02 ޖޫން 2022
ހޮލީވުޑްގެ ދެ ތަރިން ކަމަށްވާ ޖޮނީ ޑެޕާއި އެމްބާ ހާޑް ކައިވެނިކޮށްގެން އުޅުނު ހިންގި ކަމަށް ބުނާ ގެވެށި އަނިޔާގެ އަމަލުތަކުގެ މައްސަލަތަކާ ގުޅުވައި ދެއްކި ވާހަކައަށް ފަހު އެކަކު އަނެކަކުގެ މައްޗަށް ކުރި އަބުރުގެ ދައުވާގައި ޑެޕަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.
ހޮލީވުޑްގެ ދެ ތަރިން ކަމަށްވާ ޖޮނީ ޑެޕާއި އެމްބާ ހާޑް ކައިވެނިކޮށްގެން އުޅުނު ހިންގި ކަމަށް ބުނާ ގެވެށި އަނިޔާގެ އަމަލުތަކުގެ މައްސަލަތަކާ ގުޅުވައި ދެއްކި ވާހަކައަށް ފަހު އެކަކު އަނެކަކުގެ މައްޗަށް ކުރި އަބުރުގެ ދައުވާގައި ޑެޕަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.
ކައިވެނިކޮށްގެން އުޅުނު އިރު ގެވެށި އަނިޔާގެ ޝިކާރައަކަށްވި ކަމަށް ބުނެ 2018 ވަނަ ވޮޝިންޓަން ޕޯސްޓްގައި ހާޑް ޝާއިއުކުރި ލިޔުމަކާ ގުޅިގެން އަބުރު ގެއްލުނު ކަމަށް ބުނެ ޑެޕް ދައުވާކުރީ 50 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދާށެވެ. ހާޑްގެ ތުހުމަތާ ގުޅިގެން ޑެޕްގެ ވަކީލުން ދެއްކި ވާހަކަތަކާ ގުޅިގެން އަބުރު ގެއްލި ކެރިއަރަށް ނޭދެވޭ އަސަރުކުރި ކަމަށް ބުނެ ހާޑް ވަނީ 100 މިލިއަނުގެ ބަދަލަކަށް ދައުވާކޮށްފަ އެވެ.
އެތައް ދުވަހެއްގެ އަޑުއެހުންތަކަށް ފަހު ޖޫރީން ނިންމީ ޕައިރޭޓްސް އޮފް ދަ ކެރީބިއަންގެ ތަރި ޑެޕްގެ އަބުރު ގެއްލޭ ގޮތަށް ހާޑް ތިން ފަހަރަކު ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އަކުއާ މޭންގެ ތަރި ހާޑްގެ އަބުރު ގެއްލޭ ގޮތަށް ޑެޕްގެ ފަރާތުން އެއް ބަޔާން ނެރުނު ކަމަށެވެ.
މި ދެ ތަރިން ވަނީ އަބުރު ގެއްލޭ ގޮތަށް ވާހަކަ ދެއްކުމުން އެ މީހުންގެ ފިލްމީ ކެރިއަރަށް ގެއްލުންވެ ފިލްމުތައް ލިބުމުގައި ހުރަސްތައް ކުރިމަތިވި ކަމަށް ބުނެފަ އެވެ.
ޖޫރީން ނިންމީ ޑެޕްގެ އަބުރު ގެއްލުމުގެ ބަދަލެއްގެ ގޮތުން 10 މިލިއަން ޑޮލަރު އަދި އެކަން ކުރުމުގެ އަދަބެއްގެ ގޮތުން ފަސް މިލިއަން ޑޮލަރު ދެއްކުމަށް ހާޑްގެ މައްޗަށް ހުކުމް ކުރުމަށެވެ. އަދި ޑެޕް ވެސް ހާޑްގެ އަބުރު ގެއްލޭ ގޮތަށް ވާޙަކަ ދެއްކި ކަމަށާއި އެހެންވެ އެކަމުގެ ބަދަލެއްގެ ގޮތުން ދެ މިލިއަން ޑޮލަރު ދައްކަން އެންގުމަށް ނިންމި އެވެ. އެކަމަކު ހާޑްގެ މައްޗަށް އަދަބެއްގެ ގޮތުން އެއްވެސް ފައިސާއެއް ކަނޑައެއް ނާޅަ އެވެ.
މައްސަލަ ބެލި، އެމެރިކާގެ ވާޖިނިއާ ސްޓޭޓްގައި މިފަދަ މައްސަލަތަކުގައި އަދަބެއްގެ ގޮތުން ކަނޑައެޅޭ އެންމެ ބޮޑު އަދަދެއް ކަމަށް އޮންނަނީ 350،000 ޑޮލަރެވެ. އެހެންވެ، މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ އެންމެ ގިނައިން ނަގައިދެވޭނީ މި އަދަދު ކަމަށް ކަނޑައަޅުއްވައިފަ އެވެ.
މައްސަލާގައި ޖޫރީން ނިންމި ގޮތް އިއްވި އިރު ހާޑް އިނީ އިސްޖަހާލައިގެންނެވެ. މި އަޑުއެހުމަށް ޑެޕް ހާޒިރެއް ނުވެ އެވެ. ކޯޓުގައި ލިބުނު ކާމިޔާބީއަށް ފަހު ޑެޕް ނެރުނު ބަޔާނުގައި ބުނީ ޖޫރީން "އަހަރެންގެ ދިރިއުޅުން އަނބުރައި ހޯދައިދީފި" ކަމަށެވެ. މިއީ ކޯޓުގައި ވެސް ޑެޕްގެ ވަކީލުން އަޑުއެހުންތައް ނިންމާލި ދުވަހު ބުނި އިބާރާތެކެވެ.
ހާޑް ނެރުނު ބަޔާނުގައި ބުނީ މިއީ ހިތް ހަލާކުވި ނިންމުމެއް ކަމަށެވެ.
"މިއީ ބަޔާންކޮށްނުދެވޭ ފަދަ ނާއުންމީދީ އިހްސާސެއް. އެތައް ބައިވަރު ހެއްކެއް ހުށަހެޅުމުން ވެސް އަހަރެންގެ ކުރީގެ ފިރިމީހާގެ ބާރާއި ނުފޫޒުގެ ކުރިމަތީގައި އެއީ ކަމެއް ސާބިތުކޮށްދެވޭ ވަރުގެ އެއްޗަކަށް ނުވީތީ މި ހުުރީ ހިތް ހަލާކުވެފައި،" ހާޑްގެ ބަޔާނުގައިވެ އެވެ.
މީގެ ކުރިން ޑެޕް ވަނީ އިނގިރޭސި ވިލާތުގައި ހާޑްގެ މައްޗަށް އަބުރުގެ ދައުވާކޮށް ނާކާމިޔާބު ވެފަ އެވެ. މިފަހަރުގެ ނިންމުމާ އެކު ހާޑްގެ ކެރިއަރަށް ގެއްލުންވެ ޑެޕްގެ ކެރިއަރަށް ފައިދާވާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ޑެޕާއި ހާޑްގެ ޑޮކިއުމެންޓްރީ ނެޓްލްފިކްސްއަށް
ޑެޕް އަނިޔާކުރީ މަސްތުގެ ހާލަތުގައި ހުރެ: ހާޑް
ޑެޕާ ދެކޮޅަށް ހާޑް ހެކިބަސް ދޭން ފަށައިފި
ކޯޓުގައި ހާޑްގެ ވަކީލުން ދޮގުހެދިކަން ފަޅާއަރައިފި
ހޮލީވުޑުން އުޅެނީ އަހަރެން ބޮއިކޮޓްކުރަން: ޑެޕް
ޑެޕް ވަކިކުރި ފިލްމަށް ގެންނަން ގޮވާލައި ޕެޓިޝަނެއް
"ފެންޓާސްޓިކް ބީސްޓްސް 3" ގެއްލުނަސް ޑެޕަލް ފުލް މުސާރަ!
"ޑެޕް އަނބިމީހާއަށް އަނިޔާކުރަން ފުޅިން ހަމަލާދިން"
އަމުރާ ހިލާފުވެ މަންމައަށް އަނިޔާކުރި ދަރިއަކު ހައްޔަރު
ގެވެށި އަނިޔާއާ ދެކޮޅަށް މަހާސިންތާއެއް ފަށައިފި