއިންނެވެ. ސޭމް އަކީ އެކްޓަރެއް އަދި މޮޑެލްއެކެވެ.
އެ ދެ މީހުން ކައިވެނިކުރީ މިދިޔަ ބުރާސްފަތި ދުވަހު ދެކުނު ކެރޮލައިނާގަ އެވެ.
އެ ދެ މީހުންގެ ކައިވެނީގެ ހަފުލާގައި ބައިވެރިވީ، ދެފަރާތުގެ ގާތް، އާއިލާގެ ބައެއް މެމްބަރުންނާއި އެކުވެރިންނެވެ. ކައިވެނީގެ ހަފުލާ ވަރަށް ހިތްގައިމުކޮށް ކުރިއަށް ދަނިކޮށް، ހުއްދައާ ނުލައި، ބްރިޓްނީ ފުރަތަމަ ކައިވެނިކުރި ޖޭސަން އެލެގްޒޭންޑްރާ ވަނީ އެ ހަފުލާ އޮތް ތަނަށް ވަދެ، ހަމަނުޖެހުން ހިންގަން އުޅެފަ އެވެ.
ބްރިޓްނީ އާއި އޭނާގެ ކުރީގެ ފިރިމީހާ ޖޭސަން އެލެގްޒެންޑްރާ.
ޖޭސަން އާއި ބްރިޓީ ކައިވެނިކުރީ 2004 ވަނަ އަހަރުގައި ލަސް ވޭގަސްގަ އެވެ. އެ ކައިވެންޏަށް 55 ގަޑިއިރުވިތަނުން އެ ދެ މީހުން ވަރިވި އެވެ.
ބްރިޓްނީގެ ކައިވެނި ޕާޓީ އަށް ޖޭސަން ވަދެ ވަނީ އެތަނުގައި ހުރި އެއްޗެއްސަށް ގެއްލުން ދޭން މަސައްކަތް ކޮށްފަ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އެ މައްސަލައިގަ އެވެ.
ޖޭސަން ވަނީ މީގެ ކުރިން ވެސް ބްރިޓްނީ އުޅޭ ގޭގެ ބޭރުގައި ކުރަހައި، މުދަލަށް ގެއްލުން ދީފަ އެވެ. އެކަމާ ގުޅިގެން ވެސް އޭނާ ހައްޔަރުކުރި އެވެ. ޖޭސަން މިވަގުތު ހުރީ ކެރޮލައިނާގެ ކައުންޓީ ޖަލުގަ އެވެ.
ޓޮމް އާއި ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަނީ
ޓޭޓަމް އާއި ޒޯއީ އެންގޭޖުވެއްޖެ
ކްރިސް އެވަންސް ވަރަށް ސިއްރުން ކައިވެނިކޮށްފި
ޑޯސާ ހަދާނެ ގޮތް ބްރިޓްނީ ކިޔައިދީފި
ބްރިޓްނީގެ ލޯބިވެރިޔާ އަށް ގިބްސަނާ އެކު ފިލްމެއް
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
ސަލްމާން ރޮމޭނިއާ އިން ލޯބިވެރިޔަކު ހޯދައިފި
ތުރިޕްތީ ލޯބިވެރިޔާއާ އެކު ސައިކަލުގައި ހިނގައްޖެ
ވިޖޭ އާއި ތަމަންނާގެ ކައިވެނި އަންނަ އަހަރު