09 ޖޫން 2022
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބައިތިއްބަން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ޑިޓެންޝަން ފެސިލިޓީގެ މަސައްކަތް ދޮޅުމަސް ދުވަހުގެ ތެރޭގައި ނިންމައި، އެ ތަން ބޭނުންކުރަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިއްޔެ ވިދާޅުވެއްޖެ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބައިތިއްބަން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ޑިޓެންޝަން ފެސިލިޓީގެ މަސައްކަތް ދޮޅުމަސް ދުވަހުގެ ތެރޭގައި ނިންމައި، އެ ތަން ބޭނުންކުރަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިއްޔެ ވިދާޅުވެއްޖެ އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ހާއްސަ ޑިޓެންޝަން ފެސިލިޓީއެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ 300-500 އާ ދެމެދުގެ މީހުންގެ ޖާގައިގެ ތަނެކެވެ.
ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ރަށްރަށުގެ މީހުންނަށް އުނދަގޫތައް ކުރިމަތިވަމުންދާ މައްސަލަތަކާ ގުޅިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، އެ ޑިޓެންޝަން ފެސިލިޓީގެ މަސައްކަތް ނިމުމުން އެ މައްސަލަ އަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
މިދިޔަ އަހަރު ހަދަން ހަވާލުކުރި އެ ފެސިލިޓީގެ މަސައްކަތް ލަސްވީ ކޮވިޑާ ގުޅިގެން ދިމާވި ބަޖެޓުގެ ދަތިކަމާއި އެ ތަނުގެ މަސައްކަތް ފަށައިގެން ކުރިއަށް ދަނިކޮށް ބަޔަކު އެ ތަނަށް ގެއްލުން ދިނުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ބައުންޑްރީ ފެންސުންގެ މަސައްކަތް ނިމިފައި ވަނިކޮށް ބަޔަކު އެ ތަނަށް ގެއްލުން ދިނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިހާރު އެ ފެސިލިޓީގެ މަސައްކަތް ކުރަމުން އަންނަނީ އެމްޓީސީސީގެ ސީއެސްއާރު ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ.
އިއްޔެގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވި ގޮތުގައި، މިދިޔަ ތިން އަހަރު ރާއްޖެ އަށް ބަންގުލަދޭޝް އިން މަސައްކަތްތެރިން ގެނައުން ހުއްޓާލާފައި އޮތުމުން، އެ މީހުންނަށް އޮތް ޑިމާންޑް ވަރަށް ބޮޑުވެ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެތެން މިހާރު ދެކޮޅު ހަދަމުންދާ ކަމަށެވެ. އެ މައްސަލަ ހައްލުކުރަން އެއްވެސް ފިޔަވަޅެއް އަދި އެޅިފައި ނުވަނީ، އެ މީހުން ހައްޔަރުކޮށްގެން ވިޔަސް ގެންގޮސް ބަހައްޓާނެ، ކެޕޭސިޓީ ބޮޑު ޑިޓެންޝަން ފެސިލިޓީއެއް ވެސް ނެތުމުން ކަމަށް ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަހައްޓަން އިމިގްރޭޝަނުން މިހާރު ހަދާފައި ހުންނަ ޑިޓެންޝަން ފެސިލިޓީއަކީ އެންމެ 48 މީހުންގެ ޖާގައިގެ ތަނެކެވެ. ގާނޫނު އޮންނަ ގޮތުން ގަވާއިދާ ހިލާފަށް އުޅޭ މީހުން ބަންދުކުރެވެނީ ވެސް އިމިގްރޭޝަނަށް އެކަންޏެވެ. ފުލުހުންނަށް، އެ މީހުން 24 ގަޑިއިރަށް ބަންދުކޮށްފައި ބެހެއްޓުން ފިޔަވާ އިތުރު އެއްވެސް ފިޔަވަޅެއް ނޭޅެ އެވެ.
ޑިޓެންޝަންސެންޓަރު ހުޅުވައި، ލިޔުން ނެތް މީހުން ނަގަނީ
4 މަސްތެރޭ އިމިގްރޭޝަން ވޮޗްއަށް 1،017 މައްސަލަ
ގަވާއިދާ ހިލާފަށް އުޅުނު 14 ބިދޭސީއަކު އިމިގްރޭޝަނަށް
ބިދޭސީންގެ ފީއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި
ރަށުމާރުކޭޓުން ގަވާއިދާ ހިލާފު 23 ބިދޭސީން އަތުލައިފި
ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ދިވެހިންނަށް ނޯޓިސް
ޝަމްއާން ދެއްވީ މާޔޫސްވިޔަ ނުދޭނެކަމުގެ ޔަގީންކަން
ނުގަވައިދުން އުޅުނު 4000 ބިދޭސީއަކު ފުރުވާލައިފި
ގަވާއިދާ ހިލާފްވި 30 ބިދޭސީއަކު ޑީޕޯޓްކޮށްފި
ބިދޭސީން ދިރިއުޅޭ ތަންތަން ބަލަން އޮޕަރޭޝަނެއް ފަށައިފި