ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ގައި ބާއްވަން ނިންމައިފި އެވެ.
09 މެއި 2024
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ގައި ބާއްވަން ނިންމައިފި އެވެ.
އެ ބޭންކުގެ 41 ވަނަ އަހަރީ އާންމު ޖަލްސާ އޮންނާނީ އެ ދުވަހުގެ ރޭ 8:30 ގައި ޖެން ހޮޓަލުގަ އެވެ.
ބީއެމްއެލްގެ ހިއްސާދާރުންގެ ގޮތުގައި މި މަހުގެ 20 ގެ ނިޔަލަށް ރަޖިސްޓަރީ ކުރާ އެންމެންނަށް އެ ޖަލްސާގައި ބައިވެރިވެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެ ޖަލްސާގައި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ފާސްކުރުމާއި ޑިރެކްޓަރުން ބޯޑަށް އިންތިހާބު ކުރުމާއި އޮޑިޓަރެއް ކަނޑައެޅުމަށް ވަނީ ނިންމައިފަ އެވެ. މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ބަހަން ކަނޑައަޅާ އަދަދު ވެސް ފާސްކުރާނެ އެވެ.
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ހިއްސާއަކަށް 50ރ. ބަހަން ނިންމައިފަ އެވެ. މިއީ މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އަދަދަށް ވުރެ 10ރ. އިތުރު އަދަދެކެވެ. ހިއްސާއަކަށް 50ރ. ގެ މަގުން، ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި އެ ބޭންކުން 269 މިލިއަން ރުފިޔާ ބަހާނެ އެވެ.
މިދިޔަ އަހަރު ބީއެމްއެލް އަށް ސާފު ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބިފައި ވެ އެވެ. މިދިޔަ އަހަރު އެ ބޭންކަށް 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 400 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ބީއެމްއެލްގެ ޗެއާޕާސަން، ބޯޑު މެމްބަރުން އައްޔަނުކޮށްފި
ފައިސާގެ މުއާމަލާތްތަކުގެ 99 ޕަސެންޓު ޑިޖިޓަލް:ޝަރީފު
ބީއެމްއެލްއިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކާ
ޓޫރިޒަމަށް މިހާރު ދޫކޮށްފައިވާ ލޯނު 8 ބިލިއަނަށް އަރާ
58 ޕަސެންޓު މީހުން ފައިސާ ޖަމާކުރަނީ ބީއެމްއެލްގައި
ބީއެމްއެލް އިން ހިއްސާއަކަށް 55ރ. ބަހަން ނިންމައިފި
ބީއެމްއެލްގެ ބޯޑަށް ތިން ބޭފުޅުން އައްޔަންކޮށްފި
ބީއެމްއެލްގެ ބޯޑު މެމްބަރު ސަޖްނީ އިސްތިއުފާ ދެއްވައިފި
ބީއެމްއެލްގެ އިތުރު އީޖީއެމެއް އަންނަ މަހު 21 ގައި
ބީއެމްއެލްގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި