30 މެއި 2022
ސްރީ ލަންކާގެ އިިގްތިސާދީ ކާރިސާ އިން އަރައިގަންނަން، ވޯލްޑް ބޭންކުން 700 މިލިއަން ޑޮލަރު ދޭނެ ކަމަށް އެ ޖަމާއަތުން ލަންކާ އަދި ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ޗިޔޯ ކަންޑާ ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގެ އިިގްތިސާދީ ކާރިސާ އިން އަރައިގަންނަން، ވޯލްޑް ބޭންކުން 700 މިލިއަން ޑޮލަރު ދޭނެ ކަމަށް އެ ޖަމާއަތުން ލަންކާ އަދި ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ޗިޔޯ ކަންޑާ ވިދާޅުވެއްޖެ އެވެ.
އޭނާ މިއަދު ވަނީ ލަންކާގެ ފޮރިން މިނިސްޓަރު ޕްރޮފެސާ ގަމިނީ ލަކްޝްމަން ޕެއިރިސްއާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ.
ލަންކާގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައިވާ ގޮތުން، މި ބައްދަލުވުމުގައި ޕެއިރިސް ވަނީ އައިއެމްއެފް ފަދަ ޖަމާއަތްތަކާއި އެހީވާ ގައުމުތަކުގެ ދާއިމީ އެހީ ހަމަޖެހެންދެން ވޯލްޑް ބޭންކުގެ ފަރާތުން އެހީއަށް އެދިވަޑައިގެންފަ އެވެ. އަދި ލަންކާގެ މި އަހަރުގެ ބަޖެޓްގެ ހަރަދުތައް ކުޑަކުރުމުގައި ދިމާވާ ދަތިތައް ވެސް ޗިޔޯ އާއި ހިއްސާކުރެއްވި އެވެ.
"ދާއިމީ ހައްލެއް ލިބެންދެން، އަޅުގަނޑުމެން އެދެނީ ވަގުތީ އެހީއެއް ވޯލްޑް ބޭންކުގެ ފަރާތުން ލިބުމަށް" ޕެއިރިސް ވިދާޅުވި އެވެ.
ލަންކާ ރައްޔިތުން ގޭސް ގަންނަން ކިއޫ ހަދާފައި ---ފޮޓޯ: ފައިލް ފޮޓޯ
ވޯލްޑް ބޭންކުގެ ކަންޓްރީ މެނޭޖަ ޗިއޯ ވިދާޅުވީ އޭޝިއަން ޑިވަލޮޕްމެންޓް ބޭންކް (އޭޑީބީ)، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އަދި އދ. އޮފީހުން މިހާރު ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުން ލަންކާ އަށް އެހީވުމަށް ބާރު އަޅާނެ ކަމަށެވެ.
ލަންކާ އަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާ އިން އަރައިގަތުމަށް، އެ ގައުމުގެ ބޮޑު ވަޒީރުކަމާ އެންމެ ފަހުން ހަވާލުވެވަޑައިގެންނެވި ރަނިލް ވިކްރަމަސިންހަ ވަނީ ބަޖެޓްގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން އެގައުމުގެ ހުރިހާ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކެއް ހުއްޓާލަން ނިންމަވައިފަ އެވެ.
ކޮވިޑުގެ ސަބަބުން ކުރިމަތިވި މި ހާދިސާގެ ގެއްލުން އެންމެ ބޮޑަށް ކުރީ ލަންކާގެ އާންމު ރައްޔިތުންނަށެވެ. ތަކެތީގެ އަގު އިންތިހާޔަށް ބޮޑުވެގެން ދިޔަ އެެވެ. އަދި މިކަންކަމާ ހެދި ލަންކާގެ ރައްޔިތުން އަންނަނީ އެ ގައުމުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރަމުންނެވެ.
ލަންކާގެ އިގްތިސާދަށް 4.4 ޕަސެންޓުގެ ކުރިއެރުމެއް
ވޯލްޑް ބޭންކުން ރާއްޖެއަށް އާ ކަންޓްރީ ޑައިރެކްޓަރެއް
ލަންކާގެ އިގްތިސާދު އެބަ ރަނގަޅުވޭ: ވޯލްޑް ބޭންކް
ލަންކާއަށް އައިއެމްއެފްގެ އެހީ ދިނުން ފަސްކޮށްފި
ސްރީ ލަންކާ އިން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ
ބޮންޑު އިންޓްރެސްޓް ނުދެއްކުމުން ލަންކާއަށް ދައުވާކޮށްފި
އެމެރިކާ އާއި ޗައިނާއިން ލަންކާ އަށް އެހީވާނެ
ހާލަތު ރަނގަޅުކުރަން ލަންކާގައި ގައުމީ މަޖިލީހެއް
ލަންކާގެ އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްތައް ހުއްޓާލަނީ
ލަންކާއަށް ބޭރުގެ އެހީ ހޯދަން ނަޝީދާ ހަވާލުކުރައްވައިފި