29 މެއި 2022
ބީއެމްއެލް އިން ހިއްސާއަކަށް 48ރ. ބަހަން ނިންމައިފި އެވެ.
ބީއެމްއެލް އިން ހިއްސާއަކަށް 48ރ. ބަހަން ނިންމައިފި އެވެ.
މިރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްވީ ބައިވެރިވި ހިއްސާދާރުންގެ 100 ޕަސެންޓް ވޯޓުންނެވެ.
ޖުމްލަ 48ރ. ހިއްސާއަކަށް ބަހާ އިރު ބީއެމްއެލް އިން ހިއްސާއަކަށް 35ރ. ގެ ރޭޓުން މި އަހަރުގެ ފައިނަލް ޑިވިޑެންޑުގެ ގޮތުގައި 188.9 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހާނެ އެވެ. އަދި އިންޓަރިމް ޑިވިޑެންޑް ނުވަތަ އަހަރީ އާއްމު ޖަލްސާގެ ކުރިން ބަހާ ހިއްސާގެ ފައިދާގެ ގޮތުގައި 13ރ. ގެ ރޭޓުން 69.9 މިލިއަން ރުފިޔާ ބީއެމްއެލް އިން ބަހާފައިވެ އެވެ.
މިދިޔަ އަހަރު ބީއެމްއެލް އިން ބަހާފައިވަނީ ހިއްސާއަކަށް 15ރ. އެވެ.
ބޭންކުގެ ހިއްސާގެ ފައިދާ ބަހާނީ މިދިޔ މަހުގެ 20ގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކުރި މީހުންގެ މެދުގަ އެވެ. މިދިޔަ އަހަރު ބީއެމްއެލް އަށް ވަނީ ފައިދާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފަ އެވެ.
ބީއެމްއެލަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 60 ޕަސެންޓް އިތުރު އަދަދެކެވެ
ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ބީއެމްއެލްގެ ސާފު ފައިދާގެ ގޮތުގައި ލިބުނީ 325 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރުގެ ފައިދާ އަށް ވުރެ 70 ޕަސެންޓް ދަށް އަދަދެކެވެ. ބީއެމްއެލް އަށް 2019 ވަނަ އަހަރު އެއް ބިލިއަން ރުފިޔާގެ ފައިދާ ލިބިފައިވެ އެވެ. އެހެން ކަމުން މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ ވަނީ 2019 ވަނަ އަހަރަށް ވުރެ ގާތްގަނޑަކަށް 60 ޕަސެންޓް އިތުރުވެފަ އެވެ.
ބީއެމްއެލްގެ 62.2 ޕަސެންޓު ހިއްސާ އަކީ ސަރުކާރެވެ. އަދި 4.1 ޕަސެންޓް ހިއްސާކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. ބާކީ 33.7 ޕަސެންޓަކީ އާންމު ހިއްސާދާރުންނެވެ. އެހެން ކަމުން ހިއްސާގެ ފައިދާގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއް ލިބޭނީ ސަރުކާރަށެވެ.
ބީއެމްއެލްގެ ބޯޑަށް ތިން ބޭފުޅުން އައްޔަންކޮށްފި
ބީއެމްއެލްގެ ބޯޑު މެމްބަރު ސަޖްނީ އިސްތިއުފާ ދެއްވައިފި
ބީއެމްއެލްގެ އިތުރު އީޖީއެމެއް އަންނަ މަހު 21 ގައި
ބީއެމްއެލްގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ގައި
ބީއެމްއެލްގެ އީޖީއެމް މިމަހުގެ 25 ގައި ބާއްވަނީ
ބީއެމްއެލްގެ މިދިޔަ އަހަރުގެ ފައިދާ 1.9 ބިލިއަނަށް
ބީއެމްއެލްގެ ޗެއާމަނާ އެކު ފަސް ޑިރެކްޓަރަކު ވަކިކޮށްފި
ބީއެމްއެލް އިން ހިއްސާއަކަށް 40ރ. ބަހަން ނިންމައިފި
ބީއެމްއެލް ކަސްޓަމަރުންނަށް "އޭއައި" އިން ހިދުމަތް!